Sunday, 18 March 2012

މާލެ ދަތުރު ކުރީގެ އަދަދާގުޅޭ

މާލޭގެ ކަންތައްތަކުގެ ވާހަކައަކީ ވަރަށްވެސް ޝަޢުޤުވެރި ވާހަކަ ތަކެކެވެ. ވަރަށްވެސް ސިޔާސީ ވާހަކަތަކެކެވެ. 24 ގަޑިއިރު މާލެވަނީ ސިޔާސީ އަވަދިނެތުމެއްގެ ތެރޭގައެވެ. އިންސާފުގެ މައިދާނުގެ ކަންތައްތައް ލޮލުން ދެކިލީމާ މިވާންއުޅޭ ގޮތެއްގެ ތަސްވީރު ވަރަށް ރީތިކޮށް ފެނެއެވެ. 
މިއަދު މަސައްކަތުގެ ބައްދަލުވުން ނިންމާލަފައި ގެއަސްދިޔަ މަގުމަތީ ބޮޑު މަންޒަރުވެސް ފެނިއްޖެއެވެ. ރައީސް ނަޝީދު އިސްސަފުގައި ހުންނަވައިގެން ކުރިއަށް ގެންދިޔަ ރެލީ އެެކެވެ. ޒުވާނުންނެވެ. މުސްކުޅިންނެވެ. އަންހެނުންނެވެ. އަދަދު ހާދަ ގިނައެވެ. ހަމަތެދެކެވެ. 
އެއްބަޔަކު ޑްރަމް ޖަހަނީ އެވެ. އަނެއް ބަޔަކު ޑަބިޔާ ތަޅަނީ އެވެ. އަނެއްބަޔަކު ބެރުދުންމާރި ތާޅަ ފިލި ފުމެނީ އެވެ. މިއޮތީ ވާ ކަމެކެވެ. މިކަންތައް ތަކާއި މަންޒަރުތައް ކެޕްޗަރ ކޮށްލީމެވެ.

Saturday, 17 March 2012

މާލެ ދަތުރު


ވަރަށް ގިނަމީހުން ލިޔާ މައުލޫއެކެވެ. މިމައުލޫއަށް ލިޔަނީ ކީއްވެކަން މިހާރު އިހްސާސް ކުރެވިއްޖެއެވެ. ދަތުރަށް ފަށަންވީ ކިހާ ހިސާބަކުން ހެއްޔެވެ! ވައިފް ބުންޏެވެ. މިހާރު ފަށަންވީ އެވެ. މެންދަރު ކައިގެން ބައިސްކަލަށް އަރައިގެން ފަޔަށް ލެވުނުހާ ބާރެއް ލައިގެން ދުއްވާފައިދިޔައީ ގާތުމަލަ އަހަންމަދު ގާތަށެވެ. އޭނާގެ ފޯން ނަންބަރު ނެތީ މައެވެ.  ސަލާމް ގޮވާލާފައި އެތެރެއަށް ވަނީ ސަލާމް ބަލާގަތީމައެވެ. އެތެރެއަށް ވަންއިރު އަހުމަދު ހުރީ ފެންޑާގައެވެ. ގަޔަކުއެއްޗެއް ނެތެވެ. އުނުގައި ފަޓްލޫނު އޮތެވެ.

އަޅުގަނޑަށް ބުނެވުނީ އަހަންމަދާއޭ! އަހަންމަދާއޭ ! މިއައީ ބޮޑުކަމެއް ޖެހިގެންނޭ!.
" ކިހިނެއްހޭވީ"  އަހަންމަދު ބުންޏެވެ. އަހަންމަދަކީ ޒަމާންވީ ރަގަޅު ރައްޓެސެކެވެ. ވިޔަފާރިވެރިއެކެވެ. ލާންޗް ކެޕްޓަނެކެވެ. 1 ގަޑި 45 ކަށް ، މަނަފަރަށް ގެންގޮސް ދެވިދާނެތޯ އެހީމެވެ. މިހާރު ގަޑިން 1 ގަޑި 30 އެވެ. އިތުރު އެއްވެސް ވާހަކަ އެއް ނުދައްކާ " ނިކުމޭ" އަހަންމަދު ބުންޏެވެ. އަޅުގަނޑު ބުނީ މި ނިކުންނަނީ އެވެ.

Wednesday, 14 March 2012

ކަދުރު

ކަދުރަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ.  ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.

Monday, 12 March 2012

ނަޝީދު އިސްތިއުފާ ދެއްވަން ވަޑައިގެންނެވިއިރު، ކާރުކޮޅުގެ ބޭރުގައި ސިފައިން ބޫޓުންތަޅައި އިޝާރާތުން ހަޑިހުތުރު މަންޒަރުތައް ދައްކާފައިވޭ - ރިޔާޒް



ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ވަޑައިގެންނެވިއިރު، ކާރުކޮޅުގެ ބޭރުގައި ސިފައިން ބޫޓުންތަޅައި އިޝާރާތުން ހަޑިހުތުރު މަންޒަރުތައް ދައްކާފައިވާ ކަމަށް ހުސްވި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަޣާވާތަކުން ވެރިކަން ބަދަލުކުރި އިރު، އެދުވަހުގެ ގިނަ ވަގުތުތައް ރައީސް ނަޝީދުގެ އަރިހުގައި ހޭދަކުރެއްވި ދާންދޫ ދާއިރާގެ މެންބަރު މުހަންމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

އިންސާފްގެ މައިދާނުގައި  ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެދުވަހު ސަލާމަތީ ބާރުތަކުން ހިންގީ ބަގާވާތެއްކަމަށާއި އެއީ ބަގާވާތަކަށް ނުވާނަމަ، ދެން ބަގާވާތެއް ނުހިނގާނެކަމަށެވެ.

Saturday, 10 March 2012

އަހިވަށް



އަހިވަކަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެކެވެ. އަހިވަކަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.   

ދިވެހި ނަން : އަހިވައް
އިގިރޭސި ނަން : Noni Fruit
ޢިލްމީ ނަން : Morinda Citrifolia
އަހިވައް ޖޫހުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ހިމެނޭ މިންވަރު
ހަކަތަ
15.3 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
3.4 ގްރާމް
ޕްރޮޓީން
0.43  ގްރާމް
ވިޓަމިން ސީ
33.65 މިލިގްރާމް
ޕޮޓޭސިއަމް
70 މިލިގްރާމް










  

Friday, 9 March 2012


ނަސީމާ މުހައްމަދު

ޢާއްމު ގޮތެއްގައި "ހަފްތާ" އަޅުގަނޑުމެން ކިޔަނީ ހަތް ދުވަހަށެވެ. މި ލަފްޒުގެ އަސްލަކީ ސާންސްކިރިތުގެ "ސަޕްޓާ"، ހަތް ދުވަހެވެ. ދިވެހި ބަހުން މި ލަފްޒު ބޭނުންކުރުމުގައި "ސ" ބަދަލުވެފައި މިވަނީ "ހ" އަކަށެވެ. "ޕ" ބަދަލުވެފައިވަނީ "ފ" އަކަށެވެ. މިއީ އިހުގެ ދިވެހިބަހަށް ވަރަށް ގިނައިން އައިސްފައިވާތީ ފެންނަ ބަދަލެކެވެ.

ދިވެހިރާއްޖޭގައި "ހަފްތާ" މި ލަފްޒު ބޭނުންކުރަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އަޅުގަނޑުމެންނަށް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް މާ ކުރީ ޒަމާނެއްގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަތަރު ދުވަހާއި ދިހަ ދުވަހުގެ މުއްދަތު ވެސް ހަފްތާ ފަދައިން ބައިބައިކޮށް ދުވަސްތަކުގެ ގްރޫޕް، ނުވަތަ ބައިތަކަށް ހަދައިގެން އުޅުނެވެ. ކިޔައި އުޅުނީ ތަފާތު އެކި ނަންނަމެވެ. ތާރީޚުން އެނގޭ ގޮތުގައި، ހަތް ދުވަސް ހިމެނޭ ހަފްތާ ފުރަތަމަ ބޭނުންކޮށް އުޅުނީ މީލާދީގެ ކުރީގެ ހަ ވަނަ ޤަރުނުގައި މެދު އިރުމަތީގެ ބެބިލޯނިއާ ކިޔާ ހިސާބުގަ އެވެ. ބެބިލޯނިއާ އަކީ މިޒަމާނުގެ އިރާޤުގައި އެވޭލާ ޒަމާނުގައި، ޤަދީމީ ޙަޟާރަތެއް އޮތް ރަށެކެވެ. އެ ދުވަސްވަރުގައި އެހިސާބުގައި އޮތް އެކިއެކި ދީންތަކުގައި ގެންގުޅުނީ ހަތް ދުވަހުގެ ހަފްތާ އެވެ. އެހެނިހެން ޙަޟާރަތްތަކުގައި މިފަދައިން ހަތް ދުވަސް ހިމެނޭ ގޮތަށް ހަފްތާ ހަމަޖައްސާފައިވަނީ އޭގެ ފަހުގެ އެކި ޒަމާނުގަ އެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި


ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ މިއިލްތިމާސް ކުރެއްވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ނަރުދުއަށް ވަޑައިގެން، ނަރުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންނާއި އަދި ކިޔަވާ ކުދިންވެސް، ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނެވެ. އަދި ސްކޫލްތަކުގެ ވެރިންވެސް މަސައްކަތް ކުރައްވަންޖެހޭނީ، ކުދިންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި، ޤައުމީ ލޯބި އިތުރުކުރުމަށް ކަމަށާއި، ހަމައެހެންމެ، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ.
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު




8 މާޗް 2012،

بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް ޢަލީ ސަލީމް، އަތޮޅު ކައުންސިލްގެ ރައީސް އަދި ޙާޒިރުވެވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފުނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

Wednesday, 7 March 2012

ޑިމޮކްރެޓިކް ސަރުކާރު
އަބްދުﷲ ވަޙީދު މަންދު

ތިރީގައި މިވަނީ މީގެ 40 އަހަރު ކުރިން ދިވެހި ލިޔުންތެރިއެއް ކަމުގައިބާ އަބްދުﷲ ވަހީދު މަންދު ލިޔުއްވާފައިވާ ލިޔުމެކެވެ. 

ސިޔާސީ ފިލޯސަފަރުން ދުލުގެކުރީގައި މިއަދު އޮންނަބަހަކީ ޑިމޮކްރެސީއެވެ. މިކަމަގެ ހެއްކެއްކަމަށް އަޅުގަޑަށް ދެއްކޭނީ، ޚުދުމުޚްތާރު މުސްތަބިއްދުން ވެސް ތިމަންމެންނަކީ، ޑިމޮކްރެޓުންނޭ އަމިއްލައަށް ބުނެ އުޅޭކަމެވެ. އަދި ޑިމޮކްރަސީގެ ހެދުން އަޅުވައިގެން ޤާނޫނު ހަދައިގެން އަމިއްލަ އެދުމާއި ޒާތީ ފައިދާތަކަށްޓަކައި ސަރުކާރުތައް ހިންގަމުން ގެންދާކަމެވެ. އާދެ، އަމިއްލަ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ނުރައްކާތެރިކަމާއި ބިރުވެރިކަމުން ފުރިފައިވި ޖަލުތަކާއި ކޭމްޕްތައް ހަދައިގެން ރައްޔިތުން ތަޅާ ހަނާކުރަމުން ދާމީހުން ވެސް ތިމަންނާމެން މިހިންގަނީ ޑިމޮކްރެސީއޭ ގޮވާ ހަޅޭއްލަވާކަމެވެ.

Tuesday, 6 March 2012

އަޖައިބު


ފިކުރު ހުސްވެ ބުއްދިއަށް އޮޅުން އަރާފަދަ ކަންތައް ނުވަތަ ތަކެތި
ނާދިރުކަމެއް ފެނިގެންވާ ޙައިރާން
ކުރަންވާ ގޮތްނޫން ގޮތަކަށް ކަމެއް ކުރެވުމުން ނުވަތަ ހީކުރިގޮތާ ޚިލާފަށް ކަމެއްވުމުން ނުވަތަ ނޭދެވޭ ގޮތަކަށް ކަމެއްވުމުން ބުނެއުޅޭ ބަހެއް


މުޅިން އެހެން ބައެއް
މުޅިން އެހެން ކުލައެއްގެ ބިންގަނޑެއް
ރަތާއިކަޅު ފަހުގަ
ގަސްބޯ ގޯތި ބޮޑު
ގެގަނޑު އެހެން ގޮތެއް
ކަނީވެސް ބޮނީވެސް އެހެން އެހެން ކުލައެއް
ދުވަނީ އެހެން ވަހެއް
ދުއްވަނީ އެއްކަހަލަމަގަކުން
ބޮޑެތި ނަންބޯޑުޖެހި ބަރުގަނޑު އަޅާ ކަހަލަ
އުޅެނީވެސް އެހެން ބައެއް
އެހެން ބައެއް ނޫން
ބައެއް
މަންޒަރުގަ އޭރުވެސް މިހާރުވެސް އުޅޭ ބައެއް
މިމަންޒަރު ފެނުނީމަ އަޖައިބުވާ މީހާއަކީ އަސްލު ‘އެހެން’ ބައެއް
އެހެންވިޔަސް މަންޒަރު ފެންނާތީ ވަނީ އަޖައިބު
އެ މަންޒަރު އެހެން ހިނގާތީއެއް ނޫން
ހިނގާތަން ބަލަން ރީތިކޮށް މަޑުކޮށްލައިގެން އިންނަންވެސް ވަރިހަމައޭ ގަބޫލުކުރާތީ
ބަލަން އިންނައިރު އިންނަންވާނީ ފާޑުފާޑުގެ ކުލަވަރުގަ ފޮހޭ ރަބަރު ހާކަންކަން ގަބޫލު ކުރާތީ
ހާދަ ސަޅިއޭ މަޖާކޮށްލައްޗޭ ކިޔާލާތީ

އަނެއް މަންޒަރު އެއީ ހިނގާ މަންޒަރެއްކަން އިނގިހުރެ
އެމަންޒަރު ހިނގާ ކޮށީގެ ވަށާފާރު މަތީ އަތްއަޅުވާލައިގެން
މާ މަޑުގޮތަކަށް ހީލާފަ ހުންނަނީ ކޮންމަންޒަރެއް ފަހުން ކުޅެވިދާނެކަމަށް ގަބޫލު ކުރެވިގެން ބާއޭ
ހިތަށް އަރާ ކޮންމެ ފަހަރަކު
ބަލަން ހުރެވޭތީ ވަނީ ހުސް އަޖައިބު