Skip to main content

Posts

Showing posts from October, 2011
އެންމެ ފަހުގެ އެދުން "... ޢާއިލާއިން ބޭނުންވަނީ މަރަށް މަރު ހިފަން.." ނިޔާ އިއްވަމުން ޤާޟީ ބުނި އެ ބަސްކޮޅު އަހަރެން ހަނދާން ހުންނާނެ އެވެ. އަހަރެން އިނީ ގަބުވެފަ އެވެ. ބަސް ހުސްވެފަ އެވެ. އަހަންނާ ދެކޮޅަށް ވަކީލު ދައްކާނެ އެތައް ހެއްކެއް ހުއްޓެވެ. ދެރަވަނީ އަހަރެން މަރާލާނެތީއެއް ނޫނެވެ. އެކަމަކު، ގަސްތުގައި މީހަކު މެރިކަމުގެ ތުހުމަތު އަހަރެންގެ ބޮލުގައި އެޅިފައިވާތީ އެވެ. އެއީ ދޮގު ތުހުމަތެކެވެ. ފުރާނައާ އެއްވަރަށް އަހަރެން ލޯބިވާ މީހަކު މަރާލަން އަހަރެންގެ ދެއަތް ހަރަކާތް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަން ހިނގި ގޮތް އަހަރެން ހަނދާން އެބަހުއްޓެވެ. 
ރައީސް އިހަވަންދޫއަށް ވަޑައިނުގެންނެވީ ކީއްވެބާ؟ ރައީސް ވަޑައިގަންނަވާތީވެ  މަރާމާތުކުރި ސިޑި މަތިއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ޔުނިޓް އިފްތިތާޙްކޮށްދެއްވުމަށް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ، ހޯރަފުށީގެ ދަތްދޮޅި ދަށުގައި މިއޮތް އަޅުގަނޑުމެންގެ ރަށް އިހަވަންދޫ އަށް ރައީސް ނަޝީދު ވަޑައިނުގެންނެވީ ކީއްވެ ބާއެވެ؟ އަޅުގަނޑުގެ ހިތުގައި އުފުދުނު ވަރަށް ކަންބޮޑުވި ސުވާލެކެވެ. އަޅުގަނޑު ހިތުން ، ރައީސް ނަޝީދު އިހަވަންދޫގެ ރައްޔިތުންނާ ދޭތެރޭ އޮންނާނީ އޯގާތެރި ހިތްހެޔޮ ވަރަށް ގާތް ގުޅުމެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި އެންމެ ރަގަޅު އުއްމީދީ ނަތީޖާއެއް ނެރުނު އެއްރަށަކީ އިހަވަންދޫ އެވެ. ޚުދުމުހުތާރު އަނިޔާވެރި ވެރިކަމަކާ ދެކޮޅަށް، ނުގުޑާފަދަ އަޒުމަކާއެކު ރައީސް ނަޝީދުގެ އަރިހުގައި ތިބި މީހުންގެ ތެރޭގައި އިހަވަންދޫ ރައްޔިތުން ނުހިމެނިއެއް ނުދާނެއެވެ. އެމަނިކުފާނަށް ހިތްވަރު ދެއްވި މީހުންގެ ތެރޭގައި އިހަވަންދޫގެ ރައްޔިތުން ހިމެނޭނެއެވެ. އެމްޑީޕީ އާއި ރައީސް ނަޝީދު ޕްރޮމޯޓް ކުރުމަށް އޮޑިދޯނި ފަހަރުގައި ، ރައީސް ނަޝީދު އަރިހުގައި ހޯރަފުއްޓަށާއި ދިއްދުއަށް ދަތުރުކުރީ އި
ޕަރުވާނާ ކިތަންމެ ވަރަކަށް ދޮންކުރިޔަސް، ދުނބުރިއެއް އަނބަކަށް ނުވާނެ އެވެ. ކިޔެވި ހުރިހާ އެއްޗެއްގެ ތެރެއިން، އަހަރެން އަބަދު ހަނދާން ހުންނަ ދެ ހަރުބަހުގެ ތެރެއިން އެއް ހަރުބަހަކީ އެއީ އެވެ. އަހަންނަކީ އަހަންނެވެ. އެ ހަގީގަތަށް ފުރަގަސްދޭނީ ކިހިނެތް ހެއްޔެވެ؟ އުންމީދާއި އިންތިޒާރު ވެސް ކުރެވިއްޖެ އެވެ. މާޔޫސްކަން ފިޔަވައި އަހަންނަށް ލިބުނީ ކޯޗެއް ހެއްޔެވެ؟ އަހަންނަށް ހިތްވަރުދޭކަށް އެކަކު ވެސް ނާދެއެވެ. މި ސިއްރު އެހެން މީހަކަށް އަހަރެން ކިޔައެއްނުދެމެވެ. ބޭކާރު ހަމްދަރުދީއެއް އަހަރެން ބޭނުމެއް ނުވާތީ އެވެ. 
ހަދިޔާކުރި ދަރި އެއީ ނަވާރަ ސަތޭކައިގެ ކުރީގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަށަކީ، ނިލަންދޫ އެވެ. މިއީ ހަގީގީ ހާދިސާއެކެވެ. މާމަ ބުނާ ގޮތުގައި، ރޭގަނޑު ވެއްޖެއްޔާ، ރަށުގައި އަލިކަމެއް ނޯވެއެވެ. މީހުން މަދުވެފައި، އަޑު މަޑުވެފައި، ކުރާނެ މާ ގިނަ މަސައްކަތެއް އޭރަކު ނުހުރެއެވެ. ރަށުގެ ބޮޑުބައި އޮންނަނީ ގަސްހެދި، ވާވެފަ އެވެ. ވަލުތެރެ އަށް މީހުން ވަދެއުޅޭނީ ދުވާލު އެވެ. ކެއްކުމަށްޓަކައި ދަރު ހޯދާށެވެ. ނުވަތަ ކާށި ހޮވުމާއި، ރުށްއެރުމުގެ ބޭނުމުގަ އެވެ. ރަށުގެ އާބާދީ މަދުކަމުން، ފެންނަ ކޮންމެ މީހަކާއި، އެ މީހެއްގެ އާއިލާ ވެސް އެންމެނަށް އެނގޭނެ އެވެ. ނުދަންނަ މޫނެއް ފެނިއްޖެއްޔާ އެއީ އެހެން ރަށެއްގެ ރައްވެއްސެކެވެ. 

How to Promote Teamwork in the Office

Wherever there’s work to do inside the office, you can always depend on teamwork. But teamwork is not something all departments have. It is a value managers try to instill in their team. In your office, how do you promote teamwork so you can maximize your team’s potential?
ރޯން އެކަނިމާއެކަނި ބިންމާ ލޯބީގެ އެންމެ ފަހު މަންޒިލަކީ ކައިވެންޏެވެ. އެކަމަކު، އަހަރެން މީހެއްދެކެ ލޯބިވީ ލޯތްބަށްޓަކާ އެވެ. ކައިވެންޏާއި ފިރިމީހާ އަކީ، އަހަރެންގެ ސިކުނޑީގައި ގެންގުޅުނު ދެލަފުޒެއް ނޫނެވެ. އެކި މީހުން ލޯބިވަނީ އެކި ސަބަބަށްޓަކާ އެވެ. އަހަރެން ލޯބިވި ސަބަބަކީ، އަހަންނާއި އިމްރާންގެ ޚިޔާލު އެއްގޮތްކަމުންނެވެ. އިމްރާންގެ ކިބައިގައިވާ އެ ސިފަ، އަހަންނަށް މާ ކަމުދިޔައީ އެވެ. ލޯބިވެވި، އަހުދުވެވި، ކައިވެންޏަކާ ހަމައަށް ދިޔައީ، ބަސްބުނި ހިދުންނެވެ. އެހާ ވެސް އަވަހަށެވެ. އަހަރުމެން ރައްޓެހިވެގެން އުޅުނީ ފަސް މަސްދުވަހު އެވެ. ލޯތްބަށް ފަސްމަސް ވީއިރު، ނިދުމުގެ ކުރިން އަހަންނަށް އިވެން ބޭނުންވާ އަޑަކީ އިމްރާންގެ އަޑަށް އޮތީ ވެފަ އެވެ. ހޭލާފައި އެންމެ ފުރަތަމަ އިވެން ބޭނުންވާ އަޑަކީ ވެސް ހަމަ އިމްރާންގެ އަޑެވެ. އިމްރާން ގެއްލިދާނެތީވެ އަހަރެންގެ ލޮލަށް ނިދިނާދެއެވެ. އޮފީހުގެ ކަމެއްގައި އޭނަ ރާއްޖެތެރެ އަށް ފުރައިފިއްޔާ އަހަރެންގެ އަރުން އެއްޗެއް ނުދިރެއެވެ. އަހަރެންގެ ބޮލަށް ލޯބި ސަވާރުވެފައިވާ މިންވަރަކީ، އިމްރާން ރުޅިވެއްޖެ ނަމަ، ދުވަހަކު ވެސް މީހެއްދެކެ ލޯބިނުވާން އަހަރެން
ދަރިފުޅުގެ ނަމަށް ފޭސްބުކު މީހަކީ އެންމެ ރަގަޅު މީހެކެވެ. ޒުވާނެކެވެ. އުމުރުން ގުނަމުންދަނީ ވިހީގެ ކުރީގެ އަދަދުތަކެވެ. މީހަކީ މިސްރު މީހެކެވެ. އޭނާއަށް ލިބުނު އަލަތު ދަރިފުޅަށްކީ ނަމަކީ "ފޭސްބުކް" އެވެ. މިނަން ދަރިފުޅަށް ކީ ، އިޖުތިމާޢީ ވިޔުގައެއް ކަމަށްވާ ފޭސްބުކުގެ ތެރެއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މިސްރުގެ އިންގިލާބުގެ ފެށުން މިއަހަރުގެ ޖެނުއަރީގައި ކާމިޔާބު ކަމާއެކު ފެށުމާއި ގުޅިގެންނެވެ. 
އެންމެ ދިގު ދެމިގެން ދިޔަ ދޮން- ދުނިޔޭގެ ރެކޯޑް މިއަހަރު ވެލެންޓީންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދައިފި އެވެ. މިދުވަހު ވަނީ އާ ރެކޯޑެއް މުގުރާލާފައެވެ. މިހާތަށް ދުނިޔޭގައި ، އެންމެ ދިގު ދެމިގެންގެން ދިޔަ ދޮން ނެގުމުގެ ރެކޯޑެވެ. މި ދުވަހު ހާހަކަށް ވުރެން ގިނަ ލޯބިވެރިން ، އެމީހުންގެ ތުންފަތްތައް ތަޅުލެވުނެވެ. ލޯބިވެރިން އެމީހުންގެ ބައިވެރިޔާގެ ތުންފަތުގައި ދޮންދިނުމަށެވެ. ނަމަވެސް 14 ލޯބިވެރިން ފިޔައި ދެން ތިބި ލޯބިވެރިންގެ ދޮނުގެ ތަޅު ހުޅުވިއެވެ. މި 14 ބައިވެރިންވަނީ ދުނިޔޭގެ އާ ރެކޯޑާހަމައަށް އެމީހުންގެ ދޮން ދަމަހައްޓައިގެން ގިނީސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ އަތުލާފައެވެ. 
ފުނަމާ  ވޭތުވެދިޔަހާ ޒަމާނެއްގައި ދިވެހިރާއްޖޭގެ ވެރީންގެ ގޮތުގައި ތިބިހައި ބައެއްގެ ފުށުން ރައްޔިތުންނަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަތަކަކީ ކިތަންމެ ގިނައިން ދެއްކިޔަސް އެއްވެސް ބަޔަކަށް އިވޭ އަޑުތަކެއް ނޫނެވެ . އެހެނީ އެއަޑު އަހާ މީހުންނަށްވެސް ލިބެނީ ބޮޑެތި އަނިޔާތަކާ ގެއްލުމެވެ . އެހެންކަމުން ” ގިރާވަރުމީހުންގެ ސިއްރެއްގެ ” ގޮތުގައި އެކަންއޮތީ ސިއްރު ވެފައެވެ . ރާއްޖޭގެ ޚުދުމުޚުތާރު ވެރިކަމުގެ ސިލްސިލާގެ އެންމެ އަނިޔާވެރި ވެރިކަން ނައްތާލުމަށް މަދުބަޔަކު ނުކުމެ ކުރާންފެށި މަސައްކަތްތަކުގެ ސަބަބުން ގިނަބަޔަކު މިކަމުގައި ބައިވެރިވެ އެކުވެލުމުން އެންމެ އަޑުގަދަކޮށް މިއުޑުދަށުގައި ގުގުމަންފެށި އެއްއަޑަކީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ޚާއްސަކޮށް އެކިއެކި ތުހުމަތުތައް އަޅުވައި ހައްޔަރުކުރާ މީހުންނަށް ދެމުންގެންދިޔަ އަދި، ދީފައިވާ އަނިޔާތަކުގެ ވާހަކައެވެ. މީހުން ބިރުން ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި އަނިޔާތައް ޖަލުތަކުގައި ދެވެމުންދާ ވާހަކައެވެ. އެއަނިޔާ ތަކުގައި އެތަކެއް ސަތޭކަ މީހުންގެ ފުރާނަ ކުށަކާއި ނުލައި ނައްތާލެވިފައިވާ ކަމުގެ ވާހަކައެވެ. ދަންޖައްސައި މަރާފަ

Libyans rule out Kadhafi post-mortem

Losing blood: Gaddafi lifts a hand to his face to see the blood pouring from his wounds. The mobile phone footage shows the dictator slumped against a jeep but still alive MISRATA, Libya  - Military commanders in the Libyan city of Misrata said on Saturday that no post-mortem would be carried out on the body of Moamer Kadhafi despite concerns over how the toppled dictator died. Interim leader Mustafa Abdel Jalil said an investigation was being conducted into the circumstances of Kadhafi's killing following his capture, bloodied but still alive, during the fall of his hometown Sirte on Thursday, after several foreign governments and human rights watchdogs posed questions.
ކާނަލް މުއައްމަރުލް ގައްޒާފީގެ ވާހަކަ އަހުމަދު ނަދީމް އަވަހާރާކޮށްލާފައިވާ ގައްޒާފީގެ ހަށިގަނޑުގެ ފިނިކުރާ ސްޓޯރޭޖެއްގައި ބާއްވާފައި އޮތް އިރު ބަޔަކު ގައްޒާފީގެ ހަށިގަނޑަށް ބަލަނީ ވެރިކަމުގައި ހޭދަކުރެއްވި 42 އަހަރާ އެކު ކާނަލް މުއައްމަރުލް ގައްޒާފީ ހިމެނި ވަޑައިގަންނަވަނީ ޝާހީ ވެރިކަމެއްގައި ނުހިމެނި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރުންގެ ތެރޭގަ އެވެ. ގައްޒާފީގެ ނަން މި ލިސްޓްގެ ހަތަރު ވަނައިގައި އޮތަސް އޭނާ އަކީ އަރަބި ދުނިޔޭގައި އަދި އެފްރިކާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރެވެ. ލީބިއާގެ ވެރިކަމަށް ގައްޒާފީ ވަޑައިގަތީ އެގައުމުގައި ރަސްކަންކުރި ހަމައެކަނި ރަސްގެފާނު ކަމަށްވާ އިދުރީސްއާ ދެކޮޅަށް އަސްކަރިއްޔާގެ ތެރެއިން ގެންނެވި އިންގިލާބެއްގައި 1969 ވަނަ އަހަރު އެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު އޭނާ އަށް އެންމެ 27 އަހަރެވެ. އެ ހިސާބުން ފެށިގެން 42 އަހަރު ވަންދެން ގައްޒާފީ ވެވަޑައިގެންފައި ވަނީ އަރަބި ދުނިޔެ ދުށް އެންމެ ނުފޫޒުގަދަ އަދި އެންމެ މައްސަލަ ބޮޑު އެއް ލީޑަރަށެވެ. އެއް ބަޔަކު އޭނާ އަށް ބަތަލެއްގެ ދަރަޖަ ދީގެން ތައުރީފުކުރަމުން ދިޔައިރު އެއް ބަޔަކު
ކެއުމުގައި ތެޔޮ މަދުކުރޭ- ދަރި ފަނި މަރާނުލާ ! ތެލުލި ކާނާ ގިނައިން ކެއުމުގެ ސަބަބުން ދަރި ފަނި ( ސްޕާމް) މަރުވޭ! ކޮންމެ ވެސް ދުވަހަކުން ބައްޕައަކަށް ވުމަށް އެދޭ ، ޒުވާން ފިރިހެނުން ތައްޔާރީ ކާނާ ކެއުން ހުއްޓާލަން ޖެހެއެވެ. ޕިއްޒާއާއި ޕޮޓޭޓޯ ޗިޕްސް އާއި ތައްޔާރީ ކާނާ ކެއުމުން ދަރިމައިނުވެދާނެ ކަމަށް ސައިންސްވެރިންނަށް ފެނިއްޖެ އެވެ. 
ތުއްތުމަނިކުގެ ދޯނި ބާލަން ކައުންސިލުން ގަރާރެއް! ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ތުއްތުމަނިކުގެ އޮޑި އެހެލާފައިވަނީ ގަވާޢިދާ ޚިލާފަށް ކަމަށްބުނެ އެދޯނި ބޭލުމަށް ކައުންސިލުން އިއްތިފާޤީ ގަރާރެއް ފާސްކޮށްފިއެވެ. މިގަރާރު ރަށު ކައުންސިލުން ފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ރަށްގޮވާއަޑަށް މައުލޫމާތު ލިބިފައިވަނީ ގަރާރު ފާސްކުރީ ރޭގެ 11:00 އެހާއިރު ކަމަށެވެ. މިގަރާރު ތަންފީޒްކުރުމަށް ، ރަށު ކައުންސިލްގެ އިދާރާއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން ރަށްގޮވާއަޑަށް މައުލޫމާތު ލިބުނެވެ. ފުލުހުން މިހާރު ދަނީ މިގަރާރުގެ ގާނޫނީ ޞައްޙަކަމާމެދު މުޠާލިޔާ ދިރާސާއެއް ކުރައްވަމުންނެވެ. 
ދުނިޔޭގެ އާސާރީ ތަރިކައިގެ ލިސްޓްގައި ހިމެނުމަށް އިހަވަންދޫ އާސާރީ މިސްކިތް ހުށަހަޅަނީ މުޅި މިސްކިތުގެ ފޮޓޯ ނަގަައި މައުލޫމާތު އެކުލަވައިލުމުގެ މަސައްކަތް ޓީމު ބޭފުޅަކު ކުރައްވަނީ ދުނިޔޭގެ އާސާރީ ތަރިކައިގެ ލިސްޓްގައި އިހަވަންދޫ އާސާރީ މިސްކިތް ހެރިޓޭޖް ޑިޕާޓްމަންޓުން ސާރވޭ ކުރަމުން އެބަގެންދެއެވެ. މިސާރވޭ ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. ސާރވޭ ކުރުމަށްޓަކައި ވަގުތީ ގޮތުން މިސްކިތްހުރީ ބަންދުކޮށްފައެވެ. ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް މަސައްކަތް ނިންމާލެވިއްޖެ ނަމަ މިމަހުގެ 20 ވަނަ ދުވަހަށް ސާރވޭގެ މަސައްކަތް ނިމޭނެކަމަށް ، އަމަސައްކަތް ކުރަމުންދާ ހޭރިޓޭޖް ޑިޕާރޓްމަންޓްގެ ޓީމުން މައުލޫމާތު ދިނެވެ. 

Maldives defence minister visits Jaffna

TamilNet, Thursday, 13 October 2011, 05:04 GMT] Maldivian Defence Minister, Thalhath Ibrahim Kaleyfaanu, visited Sri Lanka’s occupying Army in the country of Eezham Tamils in Jaffna on Wednesday. His visit follows Maldivian President Mohamed Nasheed’s unhindered support to genocidal Sri Lanka’s President Mahinda Rajapaksa in shielding the latter from international war crimes investigation. The ‘hundred per cent Islamic country’ Maldives in recent times has entered into a number of agreements with Israel, the secret protocols of which are yet to be known to the public. However, the new friendship and the lease of one of the islands to Israel for ‘agricultural development’ are much talked about in Maldives. The support of US Asst Secretary of State Robert Blake to Nasheed’s Maldives in the international organisations is not without reason, political observers say.

މަތިއުތުރުގެ ފެނާއި ނަރުދަމާ މަޝްރޫޢު ބައިގެން ހިގައްޖެ!

އެމެރިކާގެ ކުންފުންޏަކުން އަޕާ ނޯތު ޕްރޮވިންސްގައި ހިންގަން އެއްބަސްވި 2.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއު ކެންސަލް! Sun.mv - ބާތިލުކުރީ ކުންފުނީގެ ރައުސުލްމާލުގެ މައުލޫމާތު ދިނުން ލަސްކުރުމުން - އެހެންވީ އެދެވޭ ގޮތެއްގައި ދެފަރާތުން ކުރަންޖެހޭ ކަންތައް ނުވުމުން: އަޕާ ނޯތު މަތި އުތުރު ޕްރޮވިންސްގެ ހުރިހާ ރަށަކަށް ކަރަންޓާއި ސާފު ބޯފެނާއި ނަރުދަމާ އަދި ގޭހުގެ ހިދުމަތް ދިނުމަށް އަޕާ ނޯޓް ޔުޓިލިޓީސް ލިމިޓެޑާއި އެމެރިކާގެ ކުންފުންޏަކާ ދެމެދު މިދިޔަ އަހަރު ސޮއިކުރި 180 މިލިއަން ޑޮލަރުގެ (އޭރުގެ ރަސްމީ ރޭޓުން 2.3 ބިލިއަން ރުފިޔާގެ) ޕްރޮޖެކްޓުގެ އެގްރިމެންޓް، ޔުޓިލިޓީން އެއްބާރުލުން ނުދީގެން އެމެރިކާ ކުންފުނިން ބާތިލުކޮށްފި އެވެ.  އަޕާ ނޯތު ޔުޓިލިޓީސްއާއި އެމެރިކާގެ މާސިއެލް އިންޓަނޭޝަނަލް އެލްއެލްސީ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން، ހއ. ހދ. އަދި ށ. އަތޮޅުގައި ހިމެނޭ 44 ރަށަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އޯގަސްޓް 24، 2010ގައި ސޮއިކުރި އެ ބޮޑު މަޝްރޫއުގެ އެގްރިމެންޓް ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
ހިތުގެ ތަޅުދަނޑި ބިންމާ އިބްރާހިމް ވަހީދު ރަށު ސްކޫލުގައި އުޅުނުއިރު ވެސް، ސުދާ އަށް އެންމެންގެ ނަޒަރު ހުރީ ހުއްޓިފަ އެވެ. ސުދާ ރީތިކަމުންނެވެ. ސުދާގެ އާއިލާ އަކީ، ރަށު ފެންވަރުގައި ބަލާއިރު، ތަނަވަސް އާއިލާއެކެވެ. ޒުވާނުންނާއި، ހުސްހަށިބަޔަށް ތިބި މެދު އުމުރުގެ ފިރިހެނުން ވެސް ދުށްގޮތުގައި، ސުދާއާ ކައިވެނި ކުރެވިއްޖެ ނަމަ، ދިރިއުޅުން އެ ހިސާބުން ހަމައަކަށް އެޅުނީ އެވެ. އެ އެންމެން ސުދާގެ ފަހަތުން މުގޯލިއެޅިއިރު ވެސް، ސުދާގެ ހިތުގައި ފޮރުވިފައިވީ އެންމެ މީހެއް ތަސްވީރެއެވެ. އެއީ ޒިޔާދު އެވެ. ރަށުގެ އެއްވެސް މީހަކަށް ހަގީގަތް ނޭނގުނު ނަމަ ވެސް، ސުދާ އާއި ޒިޔާދުގެ ގާތް ގުޅުމަށް ތިން އަހަރު ފުރެނީ އެވެ. ލޯބީގެ ގުޅުމެއް ސުދާ ހިންގާކަން ސުދާގެ މައިންބަފައިންނަށް އެނގޭ ދުވަހަކީ، ރަށުން ސުދާ ފުރަންޖެހޭނެ ދުވަހެވެ. ހާއްސަކޮށް، ޒިޔާދު ފަދަ އާދައިގެ މީހަކަށް ސުދާ ހިބައިން ދިނުމަކީ، ސުދާގެ އާއިލާ ރުހޭނެކަމެއް ނޫނެވެ. ސުދާ އަށާއި ޒިޔާދު އަށް ވެސް އެ ކަން އެނގެ އެވެ. ސުދާގެ މައިންބަފައިންނަށް ހުރިހާކަމެއް އެނގިހުރެ، ނޭނގޭކަމަށް ހަދައިގެން ތިބިކަމެއް، އެކަކަށް ވެސް ނޭނގެ އެވެ. ފަރުދާގެ އަނެއް ފަ

US Presidents in Their Young Age

އެމެރިކާގެ ރައީސުން، އެމީހުންގެ ޒުވާން އުމުރުގައި މުހައްމަދު އަބުދުއްޞަމަދު  ބަރަކު އޮބާމާ އުމުރުފުޅުން 3  އަހަރުގައި ، ކާފާފުޅާ އެކު،1965 މިގެނެސް ދެނީ އެމެރިކާގެ މަޝްހޫރު ބައެއް ރައީސުންގެ ފޮޓޯ ފުޅުތަކެވެ. އެބޭފުޅުން ތުއްޕުޅު އިރު އެވެ. އެބޭފުޅުންގެ ވަކިހާއްޞަ ސިފައެއް ، އެއިރު ފާހަގަ ކުރެވިފައެއް ނެތެވެ. މިބޭފުޅުން ބޮޑުފުޅުވަމުން އައިރު، މިބޭފުޅުން ބޮޑުފުޅުވެގެން މިމިނިވަން ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ ނުފޫޒުގަދަ ގައުމުގެ ލީޑަރުންނަށް ވާނެ ކަމެއް ، ބަލައިބެލުމަށް ދެނެގަނެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެއްވެސް މީހަކަށް ނޭނގެއެވެ. 

George talks to President of the Maldives, Mohamed Nasheed

Maldives is a country of two thousand islands off the southwest tip of India. Mohamed Nasheed, a former pro-democracy activist, is the country's president. Nasheed is definitely a man on a mission. Maldives is the lowest nation on the planet sitting only five feet -- that's one-and-a-half metres -- above sea level. But here's the thing, the sea levels are rising; you can blame climate change for that. That means Mohamed Nasheed is leading a country that is, literally, sinking. It's debatable whether Maldives will even be around at the end of this century.

ޓީޗަރުންގެ ދައުރަކީ، ޤައުމީ ތަރައްޤީގައި އެންމެ މުހިންމު ދައުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

. ޓީޗަރުންގެ ދައުރަކީ، ޤައުމީ ތަރައްޤީގައި އެންމެ މުހިންމު ދައުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިންތިޒާމް ކުރައްވައިގެން ދަރުބާރުގޭގައި ރޭ ބޭއްވެވި " ޓީޗިންގ އެކްސެލެންސް އެވޯޑް" ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ .
މަގެއް ނެތް އަވަށެއް މުހައްމަދު ޢަބުދުއްޞަމަދު  ތަނަނީ ވަރަށް ރީތި ތަނެކެވެ. ވަރަށް ރީތި އަވަށެކެވެ. ހޮލެންޑްގެ އަވަށެކެވެ. އަޖައިބުވާހާ ރީތި އަވަށެކެވެ. މީހުން ދިރިއުޅޭ އަވަށެކެވެ. އެހެން ނަމަވެސް ހިނގާނެ މަގެއް ނެތް އަވަށެކެވެ. އެހެންވެ ދަތުރުފަތުރުކޮށް އުޅެނީ އޮޑިދޯނި ފަހަރުގައެވެ.  ފަތުރުވެރިން މި ވިލެޖަށް ދުނިޔޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ހާހުން ޒިޔާރަތް ކުރެއެވެ. 
ޖީއެސްޓީ ނެގުމުގެ ވަގުތު މުހައްމަދު ޢަބުދުއްޞަމަދު  2 އޮކްޓޯބަރު ، 2011 ގައި ޖީއެސްޓީ އަށް ރާއްޖޭގެ ވިޔަފާރީގެ މާހައުލު ބަދަލުވާ އިރު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. ޖީއެސްޓީއަކީ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އެވެ. ނުވަތަ ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނަގާ ޓެކްސް އެވެ. މުދަލާއި ޚިދުމަތުގެ އަގުން މިހާތަނަށް ޓެކްސް ނަގަމުން އައިސްފައިވަނީ ޓޫރިޒަމް ދާއިރާއިން އެކަންޏެވެ. ޓެކްސް ނެގުމުގެ ދާއިރާ ފުޅާކުރަންޖެހިފައިވާ ކަމަކީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. ދަރަނި ބޮޑުވެފައިވާ ދައުލަތުގެ ބަޖެޓަށް ކުޑަ ނަމަވެސް ލުޔެއް ލިބޭނެ ގޮތަކަށް އާމްދަނީ ހޯދާނެ މަގުތައް ވީހާވެސް އަވަހަކަށް ތަނަވަސްކުރަން ވަނީ ޖެހިފަ އެވެ. ރާއްޖެ އަށް ކުރިމަތިވި ސުނާމީއާ އެކު ބަޖެޓް ދަރަނިވެރިވީ ފަހުން އަދި ހަމަޔަކަށް އެޅިފައެއް ނުވެ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ދުނިޔެ އަށް ކުރިމަތިވި އިގުތިސާދީ ވެއްޓުމުން ރާއްޖެ އަށް ކުރި އަސަރުތަކާއި ބަޖެޓް މެނޭޖްކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ހިމެނެ އެވެ. ޚަރަދު ބޮޑުވާނެ ގޮތަށް ސަރުކާރުގެ ބައެއް އިދާރާތައް އުފެއްދުމާއި، މިނިވަން މުއައްސަސާތަކ