Skip to main content

Posts

Showing posts from July, 2017

President Abdulla Yameen Address the nation on the occasion of the 52nd Independence Day.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين ، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ ، خاتم الأنبياء والمرسلين ، وَعلـى آلـه وَصَحْبِـهِ أجمـعـين . ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛ السّلام عليكم ورحمة الله وبركاته ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަނީ، އަޅުގަނޑުގެ ހިތުގެ ލޯތްބާއި، ޠާޢަތާއެކު. މިނިވަންދުވަހުގެ ނިދާއަކީ، އިނގިރޭސީންގެ އަޅުވެތިކަމުގައި، ދިވެހިން ތިބި ތިބުން ނިމުމަކަށް ގެނެސް، ދިވެހިދިދަ އެންމެ ފުރިހަމަގޮތުގައި ވިހުރުވާލުމުގެ ފަޚުރު، ދިވެހިން ލިބިގަތުމުގެ ނިދާ. މިއަދު މި މުނާސަބަތު ފާހަގަކުރަމުންދާއިރު، އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނާއި، ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި، އެކި ސިފ