Skip to main content

Posts

Showing posts from October, 2019

Uncovered Picture of MMPRC corruption scandal

ޚިޔާނާތުން ފޮރުވި މަންޒަރު ސާފުވެއްޖެ، އަދަދު 267 ގައި! ފަޒީނާ އަހުމަދު .މިހާރު ނޫސް މުޅި ދައުލަތުގެ ތެރޭގައި އޮތީ ޚިޔާނާތުގެ މޫ ލައިފަ އެވެ! ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާ ވަގަށް ނަގައި މަންފާ ލިބިގަތީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އިންސާފު ގާއިމްކޮށްދެއްވަން ތިއްބެވި ފަނޑިޔާރުންނެވެ. ފުލުހުންނާއި ސިފައިންނެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނެވެ. ކުންފުނިތަކުގެ ވެރިންނާއި އިސް މުވައްޒަފުންނެވެ. ފައިސާ ހޭދަކުރި ލިސްޓުގައި ބައެއް މީޑިއާތައް ވެސް ހިމެނެ އެވެ. މި ޚިޔާނާތާ ގުޅިގެން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި މި ޖަރީމާ ފަޅާއެރި ހިސާބުން މިއަދާ ހަމައަށް ރަސްމީ އިދާރާތަކުން ފޮރުވަމުން އައި ބައެއް މަންޒަރުތައް މިއަދު ވަނީ ސާފުކޮށްދީފަ އެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާ