Skip to main content

Posts

Showing posts from August, 2012

ވަކިކޮޅަކަށް ޖެހުން އެއީ ކަށީގައި ހުންނަ ކަމެއްބާ؟

  ޕްރޮފެސާ ހަސަން އުގެއިލް މިހާރު ރާއްޖޭގެ ވެރިކަން ކުރަމުންދާ ރައީސާއި، މީގެ ކުރިން ވެރިކަން ކުރި ރައީސާ މެދު ތިބާދެކެނީ ކިހިނެއް ހެއްޔެވެ؟ މި ދެ ރައީސުންނާ މެދު ތިބާ ކޮންމެ ގޮތަކަށް ދުށް ނަމަވެސް ނަމަވެސް، އެދެކޭގޮތަކާ މެދު ޚިޔާލު ތަފާތުވާ ބަޔަކު ތިބާ ދަންނާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ . އެކަމަކާ މެދު ނުވަތަ މީހަކާ މެދު އެކިމީހުން ދެކޭގޮތް ތަފާތުވަނީ ކީއްވެބާވައެވެ؟ މީގެ ޖަވާބަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް މިވަނީ ވަކިކޮޅަކަށް ޖެހިފައި ކަމެވެ. ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ " ބަޔަސް" ވުމެވެ. ގަބޫލު ކުރަން ވެސް ފަހަރުގައި ދަތި ވެދާނެ އެވެ . އެހެންނަމަވެސް ހަގީގަތަކީ މިއެވެ. މީހަކު ވަކިކޮޅަކަށް ޖެހުމުގެ އެތަކެއް ބައިވަރު ސަބަބުތަކެއް ވެއެވެ. މިސާލަކަށް އެ މީހަކު ހިމެނޭ ސިޔާސީ ޕާޓީއެއްގެ ސަބަބުން، ނުވަތަ އާއިލާ އާއި ރައްޓެހިން އަދި އެ މީހަކު ކިޔާ ނޫހެއް ނުވަތަ ބަލާ ޓީވީ ޗެނެލެއްގެ ސަބަބުން ވެސް މީހުން ވަކިކޮޅަކަށް ޖެހުމަށް މަގުފައިވެ އެވެ . 

ކޯނީގެ ނިންމުން: ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ އެއްގޮތަށް

  1203 ކުރީގެ މިނިސްޓަރު މުހައްމަދު އަސްލަމް : ރިޕޯޓް ލިޔުނީ ފަސް މެމްބަރުންނަށް އެއްބަސްވެވޭ ގޮތަކަށް ނޫން. އެހެންކަމުން ގަހާ ސައީދު އިސްތިއުފާދެއްވީ. ކޮމިޝަނުން ވީޑިއޯތައް ބަލާފައެއް ނެތް. ކުރިހާ ވެސް ކަމަކީ މީހުންގެ އިންޓަވިއުތައް ނެގީ. ޖެނެރަލް މޫސާ އަލީ ޖަލީލް އާއި ކާނަލް ޒިޔާދު އާއި ޖެނެރަލް އިބްރާހީމް ދީދީގެ ބަޔާނަށް ރިއާޔަތްކޮށްފައެއް ނެތް. [ކުރީގެ ޕޮލިސް ކޮމިޝަނަރު] ފަސީހު ވިދާޅުވި، މިއީ މިއުޓިނީއެކޭ، މިއީ ބަޣާވާތެކޭ، އެ ވާހަކައެއް ލިޔެފައެއް ނެތް . ކޯނީން މި ބުނީ ތި މީހުން ތީ އަނދިރި ބައެކޭ. މި ރިޕޯޓަކީ އަޅުގަނޑުމެންގެ މޫނުމަތީގައި ޖެހި ތަފާލެއް. އަޅުގަނޑުމެން މިކަމާ އިހުތިޖާޖުކުރާނަން . އަޅުގަނޑުމެން ގަބޫލު ނުކުރާ ކަންތައްތަކެއް އޭގައި ހުރި ކަމަށް ބުނަން އަޅުގަނޑުމެންނަށް ގާނޫނު އަސާސީ ޖާގަ ދޭ، މަގުމައްޗަށް ނުކުންނަން ވެސް . ވެރިކަން ބަދަލުކުރެވޭނީ ހަމައެކަނި 6، 7 ގަ އެއެއް ނޫން. މިއަދު ވެސް ކުރެވޭނެ، މާދަމާ ވެސް ކުރެވޭނެ . 
ތަފާތު ހާލަތްތަކާއި ކޯނީގެ ރިޕޯޓާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް ދޮންމަނިކު ކޯނީއިން ރިޕޯޓު ނެރުމުގެ ކުރިން ގޮތެއް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. އެއީ ފަހުން ކުރަން ވެއްޖެއްޔާމު މަސްލަހަތު ފުށޫއަރާ އެކަން ކުރަން އުދަގޫވާނެތީވެއެވެ. އަދި ގޮތެއް ނުނިންމި ދިގުލައިގެން ގޮސް އިތުރަށް ގައުމު ހަލަބޮލިވާނެތީވެއެވެ. އަދި ނަތީޖާ ފެނުމުގެ ކުރިން ކަމެއް ކަނޑައަޅާއިރު އިންސާފުވެރިވެސް ވާނެތީވެއެވެ. ކޯނީއިން ރިޕޯޓު ނެރުމުގެ ކުރިން ގޮތްތަކެއް ކަނޑައަޅައި އެމްޑީޕީއިން ވަނީ އިއުލާންކޮށްފައެވެ . ނަމަވެސް، އެއީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށެވެ. ވަނީ ވަރަށް ބޮޑަށް ވަކި ފަރާތަކަށް ޖެހިފައެވެ. މިސާލަކަށް ބަގާވާތެއް ނޫން ކަމަށް ނިމިއްޖެނަމަ ބަގާވާތެއް ކަމަށް ވާހަކަ ދައްކާ ގައުމު ހަލަބޮލިކޮށް އުޅުނު މީހުންނަށް އަދަބެއް ނެތެވެ. އެމީހުންގެ ސަބަބުން ގެއްލި ދިޔަ އެހެން މީހުންގެ ހައްގުތަކަށް ބަދަލު ކަނޑައަޅާފައެއް ނުވެއެވެ. ރައްޔިތުން ގާފިލުކޮށް ދޮގުހަދާ އޮޅުވާލި މީހުން އަނެއްކާވެސް އެފަދަ ކަންތަައްތައް ކުރުމަށް ހިތްވަރުދިނުމަށް ޖުމުތަމައަށް ދޫކޮށްލަންވީ ހެ

މީރު ލުނބޯފަނި ގިރަނީ ހުތްލުނބޮއިންނެވެ.

ދިޔަތިކި ވިސްނުން ހުޝިޔާރު މީހުން ގެއްލުން ފައިދާއަށް ބަދަލުކޮށްލައެވެ. ނަމަވެސް ތަންދޮރު ނުދަންނަ ގަބު މީހުން މުޞީބާތެއް   ކުރިމަތިވެއްޖެ ނަމަ ދެއާފާތަށް ހަދައިލައެވެ. ކީރިތި ރަސޫލާ މައްކާއިން ބޭރުކޮށްލެއްވުމުން މަދީނާގައި ބާރުހުރި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި އެވެ. އެދައުލަތުގެ ކީރިތި މޫރިތިކަމާމެދު ތާރީޚު ޙއިރާންވެ އަންތަރީސްވި ދައުލަތެކެވެ. އެދައުލަތުގެ ޝާންޝާއުތަކާމެދު އިނގިލިކުރީގައި ދަތްއަޅައިލާން ޖެހުނު ދައުލަތެކެވެ.

ޢިބާދާތަށް ބާރުއަޅާއިރު އިސްލާމް ދީން އަޚުލާޤު އިހުމާލެއް ނުކުރޭ

ސައުދުއްﷲ އަލީ އިސްލާމް ދީނުގެ ޚާއްސަ އެއް ސިފައަކީ ދީނުގެ އެންމެހާ ކަންކަމުގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފެހެއްޓުމާއި މެދުމިންވުމެވެ. މީގެ ދަށުން ހިމެނޭ އެއް ކަމަކީ، އިބާދާތަށް ހާއްސަ އިނާޔަތެއް ދޭއިރު އަހުލާގު އިހުމާލުނުކުރުމެވެ. ޢިބާދާތަށް އެންމެ ބޮޑު އަހަންމިއްޔަތެއް ދޭ ދީނަކީ އިސްލާމް ދީނެވެ. މުޅި އިސްލާމްކަން އެ ރުކުންތަކެއްގެ މައްޗަށް ބިނާވެފައިވާ ރުކުންތަކަކީ ވެސް ޝަހާދަތުގެ ދެކަލިމަ އަށް ފަހު މުޅިން ވެސް އިބާދާތެވެ .

ވަގުތަކީ ހަގީގަތުގައި ކޮން އެއްޗެއް ބާ؟

ޕްރޮފެސާ ހަސަން އުގެއިލް ވަގުތަކީ، މާޒީން ފަށައިގެން މުސްތަގްބަލާ ހަމައަށް ފަހުން ބަދަލުނުވާ ގޮތަށް ކުރިއަށްދާ ކަންތައްތައް ތަރުތީބު ކުރުމަށް އަހަރުމެން ބޭނުން ކުރާ އެއްޗެކެވެ. ވަގުތަކީ ސައިންސާއި، ފިލޯސޮފީ އަދި ދީނާ ބެހޭ މައުޟޫއުތަކުގައި ވަރަށް ވެސް އާންމު ސުރުހީއެކެވެ. އެހެންނަމަވެސް، މިހުރިހާ ދާއިރާތަކަށް ފެތޭ ގޮތަށް އިލްމުވެރިންނަށް ވަގުތު މާނަކޮށްދިނުން ވަނީ ދަތި ކަމަކަށް ވެފަ އެވެ. މިސާލަކަށް ވަގުތަކީ ތަފާތު ހިއްސުތަކުން ކުރެވޭ އިހްސާސް ފަދައިން އަހަރެމެންނަށް އިހްސާސްކުރެވޭ އެއްޗެއްކަމާ މެދު ވެސް އިލްމުވެރިން ދެބަސްވެ އެވެ . 

ރޫހާނިއްޔަތަށް އިސްކަންދޭއިރު މާއްދިއްޔަތު އިހުމާލު ނުކުރުން

ސައުދުއްﷲ އަލީ ދީނުގެ އެންމެހާ ކަންކަމުގައި ވަކިއަތަކަށް ނުޖެހި ވަޒަން ހިފެހެއްޓުމަކީ އިސްލާމްދީނުގެ ޚާއްސަ ސިފައެކެވެ. މީގެ ދަށުން ހިމެނޭ އެއް ކަމަކީ، އިސްލާމް ދީނުގައި އެއްކޮޅުން ރޫހާނިއްޔަތަށް ވަރަށް ބޮޑު އިސްކަމެއް ދޭއިރު އަނެއް ކޮޅުން މާއްދިއްޔަތު އިހުމާލުކޮށްނުލުމެވެ. މިއީ އިންސާނީ ތަބީއަތާ ވެސް އެންމެ ގުޅޭ ގޮތެވެ. މާތްﷲ އިންސާނާ (އާދަމުގެފާނު) މަށިން ހައްދަވައި ފުރިހަމަކުރެއްވުމަށް ފަހު އެކަލާނގެ ރޫހުފުޅުން އެ އިންސާނާއަށް ފުމެލެއްވުމުން (ޞާދު 71- 72) އިންސާނާގައި މާއްދީ ބައިގެ އިތުރުން ރޫހާނީ ބައެއް ވެސް ވަނީ އެކުލެވިފަ އެވެ .

"ނަޝީދުވަނީ ނުރައްކާތެރި ޕްލޮޓެއް ރާވާފައި"

އިބްރާހިމް ލުތުފީ ނުވަތަ ސަންދާން ލުތުފީއަކީ ދިޔަމިގިލީ އައްސުލްތޯން މުޒައްފަރު މުހައްމަދު ޢިމާދުއްދީނު (ދެވަނަ) ގެ އައްސުލްތޯން އިބްރާހީމް އިސްކަންދަރު (ދެވަނަ)ގެ އައްސުލްތޯން މުޙައްމަދު ޣިޔާސުއްދީން ( ޝަހީދުކުޅަ ޙާޖީ ބަންޑާރައިން)ގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަންނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ މީދޫ ގަނޑުވަރު ޙަސަން ދީދީގެ ފިޔޯރީ ދޮންދީދީގެ އައްޝައިޚް އިބްރާހީމް ލުޠުފީ ( އައްޑޫ ތުއްތީދީ)ގެ ފާޠިމަތު ލުޠުފީ އާއި ހިތަދޫ ތުއްބީގެ މުޙައްމަދުދީދީ ކައިވެނިބައްލަވައިގެން ލިބިވަޑައިގަތް މޫސާ ލުޠުފީ، ސިއްކަގޭ ދޮންމަނިކުފާނުގެ ފާއިޒާއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް އިބްރާހީމް ލުޠުފީ އެވެ .  ލުޠުފީގެ ބައްޕަ މޫސާ ލުޠުފީ ވަނީ އައްޑު އަތޮޅުގެ އަތޮޅުވެރިކަން ކުރައްވައިފަ އެވެ. ލުޠުފީގެ މުނިކާފަ އައްޝައިޚް އިބްރާހީމް ލުޠުފީ އަކީ ރާއްޖޭގެ ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅެކެވެ. އެއީ ޑރ. މުޞްޠަފާ ލުޠުފީގެ ބައްޕައެވެ. ކުރީގެ ބަންޑާރަ ނައިބު އަދި މިހާރުގެ ހިއުމަންރައިޓްސް މިނިސްޓަރު ފާޠިމަތު ދިޔާނާ ސަޢީދުގެ މާފައެވެ . ރާއްޖޭގައި ހިއުމަންރައިޓްސްގެ ވާހަކަ

އޮޕަރޭޝަން ލިބަޓީ ޝީލްޑް

ކުރީ ދުވަހުގެ ބަޔާގުޅޭ...... ރުޅިއައިސްފައިވާ އެސްއޯ ފުލުހުން ގަދަބާރުން އެމްޑީޕީ ހަރުގެއަށް ވަދެ ހަރުކަށިކަން ދެއްކުމަށްފަހު އެތަނުން ނިކުން އިރު، ހަރުގެ ހީވަނީ ހަނގުރާމައެއްގައި ސުންނާފަތިވެފައިވާ ތަނެއްހެންނެވެ. އެމްޑީޕީގެ އެކްޓިވިސްޓުންގެ ހަމަލާތައް ދިޔައީ ވީޓީވީ އަށެވެ. އެތަނުގައި ރޯކޮށް ގެއްލުން ދިނެވެ. ނަމަވެސް އާއްމުންގެ ސަމާލުކަން ހުއްޓުނީ އެހެން ތަނަކަށެވެ. މާލޭގެ ޖުމުހޫރީ މައިދާނަށެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަށާއި އެމްޑީޕީގެ ހަރުގެއަށް ދިމާކުރުމަށްފަހު އެސްއޯގެ ފައުޖުތައް ޖުމުހޫރީ މައިދާނުގެ މެދުގައި އިށީނދެ ތިބި މަންޒަރަށެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރާ ދެކޮޅަށް   ފުލުހުންގެ ހުވަޔާ ޚިލާފަށް، ފުލުހުންތަކެއް ތެދުވި މަންޒަރު ބަލާށެވެ.