Skip to main content

Posts

Showing posts from September, 2013

ދަތުރުނާމާ

ނޮޅިވަރަންފަރު ނަޝދުއާއި އަލީ ރައްޓެހި މެޑަމް ނަސްރީނާ : ފޮޓޯ ރަށްގޮވާއަޑު މިދަތުރުގެ ފޮޓޯތައް ބައްލަވާލެއްވުމަށް މިލިންކަށް ތަދައްހުލްވޭ ގްރޭޑް 12 ގެ ދަރިވަރުން ދަތުރު ނާމާ ލިޔުމަށް ކުރާދަތުރުގައި އަހަރެން އަދި ބައިވެރިއެއް ނުވައެވެ. އެހެންވެ، ޕްރިންސިޕަލް ގެ އެދިލެއްވުމަށް ، މިދަތުރުގައި ބައިވެރިވާން އަހަރެން އެއްބަސްވީ ، ކަނޑުމައްޗަށް ބަލި މީހެއްކަންވެސް ދެނެހުރެއެވެ. 2013 ވަނަ އަހަރު ގްރޭޑް 12 ގެ ދަރިވަރުން ދަތުރު ނާމާ ލިޔުމަށްޓަކައި ، ދަތުރު ދިއުމަށް ހަމަޖެހުނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށެވެ. އެރަށުން މިދަތުރުގެ އިންތިޒާމްތައް ހަމަޖައްސައި ދެއްވީ އެރަށު ސްކޫލުން ނެވެ. އެސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަވަނީ އެއަތޮޅު ނޮޅިވަރަމް ބޭފުޅެކެވެ. ނަމަކީ ޢަދުނާނު ޢަލީ އެވެ.  

ކުރުވާހަކަ

ބަދަލު ތުތޭ ކުރީގެ ބަޔާގުޅޭ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ރަށަށް ވަޑައިގެން އެމަނިކުފާނުން ، ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ތަނަށްވަޑައިގަތުމުން ، އަހަރުމެން އެންމެން ޕޮލިސް ސްޓޭޝަންގެ ވަލުދޮރާށިން ނެރެގެން ގެންގޮސް ލާންޗަށް އަރުވައިގެން ގެެންދިޔައީ ދިއްދޫ ޖަލަށެވެ. އެމްޑީޕީއަށް ސަޕޯޓްކުރާ އެޕާޓީގެ މެންބަރުން އަހަރުމެން ޖަލަށްގެންދާތީ ހިތްވަރުދީ ޖަލަށް މަރުހަބާ ކިޔުމަށް ދިއްދޫގެ ބަނދަރުމަތީގައި ތިއްބެއެވެ. އަހަރެމެންގެ މައްޗަށް އެއްވެސް ތަހުގީގެއް ނުހިންގައި ، ދިއްދޫ ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ، މުއްދަތެއް ޖަހައެއް ނުދިނެވެ.
ފަޅުއޮޑިފަހަރުން ޕެޓްރޯލް ގެއްލެނީ އިހަވަންދޫގެ ބައެއް ފަޅުއޮޑިފަހަރުން ޕެޓްރޯލް ވަގަށް ވަގަށް ނަގަމުންދާކަމުގެ ޚަބަރު ރަށްގޮވާއަޑަށް ލިބިއްޖެއެވެ.  ރިޔާސީ އިންތިޙާބުގެ ވޯޓްލުމަށް ކަންނެލި މަސްވެރިކަމުގައި އުޅުމަށްފަހު ، މަސްވެރިން މަހަށް އައިސް، ވޯޓްލުމަށްފަހު އެބުރި ކަންނެލި މަސްވެރިކަމަށް ނުނިކުންނަ ދެތިން ދޯންޏެއް ރަށުގައި އެބައޮތެވެ.  މި ދޯނިފަހަރުން ގިނަ އަދަދެއްގެ ޕެޓްރޯލް ވަގަށް ނަގާފައިވާތީވެ، އެދޯނިފަހަރުގެ ކެޔޮޅުންނާއި އޮޑިވެރިންވަނީ ވަރަށްބޮޑަށް ކަންބޮޑުވެފައެވެ. މިއީ އިހަވަންދޫގައި އަދި ހިނގާފައިވާ ކަމެއްނޫނެވެ.  މިދުވަސްކޮޅުން ރަށުންވަނީ ޕެޓްރޯލް ހުސްވެސް ވެފައެވެ. 

ރިޔާސީ އިންތިޙާބު 2013 ދެވަނަ ބުރު: ލާދީނީ ފޮތިގަނޑާއި ދިދަފަތި ކެނޑުން

އެންޓިކެމްޕޭން ކަމަށް ނުބެލެވޭ، ކަމާބެހޭފަރާތްތަކުން މައްސަލައެއްކަމަށްވެސް ނުބެލެވޭ ވަކިފަރާތަކަށް ނިސްބަތްކޮށް "ލާދިނީ ފިކުރަށް ނޫނެކޭ ބުނޭ" ބަނާއެއް ރޭގެ ވަގުތެއްގައި ޕީޕީއެމް ގެ ސަޕޯޓަރުންތަކެއް ރަށުގެ ބައެއް ތަންތަނުގައި ދެމުނުން އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ބަހުގެ ހަމަލާތަކަށްފަހު ޖޭޕީގެ ދިދަތާކާއި އެމްޑީޕީގެ ދިދަތައް ބަޔަކު ނޮޅާލައިފި އެވެ.
ސެކިއުލަރިޒަމް އިސްލާމީ އުއްމަތަށް ވެރިވެގަންނަނީ ކިހިނެއް؟ މުހައްމަދު ޢަބުދުއްޞަމަދު އިސްލާމީ އުއްމަތްތަކަށް ލާދީނީފިކުރުތައް ނުވަތަ ސެކިއުލަރިޒަމް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ދީނާއި ސިޔާސަތުވަނީ ދުރުކޮށްފައެވެ. އަޅުގަނޑުގެމެންގެ އުއްމަތްވަނީ ޔަހޫދީ ސެކިއުލަރ ގައުމުތަކުގެ ބާރުދަށަށް ގޮސްފައެވެ. އަޅުގަނޑުމެންގެ ފިކުރާއި ނަފުސްވަނީ އެފަރާތަށް ލެބި ގުދުވެފައެވެ. ކާފަރުންގެ ވަކިތަކުގެ ދަށުގައި އަޅުގަނޑުމެންގެ ފިކުރީ މިނިވަންކަމާއި އިޤްތިޞާދީ ދުޅަހެޔޮކަމާއި ރޫހާނީ ދިރުން ވަނީ ކިލަނބުވެ، ދުނިޔަވީ މާއްދިއްޔަތުގެ ކަސްތޮޅުގައި ބަނދެވިފައެވެ. އަލުގަނޑުމެންގެ ނުފޫޒް ހަފުސްވެ ، އުއްމަތުގެ މައްޗަށް އަތްގަދަކުރަނީ ކާފަރުންނެވެ.

ރިޔާސީ އިންތިޙާބު 2013 ރަށްގޮވާއަޑު ޙާއްޞާ ކަވަރޭޖް

ރިޔާސީ އިންތިޚާބު ނަތީޖާ ޞާލިޙް  ވޯޓް ފޮށިތަކުގެ ނަތީޖާ  ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން 2 ވަނަ ބުރަކަށް ދާންޖެހޭނެ