Skip to main content

Posts

Showing posts from May, 2016
ހއ. ހޯރަފުށީގައި ޤާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު بســم اللّـه الرّحمـن الرّحيــم        اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين .   މި ފުށްޓަށް އަފުރެން އަންނަން ހޯރައަޅާތާ ވަރަށް ދުވަސްވެއްޖެ. އަފުރެން އައުމާއެކީ އަފުރެންނަށް ތިކީ މަރުޙަބާއަށް ހޯރަފުށީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި ކައިރި ރަށްރަށުން ވަޑައިގެންނެވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ޝުކުރު ދަންނަވަން.

ފޮޓޯއިން ޚަބަރު : ޓޫފޯޓޫ ބޯޓްގައި ހިނގި އަލިފާނުގެ ހާދިސާ :

 http://www.hassanhameed.com/?page_id=2558 އުފާވެރި ކާވެންޏަކަށް، ކާވެނީގައި މައްސަލަ ޖެހުމުން އެކަން ޙައްލުކުރަން އެހީތެރިވެދޭ ނަފްސާނީ ޢިލްމުވެރިންނާއި އެ ދާއިރާގެ ޢިލްމުވެރިންނާއި ސައިކޮލޮޖިސްޓުންނާއި ކައުންސެލަރުން ދީފައިވާ ނަޞޭޙަތްތަކުގެ ތެރެއިން އެންމެ ރަނގަޅު 50 ނަޞޭޙަތް ތިރީގައި އެވަނީއެވެ. އެމީހުންގެ ނަންތައް ވަނީ އުނިކޮށްފައެވެ. 1. ކާވެނީގެ ޢުމުރު ދިގުކުރުމަށް އަދި ކާވެނީގެ އުފާވެރިކަން މަތިކުރުމަށް، ތިމާގެ ޒިންމާތައް ފުރިހަމައަށް އަދާކުރާށެވެ. ކާވެންޏަކީ ދެމީހުން ކުރާ ކަމެކެވެ. އެހެންކަމުން، ތިމާގެ މަސްއޫލިއްޔަތު އަދާނުކޮށް އޭނާއަށް އިނގިލި ދިއްކުރުމަކީ ކުޑަކުދިން އުޅޭގޮތަށް އުޅުމެވެ. 2. އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެން ޖެހޭނެކަމަށް ހީކުރާށެވެ. ކަމަކާ ރުޅިއަންނަ ވަގުތުގައި ހެއްދެވި ނުހެއްދެވި އޭނާއަށް ގޮވުމުގެ ކުރިން، މި ދުވަސް ވެސް މާޒީވާނެކަން ހަނދާން ކުރާށެވެ. ކިތަންމެ ދިރާސާތަކަކުން ދައްކަނީ ކިތަންމެ ހިތާމަވެރި ކައިވެންޏެއްގައި އުޅޭ ދެމަފިރިންވެސް، ފަސްވަރަކަށް އަހަރު ފަހުން ކާވެނި ވަރަށް އުފާވެރިކަމަށް ބުނާ ކަމެވެ. އެހެންކަމުން، ރުޅި
"ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" ލިބިވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، ދިވެހި ރައްޔިތުން ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފި ޕްރެސް އޮފީސް "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" ލިބިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އާންމުންގެ ގިނަ ބައެއްގެ ފަރާތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.