Skip to main content

Posts

Showing posts from August, 2014

ގާނޫނުތައް ހެދިފައިވަނީ އެންމެންގެ މައްޗަށްތޯ އެވެ.

ރަށުކައުންސިލްގެ އިޢުލާނެއްގައި ( (D)C-248/2014/66 ) ވެއެވެ. " މިހާރަކަށް އައިސް   ލޮނުމަސް އެޅުމުގެ މަސައްކަތްކުރާ ފަރާތްތަކުން އާންމުނަށް ދަތިވާގޮތަށް ލޮނުމަސް އެޅުމުގެ މަސައްކަތް ކުރާތީވެ އެކަމުގެ ޝަކުވާ ގިނަ އަދަދަކަށް މިއިދާރާއަށް މިއިދާރާއަށް ހުށަހެޅެމުން އެބަދެއެވެ."  ލޮނުމަސް އަޅާފަރާތްތަކުން ލޮނުމަސް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދަނީ ، ކުރިންވެސް އެމީހުން އެމަސައްކަތް ކުރަމުން ދިޔަގޮތަށެވެ. ހަންބުރިބުރީގައާއި ލޮނުމަސް އަޅާ ވަޅުބުރިބުރީގައެވެ. ރަށު ބަނދަރުގެ މަސްކަޑާގެ ދެކޮޅުގައި އޮންނަ ހުސްތަނުގައެވެ. " ވަކިމިހާރަކު އަހަރެމެން މިމަސައްކަތް( ލނުމަސް އެޅުން ) އާގޮތަކަށް ނުކުރަން، މިކުރަނީ ކުރިންވެސް ކުރިގޮތަށް. ހަމަ ކުރިންވެސް އެމަސައްކަތް ކުރިތަންތަނުގަ." ލޮނުމަސް އެޅުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ އާދަމް ނަސީރު ބުންޏެވެ. " މީހުން މިހާރު ޝަކުވާ ކުރާގޮތެއް ނޭނގެ. ކުރިންވެސް މިމަސައްކަތް ކުރަމުން މިދިޔައީ ހުއްދައެއް ވަކިތާކުން ނުނަގަން. މިމަސައްކަތްކުރާތާ 10 ވަރަކަށް އަހަރުމިވަނީ. ހުއްދަނަގަންޖެހޭކަމެއް ވެސް އަހ

ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަ

ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ ތާރީޚުގެ ގިނަ ސަފްހާތަކެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ތާރީޚީ މައްސަލައެކެވެ. ފަލަސްތީނުގެ ބިމަށް އަތް ގަދަކުރުމުގެ ރޭވުންތައް ޔަހޫދިން އެންމެ ފުރަތަމަކޮށްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ގޮތުން އޭރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުނު މުއްސަނދި ޔަހޫދީންނާއި ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ރޭވުންތައް ރާވާފައިވަނީ 1800ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ . ސުވިޓްޒަލޭންޑްގައި 1897 ވަނަ އަހަރު ޒަޔަނިސްޓް މޫވްމަންޓެއް އުފައްދައި، އެ މޫވްމެންޓްގެ ފުރަތަމަ ބައްދަލުވުން އެގައުމުގައި ބޭއްވި އެވެ. މި ބައްދަލުވުމުގައި ޒަޔަނިސްޓުންގެ ބޮޑުންގެ މަޝްހޫރު ޕްރޮޓޮކޯލްތައް އިއުލާންކުރިއެވެ. މި ޕްރޮޓޮކޯލްގައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޕްލޭނާއި ދުނިޔެއަށް އަތްގަދަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތައް ޒަޔަނިސްޓް ހަރަކާތުގެ ދަށަށް ގެނައުމުގެ އެޖެންޑާ އެފަރާތްތަކުން ރަސްމީކޮށް އިއުލާނުކުރި އެވެ. އޭރު ފަލަސްޠީނު އޮތީ އަރަބި ގިނަ ގައުމުތައް ފަދައިން އުސްމާނީ ޚިލާފަތު

ކުޑަކުދިންގެ ޕާކުގެ ވާހަކަ

ކުޑަކުދިންގެ ޕާކުގެ ވާހަކަ އިހަވަންދޫގެ ކުޑަކުދިންގެ ޕާރކަކީ 2009 ވަނަ އަހަރު އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއިން، އިހަވަންދޫގެ ރައްޔިތުންގެ ބަޖެޓުން ހޭދަކޮށްގެން އިމާރާކޮށްފައިވާ ޕާރކެކެވެ.  މި ޕާރކު ހަދާފއިވަނީ އިހަވަންދޫ ރާނާގެ މުހައްމަދު ރަޝީދުގެ ވެރިކަމުގައެވެ. ރައީސުލް ޖުމުހޫރިއްޔާ އައްޔަންކުރެއްވި ރަށުކައުންސިލެއްގެ ގޮތުގައި އެބޭފުޅާ އިހަވަންދޫގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރުއެވެ.  އެއިރު " ޙޯމްމޭޑް: ސީސޯވް އާއި އެނބުރޭކުޑައާއި ތަފާތުވައްތަރުގެ ކުޅޭ ތަކެތި ޕާރކުގައި ހުއްޓެވެ.