Skip to main content

Posts

Showing posts from April, 2016
800 މިލިއަން ޑޮލަރުގެ އެއާޕޯޓް، ރާއްޖޭގެ އިޤްތިޞާދު އާއުސްމިން ތަކަކަށް ލިޔުނީ: މުހައްމަދު ޢަބްދުއްޞަމަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދަކީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރުގައި ތަރައްޤީކުރެއްވުމެވެ.  އެއާޕޯޓްގައި އާ ރަންވޭއެއް ހަދައި ޒަމާނީ ޓާމިނަލެއް އެޅުމަށް ކުރިއަށް ގެންދާ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވީ 6 އެޕްރީލް 2016 ވަނަ ދުވަހުގެ ރޭ، ދަރުބާރު ގޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.  2018 ވަނަ އަހަރުގެ ނިޔަލަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިތަން ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޒަމާނީ ފެންވަރުގެ އެއަރޕޯޓަކަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަޝްރޫއުގެ ދަށުން އެއަރޕޯޓް ތަރައްގީ ކުރަނީ އެންމެ ބޮޑެތި އެއާކްރަފްޓް، އޭ-380 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ.