Skip to main content

Posts

Showing posts from May, 2013

ޞިއްޙީ ޚިދުމަތް ހުއްޓީދާނެކަމުގެ ބިރަށް ޓްރަސްޓްފަންޑް ފޮށި.

އަހުމަދު ރަޝީދު ފަންޑުފޮށި ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަ ފުޅު ދައްކަވަނީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަގޅުކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޞިއްޙީ ޚިދުމަތަށް އެއްވެސް ބުރުލެއް އަޔަނުދީ ކުރިއަށްގެންދިއުމަށްޓަކައި، އަދި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަގަޅުކުރުމަށް، ފައިސާ ހޯދުމުގެ ގޮތުން ހެލްތް ޓްރަސްޓް ފަންޑް އިހަވަންދޫ ޞިއްހީ މަރުކަޒުގައި ހުޅުވައިފި އެވެ.  މިފަންޑް ފޮށި ހުޅުވައިދެއްވީ އިހަވަންދޫ މަދަރުސާ ކޮލިފައިޑް ލީޑިން ޓީޗަރ އަލްފާޟިލް އަހުމަދު ރަޝީދު މުހައްމަދު ޔޫސުފް އެވެ. 

ރިޔާސީ އިންތިޚާބު 2013 އަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި ، އިހަވަންދޫގައި ވޯޓްލުމުމުގެ ހައްގު ލިބިފައިވަނީ 1913 މީހުންނަށް

ރިޔާސީ އިންތިޚާބު 2013 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު 30 މެއި 2013 ވީ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފިއެވެ. އެގޮތުން މި ލިސްޓު ގެޒެޓްކުރެވުނު އިރު ލިސްޓުގައި ހިމެނިފައިވަނީ 239,971 (ދެލައްކަ ތިރީސް ނުވަ ހާސް ނުވަ ސަތޭކަ ހަތްދިހަ އެކެއް) މީހުންނެވެ   . އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ އިންތިހާބެއްގައި ވެސް ވޯޓް ލާ މީހުންގެ ރަޖިސްޓްރީ، އެ އިންތިހާބެއްގެ 45 ދުވަސް ކުރިން ގެޒެޓްކުރަން ޖެހެ އެވެ .

ކެންސަރުގެ ބިރަށް އެންޖެލީނާ ޖޯލީގެ އުރަމައްޗާއި ރަހިމް ނަގަނީ

ކެންސަރު ޖެހުމުގެ ބިރު ބޮޑުވުމާއި އެކު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބަތަލާ ކަމަށްވާ އެންޖެލީނާ ޖޯލީގެ އުރަމަތި ނަގައި، އޭނާގެ ރަހުމު ނަގަން ތައްޔާރުވެއްޖެއެވެ . ޑޮކްޓަރުން ބުނާގޮތުގައި ޖޯލީގެ އުރަމަތި ނެގުމަށް ކުރި އޮޕަރޭޝަން ވަނީ ތިން މަރުހަލާއަކަށް ބަހާލާފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެ އޮޕަރޭޝަން އެއްކޮށް ނިމާފައިވާ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ . މިކަމާއި ގުޅިގެން ޑޮކްޓަރުން ވާހަކަ ދައްކާފައިވަނީ، މިދިޔަ ހަފްތާގައި ޖޯލީ ނިއުޔޯކު ޓައިމްސްގައި ލިޔުނު ލިޔުމެއްގައި އޭނާގެ އުރަމަތި ނެގުމަށް އޮޕަރޭޝަން ކޮށްފައިވާ ކަން ހާމަ ކުރުމާއި އެކުގައެވެ. ޖީލީ ބުނެފައިވަނީ އޭނާ އުރަމަތި ނެގުމަށް ކުރި އޮޕަރޭޝަނުގެ ފަހުން ކެންސަރު ޖެހުމުގެ ފުރުސަތު 87 އިންސައްތައިން ފަސް އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ .

އިހަވަންދޫ ސްކޫލުގެ 2 ޑެޕިއުޓީ ޕްރިންސިޕަލަކު ޖޭޕީ އާއި ގުޅިއްޖެ.

ހއ އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިނަސިޕަލުން ކަމަށްވާ މުހައްމަދު އަބުދުއް ސަމަދު އާއި އަބުދުލް ވާހިދު ދާއޫދު ޖުމުހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިދިޔަ ހޯމަ ދުވަހު އިހަވަންދޫ އަށް ވަޑައިގެން ސްކޫލުގެ އިސްވެރިންނާއި ބޭއްވި ބައްދަލު ކުރެއްވުމެއްގައި 2 ޑެޕިއުޓީ ޕްރިންސިޕަލުގެ އިތުރުން ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާއި ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ގާސިމްގެ ހާޒިރުގައި ސޮއި ކުރައްވަފައިވާ ކަމަށް އެސްކޫލުން ވާހަކަ ދެއްކި މުވައްޒަފަކު ވަނީ ވިދާޅުވެފައި އެވެ.
ގާސިމް އިބްރާހިމަަށް ދަންނަވާ މަރުހަބާ ލިޔުނީ: ގުފުތަލުގެ އަޖީޒް ޖުމުހޫރީ ޕާޓީ (ޖޭޕީ ) ގެ ލީޑަރ މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބުލް ގާސިމް އިބްރާހިމް / މާފަންނުވިލާ ، މާލެ ބޮޑު ތިލަދުންމައްޗަށް، ޖޭޕީގެ ރަދީފުންނަމަ، ބޮޑު އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިމަހު 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދޫއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.  ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރު ހައްދަވައިދެއްވާ ހއ. ހުވަހަންދޫގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އިހަވަންދޫއަށް ވަޑައިގަންވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވެވުމަށް ކުރައްވާ މަސައްކަތް ވަރަށް ހަރުދަނާކަމާއެކު ކުރިއަށް އެބަދެއެވެ. 
އެންޓިކޮރަޕްޝަންގެ ބޭފުޅުން ބެލީ ކޮންމައްސަލައެއްތޯ؟ ގުފުތަލުގެ އަޖީދު ފާއިތުވި ހަފްތާގައި އެންޓީކޮރަޕްޝަން ކޮމިޝަންގެ ޓީމެއް ފާއިތުވި ހަފްތާގައި އިހަވަންދޫގައި މަސައްކަތްކޮށްފިއެވެ. މިކޮމިޝަންގެ ބޭފުޅުން ބައްލަވާފައިވަނީ އިހަވަންދޫގެ އެކިއެކި މުއައްސަސާތަކުން އެކޮމިޝަނަށް ހުށަހަޅާފައިވާ ތަފާތު މައްސަލަތަކެވެ އިތުބާރުހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ލިބިފައިވަނީ އެންޓިކޮރަޕްޝަންގެ ޓީމުން ބެއްލެވި މައްސަލަތަކަކީ އިހަވަންދޫ ކައުންސިލް އިދާރާއާ ގުޅުންހުރި މައްސަލަތަކެވެ.

A US military base in the Maldives?

ސޯފާގެ މައްސަލަ ، ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް! ތުއްތަނިކު ސްޓޭޓަސް އޮފް ފޯސަސް އެގްރީމެންޓް" (ސޯފާ)ގެ ވާހަކަ ރާއްޖޭގެ މީޑިޔާތަކުގައި ފުރަތަމަ ފަހަރަށް ރިޕޯޓްކުރީ 24 އެޕްރީލް 2013 ވީ ބުދަދުވަހުއެވެ. ވިވާހަކަ އެއިރު ދެކެވުނީ ރާއްޖޭގައި އެމެރިކާގެ މިލިޓަރީ ބޭސްއެއް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއިރު ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އެމެރިކާ ސަރުކާރުގެ އޮފިޝަލުން މިވާހަކަތައް ދޮގުކުރިއެވެ. އަދިވިދާޅުވިއެވެ. " އެއީ ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ތަމްރީންތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ރަސްމީ ސިފައެއް ގެނައުމަށް ހަދާ އެގްރީމެންޓެއް" ކަމަށެވެ. މިއެއްބަސްވުމުގައި އަސްކަރީބޭހެއް ހަދާ ވާހަކަ ސީދާ ކަނޑައެޅިގެން ބަޔާންކޮށްފައިނެތަސް އަސްކަރީ ބޭހެއްގެ ހުރިހާ ސިފަތައް ސޯފާ އެގްރިމެންޓުން ފެންނަކަމަށް ކަމުގެ މާހިރުން އެއްބަސްވެލައްވައެވެ.

one man is controlling all island

ފެނަކަ ކޯޕަރޭޝަން: އިހަވަންދޫ ، އަޕަރުޔޫޓިލިޓީސް  ޕެނަލް ބޯޑްގެ ކޮންޓްރޯލްކީ : Ctrl+E   ޖަހައިފި އާބާދީ އަކީ 3000 މީހުންނެވެ. ކުޅާފައިވާ ކަނެކްޝަންތަކުގެ އަދަދަކީ 502 އެވެ. އެންމެ ގިނައިން ގުޅޭނެ ކެޕޭސިޓީއަކީ 570 އެވެ. ޑިމާންޑްއުޅެނީ 230 އެވެ.  ފޯރިއާއެކު ފޯރުކޮށްދޭ ޚިދުމަތަކީ ކަރަންޓްގެ ޚިދުމަތާއި ކުނިބުނި މެނޭޖްކޮށްބެލެހެއްޓުމުގެ ޚިދުމަތެވެ. 
މިއަދަކީ އިހަވަންދޫ މަދަރުސާގެ 34 ވަނަ އަހަރީ ދުވަސް މުހައްމަދު ޢަބުދުއްޞަމަދު އިހަވަންދޫ މަދަރުސާގެ 2 ވަަނަ ހެޑްމާސްޓަރ ޔޫސުފް އަހުމަދު އިހަވަންދޫ މަދަރުސާގެ ސްޓާފް ރޫމްގައި މަސައްކަތް ކުރައްވަނީ: ފޮޓޯ އިހަވަންދޫ މަދަރުސާ ިއަދަކީ އިހަވަންދޫ މަދަރުސާގެ 34 ވަނަ އަހަރީ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އިހަވަންދޫ މަދަރުސާގެ ލޮބުވެތި މުދައްރިސުންނާއި އަހުރަވެތި ދަރިވަރުންނަށާއި ލޯބިވެތި ބެލެނިވެރިންނަށް ފިނިފެން މަލުގެ ގުލްދަސްތާތަކުން ވެދުން ކުރަމެވެ. މިދުވަސް ފާހަގަ ކުރުމަށް މއަދު ވަނީ އެސްކޫލްގައި ޙާއްޞަ އެސެންބްލީ އެއް ބާއްވާފައެވެ. ދުވަހާ ގުޅޭގޮތުން ވާހަކަ ފުޅު ދެއްކެވީ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަން އަބުދުލް ވާހިދު ދާއޫދު އެވެ. އަދި ދުވަހާ ގުޅޭ ޙާއްޞަ ދުޢާއެއްވެސް ކުރުން އޮތެވެ. މިދުޢާ އިސްވެ ކޮށްދެއްވީ   ކޮލިފައިޑް ލީޑިން ޓީޗަރ އަހުމަދު ރަޝީދު އެވެ. ވަރަށް ކުރުގޮތަކަށް މިބަލާލަނީ އިހަވަންދޫ މަދަރުސާގެ ތައުލީމީ ފަސްމަންޒަރަށެވެ.
ކުޑަކުޑަ ބޮއްކުރައެއްގައި ޖެހި ބޮޑު އޮޑިއެއް ފެތުން؟! ޑީއާރުޕީ އަކީ 22،000 މެމްބަރުން ތިބި ޕާޓީ އެކެވެ. ރާއްޖޭގައި އޮތް އެންމެ ކުދި ޕާޓީތަކުގެ ލިސްޓްގައި ހިމެނޭ ގައުމީ އިއްތިހާދާ އެކު ކޯލިޝަން ހަދަން ޑީއާރުޕީން އިއްޔެ ނިންމި ނިންމުމަކީ، ބައެއް މީހުންގެ ނަޒަރުގައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އަނެއް ބަޔަކު އެކަން ސިފަކުރަނީ، "ކުޑަކުޑަ ބޮއްކުރައެއްގައި ޖެހި ބޮޑު އޮޑިއެއް ފެތުން"ގެ ގޮތުގަ އެވެ .
ޓީމް އިހަވަންދޫގެ ނަމުގައި އާޖަމާޢަތެއް ވުޖޫދުވަނީ އެތަކެއް ކުލަބު ޖަމްއިއްޔާތަކެއް ހަރަކާތްތެރިވާ އިހަވަންދޫގެ މުޖުތަމަޢަށް " ޓީމް އިހަވަންދޫ" ގެ ނަމުގައި އާ ޖަމާޢަތެއް ވުޖޫދުވާން އުޅޭކަމުގެ ފެހި ސިގްނަލްގެ އަލި "ރަށްގޮވާއަޑަށް" ފެނިއްޖެ އެވެ.  ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ކުލަބު ޖަމްއިއްޔާ ހަރަކާތްތެރިވާ ރަށެއްގެ ގޮތުގައި ހއ. އިހަވަންދޫ ހިމެނޭނެއެވެ. މިހާރުވެސް އިހަވަންދޫގައި 6 ކުލަބު ޖަމްއިއްޔާ ހަރަކާތްތެރިވުމަށް ހޯމް މިނިސްޓްރީގެ ކުލަބު ޖަމްއިއްޔާ ޖަމާޢަތްތަކުގެ ދަފްތަރުގައި އޮވެއެވެ.

މުސްލިމުން ލާދީނީ ކުރުވަން ތަފާތު ގޮތްގޮތަށް މަސައްކަތްކުރޭ

މުސްލިމުން ލާދީނީ ކުރުވަން ތަފާތު ގޮތްގޮތަށް މަސައްކަތްކުރޭ ސައުދުއްﷲ އަލީ އިސްލާމީ ނަޒަރުން ބަލާއިރު ލާދީނީ ވުމަކީ ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާއި ހަމަތައް ގެންގުޅުމާ އިދިކޮޅު ވުމެވެ. މިފިކުރަކީ ސިނާއީ އިންގިލާބުގެ ޒަމާނުގައި ޔޫރަޕުގައި މަސީހީ ފައްޅިތަކުގެ އިސްމީހުން ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތް ކުރުމާ އިދިކޮޅު ހެދުމުން އޭގެ ރައްދު ހަރަކާތެއްގެ ގޮތުން އުފެދުނު ފިކުރެކެވެ. މިފިކުރުގައި ދީނަކީ ހަމައެކަނި އިންސާނާއާ ކަލާނގެއާ ދެމެދު އޮންނަ ގުޅުމަކަށް ހެދުމަށާއި ދިރިއުޅުމުގެ ކަންކަން އެއީ ވެރިކަމުގައި ތިބޭ މީހުންނާ އޮންނަ ގުޅުމެއް ކަމަށް ހެދުމަށް ގޮވާލެވުނެވެ. އެހެންވެ ސިޔާސީ ކަންކަމާއި އިގުތިސާދީ ކަންކަމާއި އިޖުތިމާޢީ ކަންކަން ފަދަ ދިރިއުޅުމާ ގުޅުން ހުރި ކަންކަމުގައި ގޮތް ކިޔަން ކަލާނގެއަށް ފުރުސަތު ނުދިނުމަށް ކުރެވޭ މަސައްކަތަކީ ލާދީނީ ވުމުގެ މަސައްކަތެވެ. އެއީ ސެކިއުލަ ވުމެވެ.