Skip to main content

Posts

Showing posts from June, 2011

ސަހަރާގައި އުވަދޯނި

ގަބުރުސްތާނަކީ ހުރުމަތްތެރިވެގެންވާ ތަނެކެވެ. އިހުތިރާމްލިބިގެންވާ ތަނެކެވެ. އިހުތިރާމް ކުރަންޖެހޭ ތަނެކެވެ. އެހެންކަމުން ގަބުރުސްތާނުގެ ހުރުމަތްގެއްލޭފަދަ އެއްވެސް ކަމެއް ، އެއްވެސް މީހަކަށް ކުރެވިގެން ނުވާނެއެވެ. ގަބުރުތަކުގެ މަތީގައި ހިނގާބިނގާވެ ހަދައިގެން ނުވާނެއެވެ. ގަބުރުސްތާނަކީ ހިނގާ މަގަކަށް ހަދައިގެން ނުވާނެއެވެ. އަދި އަޅުކަން ކުރާތަނަކަށްވެސް ހަދައިގެން ނުވާނެއެވެ. އަދި ކީއްތޯ އެވެ. މީހުން ދިރިއުޅޭ ގޯއްޗަކަށްވެސް ހަދައިގެން ނުވާނެއެވެ. ގަބުރުސްތާނުގައިވާ ކަށްތައް ފީވެ ވެއްޔަށް ވުމަށް ދަންދެންނެވެ. 

އަޅުގަނޑުމެންގެ ޒުވާނުންގެ ކުރިމަގު

އަޅުގަނޑުމެންގެ ގިނަ އަދަދެއްގެ ޒުވާނުން ކަމެއް ނެތި، ތިބޭތަން އެބަފެނެވެ. އާމުދަނީއެއް ލިބޭނެ ވަޒީފާއެއް އަދާނުކުރާ ޒުވާނުން ގިނައެވެ. މިކަން މިހާރުވަނީ ގައުމީ މައްސަލައަކަށްވުމާ ގާތުގައެވެ. ރަށާއި ގައުމުގެ ކަންތައްތައް ހެޔޮ ގޮތުގައި ބައްޓަންކުރަން ތިބި ޒުވާނުން މިހާރުތިބީ ހެޔޮ ފައްތަރެއްގައެއް ނޫނެވެ. ރަގަޅު ހާލަތެއްގައެއް ނޫނެވެ. އަޅުގަނޑުމެންގެ ޒުވާނުންދަނީ ގޭންގް ހަރަކާތާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަނދެވެމުންނެވެ. މަސްތުވާތަކެއްޗަށް ދެވިހިފަމުންނެވެ.  މާރާމާރީ އަށް މަގު ފަހިވަމުންނެވެ. މިނޫންވެސް އެތައް މައްސަލަތަކެއްގެ ތެރެއަށް ގެނބެމުންނެވެ. މިކަންމިހެން ވަމުން ދިއުމުގައި އާމްދަނީއެއް ލިބޭނެ ވަޒީފާއެއް އަދާނުކުރާ ޒުވާނުން އިތުރުވަމުން ދިއުންވެސް މިއީވެސް ސަބަބެކެވެ. 

އެމްޑީޕީ އިން ތޮއްޑޫގައި ބޭއްވި "ނާޗަރަންގީ"ގެ ހަގީގަތް

މުހައްމަދު ބުޝްރީ އިދިކޮޅު ސިޔާސީ ފަރާތްތައް ސިއްސުވާލުމުގެ ނިޔަތުގައި ބޭއްވި ބޮޑު ޖަލްސާއެކެވެ. ޑީ.އާރް.ޕީ.ގައި ހުރެފައި އަލީ ވަހީދު އެމް.ޑީ.ޕީ. އާ ގުޅުމުން ތޮއްޑޫގެ ގިނަ ބަޔަކު އެކަމަށް ތަރުހީބު ދީ، ތޮއްޑޫގެ 300 މީހުން އެމް.ޑީ.ޕީ. އާ ގުޅުނު ކަމަށް އަޑުއަރުވަން ބޭއްވި ބޮޑު ޖަލްސާއެކެވެ. އެކަމަކު ހަގީގަތަކީ ތޮއްޑޫގެ ހުރިހާ ރައްޔިތުން އެމް.ޑީ.ޕީ.ގެ ބޮޑު ވަފުދަށް، ހާއްސަކޮށް އަލީ ވަހީދަށް މަރުހަބާއެއް ނުކިޔަ އެވެ. ބައެއް ރައްޔިތުން އަލީ ވަހީދާ ދިމާޔަށް ގޮވަމުން ދިޔައީ "ގައްދާރެއް" ކަމަށެވެ. ހިޔާނާތްތެރިއެއް ކަމަށެވެ. ރައްޔިތުން ވަކި ގޮތަކަށް އަލީ ވަހީދަށް ދިން ވޯޓުތައް ވިއްކާލި ކަމަށެވެ. ތޮއްޑޫ ދަތުރުގައި ރައީސް ނަޝީދާއި އަލީ ވަހީދު ފަދަ ބޭފުޅުން އުޅުއްވީ ސިފައިންގެ ހިމާޔަތުގައި، ރައްޔިތުންނަށް ފިލައިގެންނެވެ.

ހެޔޮ ކަންކަމަށް ގޮވައިލުމުގެ އަދަބުތައް

އަބްދުﷲ ފާރޫގް ހަސަން ޙިމްޔަރު ވަންހަ އަކީ ޤަދީމީ ޢަރަބި ކަރައިގެ ބާރުގަދަ ޤަބީލާއެކެވެ. އެ ޤަބީލާ އިން އެތަކެއް ސަތޭކަ އަހަރެއް ވަންދެން ޔަމަނު ކަރައިގައި ރަސްކަން ކުރިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާގެ މެމްބަރުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅެއް ފޮނުއްވިއެވެ. ޞުލްޙުލް ޙުދައިބިއްޔާ އަށް ފަހު އެކި ދައުލަތްތަކުގެ ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅުތަކެއް ފޮނުއްވި ދުވަސްވަރުއެވެ. މި ޙާދިޘާގެ ތަފްސީލުތައް ޠަބަޤާތު އިބްނު ސަޢްދުގައްޔާއި، އަލްބިދާޔަތު ވައްނިހާޔަތުގައްޔާއި އަދި އެ ނޫން ވެސް ވަރަށް ގިނަ ފޮތްތަކުގައި އައިސްފައި ވެއެވެ.

މަސްތުވާމީހުން ހުތަށް- ރައްޔިތުން ރަތަށް