Skip to main content

Posts

Showing posts from March, 2020

Do we keep Maldives Banking system as it is?

ރާއްޖޭގެ ބޭންކިން ވިޔަފާރި ހަމަ މި ގޮތުގައި ބާއްވަންވީތަ؟ ލިޔުނީ: އަބްދުލް ހަލީމް އަބްދުލް ލަތީފް ކޮންމެ ގައުމެއްގެ ވެސް އޮންނަ މާލީ ނިޒާމަކީ، އެ ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ދިރިއުޅުމުގައްޔާއި، ވިޔަފާރި ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ނިޒާމެކެވެ. މި ނިޒާމަކީ، އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިމެ ގާއިމުވެފައިވާ ނިޒާމެކެވެ. އެކި ތަންތަނުގައި، މި ނިޒާމު ތަރައްގީވެފައި ހުރީ އެކި މިންވަރަށެވެ  މާލީ ނިޒާމުގެ ތަބީއަތަކީ، ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމެވެ. މި ގުޅުމުގައި ހިމެނޭ ދެ ފަރާތް ކަމަށްވާ ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތުގެ މެދުގައި، ހިންގާ މުއާމަލާތްތަކަކީ، ދެ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރެވޭ ގުޅުންތަކެއް ކަމަށް ކަށަވަރު ކުރުމަށްޓަކައި، ގާނޫނުތަކުގެ އިތުރުން މުއައްސަސާތަކުގެ ރޯލު ވަރަށް މުހިންމެވެ. ރާއްޖޭގެ މާލީ ނިޒާމުގެ ބެލެނިވެރި ގާނޫނުތަކުގެ ތެރޭގައި ހިމެނެނީ، 1981 ގައި ނިކުތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނާއި 2006 ގައި ހެދި ދިވެހިރާއްޖޭގެ މާލީ

6.7 million dollars single window project corruption

6.7 މިލިއަން ޑޮލަރުގެ ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަން؟! ފަޒީނާ އަހުމަދު:މިހާރު އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ކުރިއަށް ގެންދަން ހުޅުވާލި ބީލަމަށް، ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދި ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ. ޚިދުމަތްތައް މިހާރަށް ވުރެން ލުއި ފަސޭހަކުރަން ކުރިއަށް ގެންދާ މަޝްރޫއު، ހަވާލުކުރީ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. އެ ކުންފުނިން މި މަޝްރޫއު ހޯދީ ފިލިޕީންސްގައި ހުންނަ ވެބް ފޮންޓެއިންގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ނަމަވެސް ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިންނެވެ. އެކަމަކު މިއީ އެ މަޝްރޫއާ ގުޅޭ ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި މައްސަލައިން ސާފުކޮށް އެނގެ އެވެ.  ފުރަތަމަ ކަމަކީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިއުލާނުގައި ޕްރޮޖެކ