Skip to main content

Posts

Showing posts from November, 2012

Maldives Pole-and-Line skipjack tuna achieves MSC certificatio

The Maldives pole-and-line skipjack fishery has today been awarded Marine Stewardship Council (MSC) certification.  This follows independent assessment against the MSC’s rigorous environmental standard . Skipjack ( Katsuwonus pelamis ) from members of the client group, Maldives Seafood Processors and Exporters Association (MSPEA), is now eligible to be marketed with the MSC’s globally recognised ecolabel.  The coveted blue label provides consumers with assurance that the product is traceable back to a certified sustainable source.
ވަގުތީ އުފާ ހޯދުމަކީ ދިރިއުޅުން ބާއްޖަވެރިކުރުވާ ކަމެއް ބާ؟ ޕްރޮފެސަރު އުގެއިލްގެ ކޮލަމް   ތިބާއަށް ހޯދެން އޮތް އުފަލެއް ފަހުން ލިބިދާނެ ބޮޑު އިނާޔަތަކަށްޓަކައި ފަސްކޮށްލާނަން ހެއްޔެވެ؟ ނުވަތަ ފަހުން ލިބިދާނެ އިނާޔަތެއްގެ ބަދަލުގައި ވަގުތީ އުފަލަކަށް އިސްކަންދީފާނަން ހެއްޔެވެ؟ އެހެން ގޮތަކަށް ބުނާ ނަމަ، ތިބާއަށް މީހަކު މިއަދު 100 ރުފިޔާ ދޭން ހުށައެޅުމަށް ފަހު، އެފައިސާ އަތުނުލާ މަޑުކޮށްފި ނަމަ މިއަންނަ އަހަރުގެ ހަމަމިދުވަހު 140 ރުފިޔާ ދޭނެ ކަމަށް ބުނެފި ނަމަ މި ދެ ގޮތުން ކުރެ ތިބާ ޚިޔާރުކުރާނީ ކޮން ގޮތެއް ހެއްޔެވެ؟ ގިނަ މީހުން ބޭނުންވާނީ 100 ރުފިޔާ ވަގުތުން ހޯދުމަށެވެ. އަދި ގިނަ މީހުން ދެކޭނީ އަހަރެއް ފަހުން އިތުރަށް ލިބޭ 40 ރުފިޔާ ހޯދުމަށް އިންތިޒާރުކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.

އިމާމުންނާއި މުދިމުން މިސްކިތްތަކަށް ހަމަޖެއްސުން

ރަށްގޮވާއަޑު ނޮވެމްބަރު 23 ވީ ހުކުރު ދުވަހެވެ. ނަސްރު މިސްކިތެވެ. މުދިމު އިބްރާހީމް ޔޫސުފް އެވެ. މެންދުރު ނަމާދު ވަގުތުތައް މުދިމު ބަންގި ގޮވިއެވެ. 12:35 ކެވެ. ހަތީބު މުހައްމަދު އިބްރާހިމް މެންބަރަށް އަރައި ސަލާމް ގަވައިފިއެވެ. މިއަދު އެހެން ހުކުރު ދުވަސްތަކާއި ޚިލާފަށް ހަތީބު މެންބަރަށް އެރީމާ މުދިމު އިބްރާހިމް  ބަންގިއެއް ނުގޮވައެވެ. އޭނާ އިނީ އެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. މިސްކިތުގައި ތިބި މީހުން މުދިންބެއާ ދިމާއަށް ބަހަލައެވެ. އޭނާ ދެނަހެރިކަމަށްވެސް ނަހަދައެވެ. ރަށުން ބޭރުން އައިސްތިބި އެތައް ސަފަރުވެރިންނެއްވެސް މިސްކިތުގައި ތިއްބެވެ. އެއީ ކަންނެލި ދޯނިތަކުގެ މީހުންނެވެ. އަތޮޅުގައި ކަންނެލީގެ މަސްވެރިކަންވެސް ރަގަޅެވެ. އެހެންވެ، ހުކުރު ދުވަހު ހުކުރަށް ގިނަ އޮޑިދޯނިފަހަރު ކަނޑުމަތީގައި އުޅެފައި ރަށަށް ހުކުރަށް އާދެއެވެ.  އެންމެން މުދިމު އިބްރާހިމަށް ބަލަބަލައި ތިއްބާ ދޮންއަލީ މުހައްމަދު ތެދުވެ، ނުހަނު ނުރުހުންވެފައި ބަންގި ގޮވައިފި އެވެ. 

އިމަގު މޫސީގު ގުލްޝަން

ރަސްބެރު ޗެލެންޖް-2012 މުބާރާތުގެ އެންމެ މޮޅު ބެރުވެރިޔާ   އިހަވަންދޫ ރަސްބެރު ޗެލެންޖް -2012  ގްރާންޓް ފިނާލޭ ފައިނަލް ޝޯގެ ހިތްގައިމު ގުލްޝަނުގައި އަޅުގަނޑު އިނީ މި ޝޯ ޝަރަފްވެރިކޮށްދޭ ށެވެ. ޝޯ އިންތިޒާމްކޮށްފައިވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުން އިމަގު ޖަމާއަތުންނެވެ. ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ ހއ. އަތޮޅު ކައުންސިލުންނެވެ. މި ޝޯ ގައި ބެރުޖަހާ ލަވަ ހުށަހަޅާދީފައިވަނީ އިހަވަންދޫގެ ވަރަށް ފަންނުވެރި ޒުވާން ކުދިންތަކެކެވެ. ރަސްބެރު ޗެލެންޖްގައި ޖިންސުން ލަޠީފުންގެ ޓީމެއްވެސް ލަވަ ހުށަހަޅާދިނެވެ.

ޖާބިރާއި ހާމިދު ހައްޔަރު ކުރީ ރަނގަޅަށް ކަމަށް ވާނަމަ ޢަބްދުﷲ ޤާޒީ ހައްޔަރުކޮށްގެން ކަމަށް ބުނެ ސަރުކާރު ވައްޓާލީ ބަޣާވާތަކުން: ހުސައިން މުހައްމަދު

މޫންލައިޓުން ނަގާފައި ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ފުލުހުން ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތައް ކަމަށް ވާނަމަ ރައީސް ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސްޤާޒީ ޢަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީވެސް ޤާނޫނާ އެއްގޮތައް ކަމަށް ޑީއާރުޕީއަށް ނިސްބަތްވާ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖާބިރުގެ ކުރިމަތި ފަރާތަށް އަނިޔާވެއްޖެ

  ފަޅު ރަށެއް ކަމަށްވާ ހދ. ހޮނޑައިދޫގައި ބަނގުރާ ބުއިމުގެ ތުހުމަތުގައި ހުކުރު ވިލޭރޭ ފަތިހު (16ނޮވެމްބަރ12)ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކުރިމަތިފަރާތަށް އަނިވެފައިވާ ކަމަށް ޖާބިރު އަނބިކަނބަލުން އަދި ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ . އެކަމަނާ މިހެން ވިދާޅުވީ އިއްޔެ ވެސްޓް ޕާރކްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެކަމަނާ ވަނީ ޖާބިރަށް ކުރި ކަމަށް ބުނާ އަނިޔާތައް ވަރަށް އަސަރާ އެކު ސިފަކޮށްދެއްވާފަ އެވެ .  

ރަށްގޮވާއަޑު

ހަމަހަމަކަމުގެ އުޞޫލެއްނެތް ، ޑިމޮކްރަސީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފައަކީ ހަމަހަމަ ކަމާއި އިންސާފް އެވެ. މިސިފަތައް ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި ގާއިމްކުރުމެވެ. ރައްޔިތުން އެދެނީވެސް އެގޮތަށެވެ. ޒަމާނީ ޑިމޮކްރެސީތަކުގައި ބާރު އަޅަނީ ވެސް މިކަމަށެވެ . ނުފޫޒާއި ބާރުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ޖަންގަލީގެ ގޮތްތައް ދޫކޮށްލުމަށެވެ. ތަހުޒީބީ އުސޫލުތަކަށް ހިޖްރަކުރުމަށެވެ. ފަގީރުންނާއި މުއްސަނދީންނާއި ޝަރަފުވެރިންނާއި ބޮޑުންނާ ދެމެދު ޖިނާއީ މައްސަލަތަކުގައި   ތަފާތުކުރާ ނަމަ، އެ ތަނެއްގެ އިޖުތިމާއީ އަދާލަތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ ނަމުގައި އޮތަސް އެ ހިސާބުން އެ ހިނގަނީ ޖަންގަލީގެ ގާނޫނެވެ . "އިހުގެ އުންމަތްތައް ހަލާކުވެގެން ދިޔައީ، އެބައި މީހުންގެ ތެރެއިން ޝަރަފުވެރިއަކު ވައްކަންކުރުމުން، އެއީ ކަމަކަށް ނުހަދައި ދޫކޮށްލާފައި، އާދައިގެ ދެރަ ނިކަމެތި މީހަކު ވައްކަކުރުމުން އޭނާގެ މައްޗަށް ހައްދު ގާއިމުކުރުމުގެ ނުބައި އާދަ އަށަގެންފައި އޮތުމުން ކަމަށް މި އުންމަތުގެ މާތް ނަބިއްޔާ އިންޒާރުކުރައްވާފައިވެ އެވެ . "

ހުޅުލޭ އެއާޕޯޓް ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރުން

މުހަންމަދު ނަޝީދު، ގ. ކެނެރީގެ  މިއީ މިހާރު ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ޖީއެމްއާރު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިއުއްވި މަޒުމޫނެއްގެ ދެ ވަނަ ބަ އެވެ. މި މަޒުމޫނުގައި އެމަނިކުފާނުގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ކުއްޔަށް ދޭން ކުރި މަސައްކަތްތަކުގެ މައްޗަށް ތަފްސީލުކޮށް ލިއުއްވާފައިވެ އެވެ. -އެޑިޓަރު  ބީލަން ހުށަހެޅުމުގެ އޮނިގަނޑު އައިއެފްސީ އިން އެކުލަވާލީ ތިން ފިޔަވައްސަކަށެވެ. އެއީ ޝައުގުވެރިކަން ހާމަކުރާ ނުވަތަ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށައަޅާ ބަޔާއި، ޝަރުތު ހަމަތޯ ބެލުމުގެ ނުވަތަ ޕްރީ ކޮލިފިކޭޝަން (އާރުއެފްކިޔޫ) ގެ ބަޔާއި ބީލަން ހުށައެޅުމަށް އެދޭ ނުވަތަ ރިކްއެސްޓް ފޯ ޕްރޮޕޯސަލްގެ ބަޔެވެ. ހުށައެޅި ބީލަންތައް ވަޒަންކޮށް އަދި އެންމެ ފަހުން ބިޑް ކާމިޔާބުކުރި ފަރާތް ހޮވީ އެ ފިޔަވަހިތަކުގައި އެކި ޝަރުތާއި މިންގަނޑުތަކުން ބެލުމަށް ފަހުގަ އެވެ. 

އިންޑިއާ އަކާ ނުބެހެވޭނެ!

  އިބްރާހިމް ރަޝީދު، ހޯރަ ދިވެހިރާއްޖެއަކީ ޒަމާންވީ ގައުމެކެވެ. މުއްސަނދި ދިގު ތާރީޚެއް އޮތް ޢުމުރުން ނުހަނު ދޮށީ ގައުމެކެވެ. އިންޑިޔާ ކަނޑުގެ މެދުގައި ދުނިޔޭގެ އުތުރާއި ދެކުނަށް ދެމިގެން މިވާ މުތްތަކެއް ފަދަ ރީތި ޖަޒީރާ ގައުމު މިގޮތުގައި މިއަދާ ހަމައަށް ދެމިގެން އާދެވުނު އެތަކެއް ސަބަބު ތަކާ ސިއްރުތަކެއް ވާނެއެވެ.

ގަސްގަހާގެހީގެ ހިއްސުތަކާއި ވިސްނުމުގެ ބާރު

  ޕްރޮފެސާ ހަސަން އުގެއިލް އިންސާނުންނާއި ޖަނަވާރުންނާ އެއްފަދައިން ގަސްގަހާގެއްސަކީ ވެސް ހިއްސުތަކެއް އެކުލެވިގެންވާ މަޚްލޫގުންތަކެކޭ މީހަކު ބުނެފި ނަމަ ހައިރާންވޭ ހެއްޔެވެ؟ ހަގީގަތަކީ އިންސާނުންނާއި ޖަނަވާރުންނެކޭ އެއްފަދައިން ގަސްގަހާގެއްސަށް ވެސް ހިއްސުތަކުގެ ބޭނުން އިންތިހާ އަށް މުހިންމުކަމެވެ. މިގޮތުން، ގަސްގަހާގެހީގެ ވެސް، ވަސްބެލުމުގެ ހިއްސާއި، އަޑުއެހުމުގެ ހިއްސު، ރަހަބެލުމުގެ ހިއްސުގެ އިތުރުން އިހްސާސްތައް ދަނެގަތުމާއި ފެނުމުގެ ހިއްސު ހިމެނިގެންވެ އެވެ. އަދި އިންސާނުންނެކޭ އެއްފަދައިން ގަސްގަހާގެހި ވެސް އެ އެއްޗެހީގެ މާހައުލުގައި ހިނގަމުން އަންނަ ކަންތައް ތަޖްރިބާކުރުމުގައި މިހިއްސުތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ކުރެ އެވެ. އަހަރެމެން ފަދައިން ގަސްގަހާގެހި ހިއްސުތައް ބޭނުންކުރާ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

  ب ســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން، ޚާއްޞަ އިނާމު ހާސިލު ކުރައްވާ ޚިދުމަތްތެރި ބޭފުޅުން، ވަޒީރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން. السّــلام عليــكم ورحـمــة اللّـه وبـركاتـه، މިރޭގެ މި އުފާވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުން. މި އުފަލުގައި ތިޔަ ލޮބުވެތި ރައްޔިތުންނާއެކު އަޅުގަނޑު ބައިވެރިވާ ވާހަކަ ދަންނަވަން. މިރޭގެ މި ޖަލްސާގައި އޮތް އެންމެ މުހިންމު އެއްކަމަކީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަން

ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓްކެނޑެނީ

ބަޔަކު ރާއްވައިގެން ހިންގާ ކަމެއްކަމަށް އިންޖީނުގެއިން ތުހުމަތުކޮށްފި މިހާރަކަށް އައިސް ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެމުންދަނީ މީހަކު ނުވަތަ ބަޔަކު ރާވައިގެން ހިންގާއަމަލެއް ކަމަށް އޮޕަރނޯޓް ޔޫޓިލިޓީސް އިހަވަންދޫ އިންޖީނުގެއިން ތުހުމަތުކޮށްފިއެވެ. މިކަން ތުހުމަތުކޮށްފައިވަނީ ކަސްޓަމަރުންގެ ސަމާލުމަށް އިންޖޫނުގެއިން މިމަހުގެ 10 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައެވެ. 

ލަދުވެތިކަމާއެކު ވެސް ފަޚްރުވެރިވަމެވެ.

ލިޔުނީ : ޢަބްދުލްމާނިޢު ޙުސައިން./އިހަވަންދޫ.ކޮމް     އިއްޔެ ފޭސްބުކް ހާވަން އިންދާ ސްކޫލް ދައުރުގެ ވަރަށް ޚާއްޞަ ރަހުމަތްތެރިއަކު މަށަށް ހަނާ އަޅައިލި އެވެ. "ހައި" ޖެހުމަށްފަހު އެންމެ ފުރަތަމަ ވެސް އޭނާ ކުރީ ސުވާލެކެވެ. "އިހަވަންދޫގެ ދަރިއަކަށް ވީތީ ފަޚްރުވެރިވަންތަ؟" ކުއްލިގޮތަކަށް އަހާލި އެވެ. އާންމުކޮށް މީހުން ކުރާ ޒާތުގެ ސުވާލަކަށް ނުވާތީ ދޭނެ ޖަވާބަކާ މެދު ވިސްނަން އިންދާ މީނާގެ ހިނިގަނޑު ފަޅައިގެން ގޮސް ޕަކަޕަކަ ޖަހާ ވައްތަރުގެ މޫނެއް މަށަށް ފޮނުވައިފި އެވެ. އިސާހިތަކު މަވެސް ބޭރަށް ދޫ ނެރެފަ އިންނަ ވައްތަރުގެ މޫނެއް ފޮނުވައިފީމެވެ. މީނާގެ ސުވާލާމެދު ފުންކޮށް ވިސްނާލުމަށްފަހު މަށަށް ބުނެވުނީ މިހެންނެވެ. "އަސްލު ކުރިން ފަޚްރުވެރިވެވުނަކަސް މިހާރު އެ ފަޚްރުވެރިކަން ލަދުވެތި ކަމަކަށް ބަދަލުވެއްޖެ" ކަމަށެވެ. ހަމަ ބުނިހެން ނުހީވެ ރޮވޭ ވައްތަރުގެ ފޭސްއެއް މަށަށް ފޮނުވައިފި އެވެ. މަވެސް އެ ރުއިމުގައި ބައިވެރި ވީމެވެ.

އަންހެނުންގެ ކޮމެޓީގެ އިންތިހާބުން ކުރެހި މަންޒަރު

އަންހެނުންގެ ކޮމެޓީއަށް ހޮވިފައި  CND NO Name Address No Vote % 4 Rasheedha Hassan Athamaage 375 54.11 3 Haseebath Saniya Seesange 338 48.77 14 Aishath Sana Athagasdhoshuge 337 48.63 2 Rugiyya Hassan Bokarumaage 309 44.59 10 Aminath Fawaza Chandhanee 302 43.58 6 Zuhura Abdulla Zamaaneevilla 298 43.00 12 Haleetha Moosa Sithaaraage 288 41.56 ހުރިހާ އުޚުތުންނަށް މަރުހަބާ   އިންތިހާބުގެ ނަތީޖާ CND NO Name Address No Vote % 1 Arifa Hassan Pinkrose 228 32.90 2 Rugiyya Hassan Bokarumaage 309