Skip to main content

Posts

Showing posts from August, 2013
އިހަވަންދޫ ޓީމްގެ އިހަވަންދޫ 3 ކުޅުންތެރިން 19 އަހަރުން ދަށުގެ ޤައުމީ ޓީމް އެކުލަވާލުމުގެ ސެލެކްޝަންގައި ބައިވެރިވެއްޖެ މިއަދު އޮތް ސެލެކްޝަންގައި ފަޒީން ޕްރެކްޓިސް ކުރަނީ ފޮޓޯ : ސިހާން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 3 ވަނަ ޑިވަޒަންގައި މިހާރު ވާދަކުރަމުން އަންނަ އިހަވަންދޫ ޓީމްގެ އިހަވަންދޫ 3 ކުޅުންތެރިއަކު މިއަދު ފަށާ 19 އަހަރުން ދަށުގެ ޤައުމީ ޓީމް އެކުލަވާލުމުގެ ސެލެކްޝަންގައި ބައިވެރިވެއްޖެ އެވެ.  މިއަދު ކުރިއަށް ދިޔަ ސެލެކްޝަންގައި ބައިވެރިވެވައިވަނީ އިހަވަންދޫ ޓީމްގެ އުންމީދީ ފޯވާޑް އުމުރުން 18 އަހަރުގެ އަޙްމަދު ސާޖިދު / ރޯޒް އާއި  އެއް ނަންބަރު ގޯލް ކީޕަރު އުމުރުން 16 އަހަރުގެ އިބްރާހީމް ހާމިދު/ ރޯޒްގެ  އިތުރުން، އިހަވަންދޫ ޓީމްގެ ޑިފެންސް ކުޅުންތެރިޔާ އިހަވަންދޫ، މާފެހި އުމުރުން 16 އަހަރުގެ މުޙައްމަދު ފަޒީލް އެވެ. ރަށްގޮވާއަޑުގެ ހެޔޮ އެދުމާއި ހެޔޮ ދުޢާ އަކީ މި ތިން ކުޅުންތެރިންނަށް 10 އަހަރުން ދަށުގެ ގައުމީ ސްކޮޓުން ފުރުޞަތު ލިބުމެވެ. އެއީ އިހަވަންދޫ އަށް ލިބޭ ވަރަށްބޮޑު ޝަރަފެކެވެ. ރީތި ނަމެކެވެ. 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ފަތުހުﷲ އަހުމަދަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހއ.އިހަވަންދޫ މޫރިތިގެ އަލްފާޟިލް ފަތުހުﷲ އަހުމަދަށް ދެއްވައިފިއެވެ.  މި އިނާމުތައް ދެއްވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި  ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين ‘ وَالصّـلاة وَالسّلام علـى محـمَّدٍ ‘ وعلى آلـه وصحبـه أجمعـين . އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިރޭ އިނާމް ޙާޞިލުކުރައްވާ ބޭފުޅުން، ޖަލްސާއަށް ހާޟިރުވެތިއްބެވި ޢިއްޒަތްތެރިން، ލޮބުވެތި ކިޔަވާކުދިން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުން . السّــلام عليــكم ورحـمــة اللّـه وبـركاتـه ، އަޅުގަނޑުގެ ވާހަކަ މިރޭ ފައްޓާނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލުމަށްޓަކައި، އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު، ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން އެކުލަވާލެއްވި ޤަރާރުގެ ތަންކޮޅަކުން. އެ ރަދުން ވިދާޅުވެފައިވަނީ :- " މަގޭވޮނަދަނަ ރާއްޖޭގެ ދައުލަތުގެ ކަންތައް ހިންގުމަށް ވަކި ޤާނޫނުތަކެއް ލިޔެވި ޤަރާރު ކުރެވިފައިނުވާ ކަމަށްޓަކައި، ތިޔަ އެންމެ ކަލުން އެއްވެ، މަޖިލިސްކޮށް ތިބެ ވާހަކަދައްކައި، އިސްލާމްދީނާ ޚިލާފުނުވާނޭ ގޮތަށް، މިރާއްޖޭގެ މުސްކުޅި އާދަކ
މުދިމަކު ކައުންސިލް އިދާރާގެ ޑްރައިވަރަށް ބިރުދައްކާ މާރާމާރީ ހިންގައިފި މުސްޠަފާއަޖީޒް ކުރިން އެމް.ޑީ.ޕީއަށް ސަޕޯޓްކޮށް، ފަހުން ޑީއާރުޕީއަށް ސަޕޯޓްކޮށް އޭގެފަހުން ރައީސް ވަހީދުއަށް ސަޕޯޓްކޮށް މިހާރު ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ރާއްޖޭގެ ރައީސްކަން ހޯއްދަވާދެއްވުމަށް ބުރަމަސައްކަތްތަކެއް ކުރައްވާ ، އިހަވަންދޫ ކައުންސިލް އިދާރާގެ ޑްރައިވަރު އަލްފާޟިލް އަބުދުﷲ ޙަލީލު މަންޒަރަށް ، އެކައުންސިލްގެ މުދިމަކު، ސިޔާސީ ދެބަސްވުމެއްގައި މާރާމާރީ ހިންގައި ބަހުގެ ހަމަލާދީފިއެވެ. 
ޑިމޮކްރަސީގެ ރީތި ނަމޫނާއެކެވެ. ޞުލްހަވެރި ކެމްޕޭނެކެވެ. ޖެނީ ހޯޕް ނުވާ ތެދުވެރިކަމެއް ޢަމަލުން ބުނާ ލޯބީގެ ހުސް ބަހަކުން                         ނުވާ ނަމައީ ފިދާ ނަފުސުން ކޮބައި ލޯބީގެ ބޭނުމަކީ ؟  އެތައް ދުވަސްތަކެއްވަންދެން ދޮންކޮށްފައިވާ ރަށުގެ މޫނުމަތީގައި ފިޔާ ތޮށީ ފުށްޖަހަން ، ޕީޕީއެމްގެ އެކްޓިވިސްޓުން ފުށްދަޅާއި މާ ހިގައިގެން ފުށްޖަހަންތިއްބާ ރަށުގެ ސަހަރޯވެރިން އެކަން ހުއްޓުވަން މަސައްކަތްކޮށްކޮށްތިއްބާ ، ޕީޕީއެމްގެ އެކްޓިވިސްޓުން ބޭނުންވާ ތަނެއްގައި ފިޔާތޮށި ފުށްޖަހައިފި އެވެ. 

އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އިހަވަންދޫގެ ނަރުދަމާ އަޅާނަން – ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އިހަވަންދޫގައި ނަރުދަމާ އަޅާދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނކިފާނުން މިހެން ވިދާޅުވީ ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުންނެވެ. 

2013 ރިޔާސީ އިންތިހާބު އިހަވަންދޫ

2013 ރިޔާސީ އިންތިޙާބު ވިޝުއަލް އަދި އޮޑިޓަރީ ކެމްޕޭން  2013 ރިޔާސީ އިންތިޙާބުގެ ކެމްޕޭން އިހަވަންދޫ ގައި 3 ކެންޑިޑޭޓުންގެ ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ވަރަށް ފޯރިއާއެކު ކުރަމުން އެބަގެންދެއެވެ. މިކެމްޕޭންގެ އީކުއޭޝަނުން ބޭރުގައި އެގޮތަކަށްވެސް އިހަވަންދޫގައި ކެމްޕޭން ހަރަކާތެއް ނުހިންގަނީ ކެންޑިޑޭޓް ނަންބަރު 2 ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކެވެ. 
އެމްޑީޕީ ސަރުކާރެއްގައި ނަޝީދު އައްޔަންކުރާ ކެބިނެޓްގެ ލީކްކޮށްލައިފި ނޮވެމްބަރު 11 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އަނބުރާ ވެރިކަމަށް ވަޑައިގެންފިނަމަ އެކުލަވައިލައްވަން ނިންމާފައިވާ ކަމަށް ބުނާ ކެބިނެޓް މެންބަރުންގެ ރަސްމީ ލިސްޓް މިއަދު ސޯޝަލް މީޑިއާގައި ލީކްކޮށްލައިފި އެވެ.

ނަޝީދުގެ އުމްރާގެ އަޅުކަން ފުރިހަމަ ކުރައްވައިފި

މޯލްޑިވިއަން ޑީމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވައިފިއެވެ.   ނަޝީދުގެ އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވިކަން އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށްފަހު ނަޝީދު އުމްރާ ވުމަށް ސައުދީއަށް ވަޑައިގެން އުމްރާގެ އަޅުކަން ފުރިހަމަ ކުރައްވާފައިވަނީ މީޑީޔާއަށް ވަރަށް ބޮޑަށް ސިއްރުންނެވެ.  Breaking: umra ge huriha manaasik thah raees nasheed furihama kuravvaifi @raajje_tv — Nazim Sattar (@nazimsat) August 4, 2013  މީގެ ކުރިންވެސް ނަޝީދުގެ އުމްރާ ދަތުރާ ބެހޭގޮތުން މީޑީޔާއިން ސުވާލު ދެންނެވި ކޮންމެ ފަހަރަކު އެމަނިކުފާނު ވިދާޅުވެފައިވަނީ، އެކަމަކީ އެމަނިކުފާނުގެ އަމިއްލަ ފުޅު ކަމެއް ކަމަށާއި، އެ މައުލޫމާތު މީޑިޔާއަށް ހިއްސާ ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.
އިސްލާމިކް ކައުންސެލިން އިސްލާމިކް ކައުންސެލިންގެ އަމާޒަކީ ދީނީ އަޤީދާ އޮޅުންފިލުވައިދީ، ރޫޙާނީ ހިތްވަރު ލިއްބައިދީ، ތެދުމަގު ޚިޔާރުކޮށްގެން ކުރިއަށްދިއުމަށް އެހީތެރިވެދިނުމެވެ. އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީގޮތް ބަޔާންކުރައްވައި ބާވާލެއްވި ޙައްޤު ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން އެދީނުގައިވަނީ އިންސާނާއަށް އެންމެ ރަނގަޅުގޮތް ބަޔާންކުރައްވައި އިންސާނާގެ ބުއްދިއާއި ޖިސްމާއި ނަފްސަށް ގެއްލުން ލިބެނިވި ކަންތައްތައް މަނާކުރައްވާފައެވެ. އިސްލާމީ ކައުންސެލިންއަކީ ރޫޙާނިއްޔަތު ތަރައްޤީކޮށް އުޅުމާއި އަޚްލާޤު ބައްޓަންކުރުމަށް މަގުދައްކައިދީ ދީނީ އިރުޝާދާއި އެހީހިމެނޭ ކައުންސެލިންނެވެ. އިސްލާމީ ކައުންސެލިންގައި، މަޤްޞަދަށް ވާސިލުވެވެނީ ކައުންސެލީ ނުވަތަ ކްލައިންޓް އޭނާ އަމިއްލައަށް ފުރިހަމަ ޒިންމާ ނަގައިގެންނެވެ. އިޚްތިޔާރާއި، ޒަތުބާތުތަކަށް ބާރުފޯރުވަމުން ކުރިއަށްދާންވީ ގޮތާއި ޢަމަލުތައް ބައްޓަންކުރަންވީގޮތާއި ލިބިހުރި ފުރުސަތުތަކުގެ ބޭނުން ހިފަންވީގޮތް ނިންމާނީ އޭނާއެވެ.