Skip to main content

Posts

Showing posts from January, 2021
ޝާފިޔާގެ އެދުރު އަށި: ދަރިވަރުންނަށް ސިވިކް އެޑިޔުކޭޝަން ނުވަތަ ގައުމިއްޔަތު އުނގަންނައިދިނުން ލިޔުނީ:  ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް މިހަފުތާގައި އަޅުގަނޑުމެން ފާހަގަ ކުރަމުން މިދާ ނަސްރުގެ ދުވަހާ ގުޅިގެން ލިޔެލަން ގަސްދުކޮށްފައި މިވަނީ ސިވިކް އެޑިޔުކޭޝަން ނުވަތަ ގައުމިއްޔަތުގެ އުނގަންނައިދިނުން މި މައުޟޫޢަށެވެ. އެންމެ އާދައިގެ ބަހުން ސިވިކް އެޑިޔުކޭޝަން މާނަކުރާނަމަ އެއީ އެބަޔަކު އުޅެބޮޑުވާ ގައުމެއްގެ ސަގާފަތާއި އާދަކާދަތަކާއި ސިޔާސީކަންކަމާއި، ގާނޫނާއި، ހަމަތަކާއި މިންތަކާއި އުސޫލުތަކަށް ތަބާވެގެން އެ ގައުމެއްގައި އުޅެން ދަސްކޮށްދިނުމެވެ. މި ދެންނެވުނު ކަންކަމަށް ވިސްނާލާއިރު، ސިވިކް އެޑިޔުކޭޝަންގެ މައިގަނޑު ބައިތައް ގުޅެނީ އެ ގައުމެއްގެ ސިޔާސީ، ތާރީޚީ، ސަގާފީ ކަންކަމާއެވެ (ޓޮމީޕާރޓަރ، 1999). ބައެއް ޢިލުމުވެރިން ލިޔުއްވާގޮތުގައި ސިވިކް އެޑިޔުކޭޝަންއަކީ އެ މީހެއްގެ ގައުމުގައި އުޅެން ދަސްކޮށްދިނުމެވެ (ފިޓްޒްޕެޓްރިކް، 2006). މި ޢިލުމުވެރިންގެ ނަޒަރުގައި ޢާއްމު ތަޢުލީމާ ގައުމިއްޔަތު ތަޢުލީމާ ތަފާތުވެއެވެ. ޚާއްޞަ ނަޒަރުކުން ބަލާއިރު، ސިވިކް އެޑިޔުކޭޝަންއަކީ ކޮންމެ ފަރުދަކަށް ވެސް އެ މީހ