Skip to main content

Posts

Showing posts from February, 2013

ކުރީގެ ރައީސް އިންޑިޔާ ހައިކޮމިޝަނުގައި ދިރުއުޅުއްވުން

ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަނުގެ ހިމާޔަތުގައި ދިވެހިރާއްޖެއަށް މިހާރު ދިމާވެގެން މިއުޅެނީ މުޅިން އާ ކަމެކެވެ. މުޅީން އާ ސިޔާސީ ކަމެކެވެ. މީހެއްގެ ޚިލާޔަށް ވިސްނުމަށްވެސް ގެނެވިފައިނުވާ ކަމެވެ. ރައީސްކަން ކުރެއްވި ބޭފުޅަކު އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވެ ހައި ކޮމިޝަނެއްގައި މިހާތަނަށް ދިރިއުޅުއްވަން ފައްޓަވާފައެއް ނެތެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑީޔާގެ ހައިކޮމިޝަންގައި ދިރިއުޅުއްވާތާ މިހާރު ހަފުތާއެއް ވަނީ އެވެ. ކަމުގެ ބޮޑުކަމުން މުޅި ދުނިޔޭގެ ނަޒަރުވަނީ ރާއްޖޭއާ ދިމާއަށް ހުއްޓިފައެވެ. 

ދަންޖެހޭތީ ފެންނަ ހުވަފެނެއް

ދަންޖެހޭތީ ފެންނަ ހުވަފެނެއް ޢަބްދުއްރަޝީދު ޙުސައިން ދަމެއް ޖެހިދާނެ ހުވަފެންތައް  ފެނުން އަދު ހާދަ ގިނަވެއްޖޭ             ނަމެއްގައި  މިނިވަނޭ  އެ ބުނާ   ބުނުން ވެސް ހީއަކަށް ވެއްޖޭ  މިތާނގެ ކަނޑާ ފަޒާ ބެލެހެއްޓުމަށްވެސް އިސްވެގެންތިބެނީ            މިތާންގެ  ދަރިންކަމާ  މެދުގައި  މި ހިތުގައި  ޝައްކު  އުފެދިއްޖޭ  ސިޔާދަތު އޮތްތަނެއްނަމަވެސް ނިޔާ އިއްވަންޖެހޭ ހިނދުގައި           ސިޔާސަތު ކަނޑައަޅަން  ޖެހިލުން  ވެވޭ ތަން ފެންނަ ގޮތް ވެއްޖޭ

ސަލާމަތީ ބާރުތަކުގެ ވެރިންގެ ބަޔާންތަކުން މިއީ ބަޣާވާތެއް ކަމަށް ގަބޫލު ކުރެވޭ: ޑރ.ޝަމްހީދު

ކޯނީގެ ރިޕޯޓާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމިޓީއަށް ދީފައިވާ ބަޔާންތަކުން މިހާރު އޮތް ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއްކަން ގަބޫލު ކުރެވޭ ކަމަށް ކުރީގެ ޓްރާސްޕޯޓު މިނިސްޓަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. މެލޭޝިޔާގައި ހުންނަވައިގެން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޑރ.ޝަމްހީދު ވިދާޅުވީ މިހާތަނަށް ދެފަހަރެއްގެ މަތިން ހާއްސަކޮށް ކުރީގެ އެމްއެންޑީއެފްގެ ވެރިޔާ ރިޓަޔާޑް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލުގެ ބަޔާން ދެފަހަރެއްގެ މަތިން ވިދާޅުވެފައިވާ ކަމަށެވެ.

އޮފީސް ހިންގުން

އަންދާސީ ހިސާބު ބަލާކޮމެޓީ އެކިކަންކަމަށް ލިބޭ އަގުތައް އެކަމެއް  ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް އޮފީހުގެ ތެރޭގައި އަންދާސީ ހިސާބު ބަލާ ކޮމެޓީއެއް ހަމަޖައްސަންވާނެއެވެ.  ކޮމެޓީގެ މެންބަރުންގެ ނަމާއި މަގާމު އެގޭގޮތަށްލިޔެ ކޮމެޓީގެ މެންބަރުންނަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ކޮމެޓީގެ ޖަލްސާތަކުގެ ޖައުމިއްޔާ ލިޔަންވާނެއެވެ. ކޮމެޓީން ބަލާ ވަޒަންކުރަންވީ ކަންތައްތައް: މާލީގޮތުން އެކަންކުރެވޭނެ ފެންވަރެއްގެ ފަރާތެއްތޯ. ފަންނީގޮތުން ގާބިލްކަން ހުރިމިންވަރު ހުށަހަޅާފައިވާ އަގާއި ، އެތަނަކުން އެކަމަށް އަންދާޒާކޮށްފައިވާ އަގާ އަޅާބާއިރު ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގުތަކެއތޯ މީގެކުރިން ކޮށްފައިވާ މިބާތުގެ މަސައްކަތްތައް ހިނގާފައިވާގޮތާއި މަސައްކަތުގެ ކުޑަބޮޑުމިން މީނޫނަސް އެއޮފީހަކަށް ފެންނަ މުހިންމު ކަންތައްތައް  އަންދާސީ ހިސާބު ހުށަހަޅަންވާނީ އެކަތައްޔާރުކޮށްފައިވާ ފޯމަކުންނެވެ. ސިޓީ އުރައެއްގައި ބަންދުކޮށްގެންނެވެ.

ރައީސް އޮފީހަށް ނުގެންދިޔަ ނަމަ މިއަދު ނަޝީދު ދުނިޔޭގައި ނުހުންނާނެ- ނާޒިމް

ރައީސް އޮފީހަށް ނުގެންދިޔަ ނަމަ މިއަދު ނަޝީދު ދުނިޔޭގައި ނުހުންނާނެ- ނާޒިމް THUTHU MANIKU މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ސިފައިންގެ ތެރެއިން ނެރެގެން ހިމާޔަތް ދީގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ނުގެންދިޔަ ނަމަ މިއަދު ނަޝީދު ދުނިޔޭގައި ނުހުންނާނެކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ހަމަ އެފަދަައިން ކުރީގެ ރައީސް ނަޝީދު ފެބްރުއަރީ 8 ވަނަ ދުވަހު ވިދާޅުވެފައިވަނީ ވެސް އިސްތިއުފާދެއްވީ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމުން މަޖުބޫރީ ހާލަތެއްގައި ހުންނަވައިގެންކަމުގައެވެ. 
މަސްވެރިން މަހަށް ދިޔައީމާ ގޭގެއަށް ހިލޭފިރިހެނުންވަންނަ ކަމަށް ފުހުލުން ތުހުމަތުކޮށްފި މަސްވެރިން މަހަށް ދިއުމުން ގޭގެއަށް ހިލޭ ފިރިހެނުންވަންނަ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.  ބުރާސްފަތި ދުވަހުގެރޭ މަދަރުސާގައި ބެލެނިވެރިން ހޭލުންތެރިކުރުމަށް އޮތް ބައްދަލުވުމެއްގައި ، ބެލެނިވެރިޔަކު ކުރިސުވާލަކަށް ޖަވާބުދެއްވަމުން ފުލުހަކުބުނީ ، " ފިރިން މަހަށް ފުރީމާ ގޭއަށް ފިރިހެނުން ވައްދާކަށްއެނގޭނީ ކިތައްމީހުންނަށް ތޯ އެވެ؟" 

މުޖައްރިބާތު

ސިހުރު އޮޕަރޭޝަން ރަތްހާލެއް ބޭނުންކޮށްގެން އުސްފަސްގަނޑުގައި ސިހުރު ހަދަނީ މި އޮޕަރޭޝަން ލާމަހާލާނީ ، ފޯމުލަކު ހަމީދު ސިހުރު ހަދާކަމުގެ ތުހުމަތުގައި ، ހަމީދު ހައްޔަރު ކުރުމަށް ހިންގި " އޮޕަރޭޝަން ސުލޫސުލްއަންވާރު ފީކިތާބިލް ފިރުއައުނުއް ސިހުރު" އެވެ.  އަންހެނުންގެ ގައުމީ ވޮލީ  މުބާރާތަށް، ކުލަބު ޕޯލްސްޓަރ އަށް، ހަމީަދު ، ޑިފެންސިވް ބޫގަލް ހެދިކަމަށް ވަރަށް އިތުބާރުކުރެވޭ އެކުލަބު މަސްދަރެއް ރަށްގޮވާއަަޑަށް ބަސްބުންޏެވެ. ދެންފަހެ، ޕޮލިސްކުލަބާއި، އިމަގުންވެސް ފަނާކުރަނިވި ސައިކުލޮޖިކަލް ބުލެކް މެޖިކް ހެދިކަމަށް ޝައްކުކުރެވި ތުހުމަތުގެ އިނގިލި ދިއްކުރެވުނެވެ.