Skip to main content

Posts

Showing posts from May, 2012

ރައީސް ވަހީދު ހއ. އަށް ވަޑައިގެންފި

މުހައްމަދު ޢަބުދުއްޞަމަދު ޤާސިމް އިހަވަންދޫ އަށް ރައީސް ވަހީދު 2009 ވަނަ އަހަރު ވަޑައިގެން އެމަނކިފާނަށް މަރުހަބާ ދެންނެވި ފަރާތްތައްކާ ސަލާމްކުރައްވަ ރަށްގޮވާ އަޑު ފައިލް ފޮޓޯ ރ ރައީސް ޑރ. މުޙަންމަދު ވަޙީދު ހއ.ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ . ރައީސް ވަހީދުގެ މިދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށާއި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ  ހޯރަފުއްޓަށްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ . މިއީ ވެރިކަމަށް ވަޑައިގެންނެވިފަހުން ރައީސް ވަހީދު ހއ. އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރަށްގޮވާއަޑަށް އަށް ވަރަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަހީދު ހއ . އަށް ކުރައްވާ މިދަތުރުފުޅުގައި ހުންނަވާނީ ހދ. ހަނިމާދޫ ސިފައިންގެ މަރުކަޒުގައެވެ. އަދި ހއ.ގެ ރަށްތަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ސީދާ ހަނިމާދޫއިންނެވެ.      ރައީސް ޑރ. މުހައްމަދު ވަޙިދު އިހަވަންދޫ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ، ހުކުރު ދުވަހުގެ މެންދުރު ފަހު 2:30

ސިހުރު ހެދުން ހުއްޓުވަން އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ސިހުރު ހެދުން ހުއްޓުވަން ސަރުކާރަށް އެޅެން ހުރި ހުރިހައި ފިޔަވަޅުތަކެއް އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ. އަދާލަތު ޕާޓީގެ މައި އޮފީހުގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދު އެމް.ޑީ.ޕީ. ގެ އެކްޓިވިސްޓުން ހިންގަމުން އެ ގެންދާ ޙަރަކާތުގެ ތެރޭގައި، އިސްލާމްދީނުގަ ވަރަށް ބޮޑަށް ނަހީ ކުރައްވައި ޙަރާމް ކުރައްވައި މަނާކުރައްވަވާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަންތަކުގެ ތެރޭގައި ހިމެނޭ، ސިހުރު ހެދުމުގެ ކަންތައް އެ މީހުންގެ ޙަރަކާތްތަކުގެ ތެރޭގައި ވަރަށް މައްޗަށް އެބަ ގެންދާކަމަށެވެ. އިތުރަށް ވިދާޅުވުމަށް މިގުޅުމަށް ކުލިކް ކޮށްލައްވާ

މަގޭ ޔާގޫތު

ބިންމާ އިބްރާހިމް ވަހީދު ގަސްކަރަ ފެހި، ފަސްގަނޑު ކަޅު އަދި ފެންމީރު ފުރަމާލޭގެ ފެނުން އިރު ތޮޅިލިއިރު، އަނދެގެން ހުރި މުންޑުން ބަޑިތަޅުވަމުން ގޭގެ ފުޅައްޔާ ދިމާލަށް އަލިހޮއްކޮ ހަރުކޮށް ހިނގާފައި އަ އެވެ. ލަސްވެއްޖެއްޔާ ދެން އެ ދުވަހު ނުފެންނާނެ ނަޔާ ޗާލު ޔާގޫތު ދުށުމަށެވެ. އިރުގެ ރަން އަލިން ބިމުގައި ދޫލަ ފެތުރުމުގެ ކުރިން، ކުނިކޮޅު ގޮނޑަށް އުކާލާފައި ގެ އަށް އަންނަން ސިއްތި ބޭނުންވެ އެވެ. މަންމަ ބުނެފައި އޮންނަ ގޮތަކީ އެއީ އެވެ . ވީމާ އަނދެގެން ހުންނަ ފޭއްޔަށް ނުކުޅަދާނަ ވާހާ ދުރުގައި ފައި އަޅަމުން، ހަލުވިކަމާ އެކުގައި ސިއްތި ހިނގި އެވެ. އަލިހޮއްކޮ އިންތިޒާރުކުރާ ދަނޑިވަޅަކީ އެއީ އެވެ. އަލިހޮއްކޮގެ ގެ ހުރަސްކޮށްފައި ސިއްތި ދާ ވަގުތެވެ. ސިއްރުން ބަލާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރާކަށް އަލިހޮއްކޮއަކަށް ނުކެރެ އެވެ. ސިއްތި ނުވެސް ދެނަހުއްޓެވެ .

ޕާސްވޯޑް ވަރުގަދަކުރާނީ ކިހިނެއް؟

ޕާސްވޯޑަކީ އަހަރެމެން ކޮންމެދުވަހުކަހަލަ ގޮތަކަށް ބޭނުންކުރާ އެއްޗެކެވެ . ފޭސްބުކްއާއި އީމެއިލް އަދި އޮންލައިން ބޭންކިންގް ، އީބޭ ފަދަ ސައިޓްތަކަކީ އެ ސައިޓްތަކަށް ލޮގިންވުމަށް (ވަނުމަށް) ޕާސްވޯޑް ކިޔާ ތަޅުދަނޑިއެއް ބޭނުންވާ ސައިޓްތަކެކެވެ. އެންމެ ބަރާބަރު ޕާސްވޯޑްތަކަކީ އެ ޕާސްވޯޑް ތިމާ ނޫން އެހެން އިންސާނަކަށް ނޭނގޭ އަދި ދިމާކުރަންވެސް ނޭނގޭ ގޮތުގެމަތިން ހަދާފައިވާ ހަނދާންނުނެތޭ ވަރުގަދަ ޕާސްވޯޑްތަކެވެ .   އެންމެ އާންމު 500 ޕާސްވޯޑް މަތީގައިވާ ޓެގްކްލައުޑް (ބަސްވިލާގަނޑުން) އެންމެ ކުލަގަދަކޮށް ސައިޒް ބޮޑުކޮށް އެފެންނަނީ އެންމެ އާއްމު ދެ ޕާސްވޯޑް ކަމުގައިވާ password އާއި 123456 އެވެ.   ޕާސްވޯޑް ހޯދުމަށް މަސައްކަތް ކުރާމީހުން އެންމެ ފުރަތަމަ ބަލާނީ މި އާއްމު ޕާސްވޯޑްތައް ބޭނުންކޮށްގެން ޕާސްވޯޑް (ތަޅު ) ހުޅުވޭތޯއެވެ.   ޕާސްވޯޑް ދިމާކޮށްގެން
ކާފަރު ކަތީބުގެ ވާހަކަ… ޝިހާބު  އަޅުގަޑު ޒުވާން ދުވަސްވަރު ދިޔަ އޭރުގެ ރާއްޖެތެރޭގެ ރަށެކެވެ. އެޒަމާނަކީ ދިވެހިން މިއަދު މިދެކޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިއަދު މިއޮތް ފުޅާމިނާއި ފުންމިނުގެ ޒައްރެއްގެ މިންވަރަށް ވެސް އޮތް ޒަމާނެއް ނޫނެވެ. އަމުދުން ވެރިކަމުގެ ވާހަކަ ދެއްކުމަކީ ބިދުއައެއް ކަހަލަ ކަމެކެވެ. އަދި ކިއެއްތަ ވެރިކަމުގެ ކޮއިލުތެރޭގައި ހިމެނޭ މީހެއްގެ ކާރު ޑުރައިވަރަކަށް ވެސް ކުޑައިމީސްބަހެއް ބުނެވިއްޖެނަމަ އެމީހެއްގެ ހަތަރު އުދަރެސް ފެނުގައި ޖެހޭނެއެވެ.

ދުނިޔެއާއި ދިވެހިން ކުރިމަތީ ސިފައިންނާއި ފުލުހުން ބަދުނާމުވީ ރައީސް ވަޙީދުއަށް ޢަމަލު ކުރެއްވުނު ގޮތުން! އެމަނިކުފާނަށް ކަންކަން ކުރެއްވުނީ ޤާނޫނު އަސާސީގައި ބަޔާންކުރާ ވެރިކަމުގެ ނިޒާމާއި ޚިލާފުވާ ގޮތަށް!

ޑރ. ސައުދު ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ މުޅި މިސަރަޙައްދުގައި އޮތް އެންމެ ހުނަރުވެރި، އެންމެ އެކަށޭނަ ތަމްރީނާއި އެކު ނިސްބަތުން އެންމެ ތަޢުލީމީ އަދި އެންމެ ސިފަވެތި ސަފުތަކެވެ. އެއީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ފައުޖުތަކެކެވެ. ނަމަވެސް ފެބްރުއަރީ 7 ގައި ހިނގައި ދިޔަ ވެރިކަން ބަދަލުވުމުގެ ޙާދިސާއަށް ފަހު ދުނިޔެއާއި ދިވެހިން ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ބަލަމުން އަންނަނީ ޝައްކުގެ ނަޒަރަކުންނެވެ. ނާތަހުޒީބު ފައުޖުތަކެއް ކަމުގައި ބުނެ ތުހުމަތުގެ ނަޒަރަކުންނެވެ. މިކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ރައީސް ޑރ. ވަޙީދުއެވެ. ކޮންމެ ސަބަބަކާއި ހެދި ނަމަވެސް އެމަނިކުފާނަށް ބައެއް ކަންކަމުގައި ޢަމަލު ކުރެއްވުނު ގޮތުންނެވެ. ގަސްތުގައި ނޫނަސް އެމަނިކުފާނަށް އެޅުއްވިފައިވަނީ ފޫނުބެދޭ ވަރުގެ ކަތި ފިޔަވަޅުތަކެކެވެ. ޤާނޫނު އަސާސީ އާއި ޑިމޮކްރެޓިކް އުޞޫލުތަކާއި، ރާއްޖެ ސޮއިކޮށްފައި ހުރި ބައިންނަލް އަޤްވާމީ މުޢާހިދާތަކާއި، ޤަރާރުތަކާއި ވެސް ފުށުއަރާ ގޮތްގޮތަށެވެ.
ބައިވެރިޔާ – ވަޠަންގެ އަންހެން ދަރިޔާއެވެ! އަލުން ތެދުވެ ކުރިއަށް ހިނގާށެވެ! އަލިފާނާ ފެނުގެތެރެއިން ވިޔަސް ކުރިއަރާ މިދިދަ އަލުން ތިބާޔާއެކު ނަޞްރާ ނަޞީބާ ކާމިޔާބުގެ މަންޒިލުގައި އަހަރެމެން އުފުލާލާނަމެވެ! ޑރ.ސައުދު މުޖުތަމަޢު ބިނާކުރުމުގެ ބިންގާ އަޅައިދޭ ބަޔަކީ އަންހެނުން ކަމާއި މެދަކު ޝައްކެއް ނެތެވެ. އެހެންކަމުން ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އޯގާތެރިވުމުގެ ބޭނުންތެރިކަމުގެ އިޙްޞާސް އެންމެ ބޮޑަށް ހިނގާނީ މިވަޠަންގެ އަންހެން ދަރީންގެ ހިތުތެރޭގައި ކަން ކަށަވަރެވެ. ވީމާ އިތުބާރު ހިފޭ ހެލްތް އިންޝުއަރެންސް ނިޒާމެއްގެ ދަށުން އައިޑީ ކާޑު ހިފައިގެން ދިޔުމުން މަންމައާއި ދަރިފުޅަށް ހިލޭ ބޭސްފަރުވާ ކުރެވުނީމާ؛ އާނ! އަހަރެމެންގެ ޤައުމު އަހަރެމެންނަށް ފުދެޔޭ އެމަންމަ ދަރިފުޅުގާތުގައި ނުބުނާނެތޯއެވެ؟ އެކަނިމާ އެކަނި ދަރިޔަކު ބަލާތީ، ދަރިފުޅު ބެލުމުގެ ޚަރަދު ލިބޭތޯ ޤާޟީ ގާތަށް ދާން ވަކީލަކަށް ދޭނެ ފައިސާ ފޮއްޗެއް ނެތިފައި އިން މަންމަ، އެކަނިވެރި މައިންނަށް ވެރިކަމުގެ ފަރާތުން ދޭ އިނާޔަތުގެ ފައިސާ ގޭގައި އިންދާ ގެއަށް ފޮނުވީމާ؛ އާނ! އަހަރެމެންގެ ޤައުމު އަހަރެމެންނަށް ފުދެޔޭ ދެމައ
ޑެންގީ ހުން ނޯޓް: މިމައުލޫއަށް މައުލޫމާތުކޮޅެއް މިބުލޮގްގައި ލިޔެލާނަމޭ ހިތަށްއެރީ އިސްވެރިންގެ ބައްދަލުވުމެއްގައި ހަވާސާ ބޭރުން ކުރެވުނު ޒުވާބެއްގައި ގިނަ ބޭފުޅުންނަށް މިބަލީގެ މައުލޫމާތު ރަގަޅަށް ނޭނގޭހެން ހީވެގެންނެވެ. މަޢާފްކުރައްވާށެވެ. ވިދާޅުވާށެވެ. ތަޢާރަފް ޑެންގީ ހުން (Dengue fever) އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި (Aedes egypti) ، އަދި އީޑީޒް އަލްބޯޕިކްޓަސް (Aedes albopictus) މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.
އޯޕަންޑޭ ތުއްތުމަނިކު މަދަނީ ޚިދުމަތުގެ އޯޕަންޑޭ ފާހަގަކުރުމަށް ، މަދަނީ ޚިދުމަތުގެ ކޮމިޝަނުން އެންގުންތައް ފޮނުވުމުން ކަތީބު ފުރަތަމަ ބައްދަލުކުރާނީ ރަށު އޮފީހުގެ މުވައްޒަފުންނާ އެވެ. އެއަށްފަހު ރަށު މަދަރުސާގެ މުވައްޒަފުންނާ އެވެ. މިއެޕިޑޯސް ފެށޭނީ ކަތީބު މަދަރުސާގެ މުވައްޒަފުންނާ ބައްދަލުކުރާ ޖަލްސާއިންނެވެ. ޖަލްސާ ތަޢާރަފްކުރާނީ މަދަރުސާގެ ނާޒިރު އެވެ. އޭނާ ވާންޖެހޭނީ ރާއްޖެއިން ބޭރު މީހަކަށެވެ. ވާހަކަ ދައްކަންވާނީ ދިވެހި ބަންގާޅި ބަހުންނެވެ. މިބައްދަލުވުމުގައި ތިބެންޖެހޭނީ މުޅިންވެސް ދޭސީ މުދައްރިސުންނެވެ. ޖަލްސާގެ ފުރަތަމަ ގޮޑި ބަރީގައި ތިބޭނީ ދިވެހި މުދައްރިސުންނާއި އިސްލާމް މުދައްރިސުންނެވެ. އެމީހުންވާންޖެހޭނީ ވަރަށް ކްރިޓިކަލް ސުވާލު ކުރާ ބަޔަކަށެވެ. ދެންތިއްބެއްވި މުދައްރިސުން ތިބޭނީ ފަހަތު ގޮނޑިބަރީ ގައެވެ. 
ރާއްޖޭގެ މޫނުމަތި ރީތިކުރުމަށް ޙަވާލުކުރެވުނު އެމެރިކާގެ 'ރުޑަރ ފިން' އަގުރު އަންދާ ޓިނުގަނޑެއްގެ ދަށުވެފައި: ލަންޑަންގެ ދަ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް ޑރ.ސައުދު ރާއްޖޭގެ މޫނުމަތި ރީތި ކުރުމަށްޓަކައި ޙަވާލުކުރެވުނު، ޔަހޫދީ ޕީއާރު ކުންފުނި، ރުޑަރ އެންޑް ފިންގެ ސީއީއޯ، ޑޭވިޑް ފިން އޭޖޭސީ ނުވަތަ ގްލޯބަލް ޖުވިޝް އެޑްވޮކަސީ ވެބްސައިޓްގައި ޖަޒުބާތާއިއެކު ލިޔުއްވާފައިވެއެވެ. "ޔަހޫދީ އާއިލާއެއް ކަމަށް ވުމުން އަހަރެންގެ އާޢިލާއިން ގަދައަޅަނީ އުގެނުމަށާއި ސުލޫކީ އަޚުލާގުގައި ހިފެހެއްޓުމަށެވެ. ކުޑައިރު އަހަރެން ކަން ބޮޑުވިއެވެ. އެއީ ބައްޕަ އަހަރެމެންގެ އާޢިލީ ނަން ބަދަލުކުރުމަށް ނިންމުމުން މި އަގުހުރި ޔަހޫދީ ތަރިކަ ގެއްލިދާނެކަމަށެވެ. އަހަރެންގެ ބައްޕަޔަކީ ލިޔުންތެރިއެކެވެ. އެހެންވެ ބައްޕަގެ ގަލަމުގެ ނަމެއްކަމުގައި 'ޖޮނަތަން ފިން' ޚިޔާރުކުރުމާއިއެކު އަހަރެމެންގެ އާޢިލީ ނަންވެސް ފިންކެލްސްޓެއިން އިން ފިން އަށް ބަދަލުކޮށްލިއެވެ." އަދިވެސް ލިޔުއްވާފައި ވެއެވެ.