Skip to main content

Posts

Showing posts from January, 2009
ފިނިއަށިން މިހާރުމިއޮތް ސަރުކާރުގެ ހިއްސާދާރުން އިހަވަންދޫގައި ވަރަށް ގިނަވާނެކަމަށް ގަބޫލުކުރެވެއެވެ. އިހަވަންދޫގެ ރައްޔިތުންނަކީ ވަރަށްކުރީންވެސް ބަދަލަކަށް ބޭނުންވެފައި ތިބި ބައެކެވެ. މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ މުހަންމަދު ނަޝީދުވަނީ ، އެމަނިކުފާނުން ވެރިކަމާ ހަވާލުވެ އިހަވަންދޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުން ދިވެހިރާއްޖެ އަށް ފުރިހަމަ ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތުގައި، އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ. އިހަވަންދޫއަކީ ނިމިދިޔަ 30 އަހަރުގެ މައުމޫނުގެ ވެރިކަމުގައި ވަރަށްބޮޑަށް އިހުމާލުކޮށްފައިވާ ރަށެކެވެ. ފާއިތުވި 30 އަހަރުގެ ތެރެއިން 28 އަހަރާ 6 މަސްދުވަސް ވަންދެން މިރަށުގެ ރައްޔިތުން ދިރިއުޅުނީ ފުޅިބައްތި އަލީ ގައެވެ. ފަޅުވަނީ އިންދިރާސް ވެފައެވެ. ދިވެހި އިޤްތިޞާދުގެ ލޭނާރުގައި ބޮޑުހިއްސާއެއް އަދާކުރާ މިރަށުގައި ތިންހާހާ ގާތަށް މީހުން ދިރިއުޅެއެވެ. އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިވާ މަހަށް ފުރާ 20 ގަނޑެތި އޮވެއެވެ. މިއީ 80 ނުވަތަ 90 ރިޔަނު