Skip to main content

Posts

Showing posts from February, 2014
އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސަަކަށް މުހައްމަދު އާސިފް ނައިބަަކަށް އަބުދުލްމުޢީދު ލިޔުނީ:ޕްރިންސޭ ފައޫ ކުރީގެ ކައުންސިލުން އެންމެފަހުގެ  މަސައްކަތެއްގެގޮތުން ޕާކުގައި ކުދިންމުނިފޫހިފިލުވާ ތަކެތި ހަރުކުރަނީ މިއަދު ލޯކަލް ކައުންސިލް ގާނޫނުގެ ދަށުން އުފެއްދި ފުރަތަމަ ކައުންސިލްތަކުގެ ދައުރުވަނީ ހަމަވެފައެވެ. މާދަމާ ކައުންސިލްތަކުގެ ދެވަނަ ދައުރުގެ މެންބަރުންގެ ހުވާކުރައްވާނެ އެވެ. އިހަވަންދޫގައި ހުވާކުރުމުގެ ދަރުބާރު އޮންނާނީ މާދަމާގެ 2:00 ގައެވެ.  ރަށްގޮވާއަޑަށް މީހުންގެ ތުންތުންމަތިން ޚަބަރުލިބޭގޮތުގައި ކައުންސިލްގެ ރައީސަކަށް އައްޔަންކުރުމަށް ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމް ޖޭޕީ ކައުންސިލުން ނިންމާފައިވަނީ ، ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު އާޞިފް އުތުރު ގެއެވެ. ކައުންސިލްގެ ނައިބަކަށް އައްޔަންކުރަނީ ޢަބްދުލްމުޢީދު އިބްރާހީމް އެވެ.
މުދައްރިސުންގެ ފަންނީ އޮނޑިގަނޑު ސޯފަނިކެ މުދައްރިސުންގެ ވާޖިބުތަކާއި އަހުލާގީ މިންގަނޑު ބަޔާން ކުރާ "ދިވެހިރާއްޖޭގެ މުދައްރިސުންގެ ފަންނީ އޮނިގަނޑު މިއޮތީއެވެ.  މިއޮނިގަނޑުގައި މުދައްރިސުން ވަނީ ދަރަޖަކޮށް ދެ ދަރަޖައަކަށް ބައިކޮށް ކޮންމެ ދަރަޖައެއްގައި ހިމެނޭ މުދައްރިސުންގެ ފަރާތުން ފެންނާންޖެހޭ ކަންތައްތައް ބަޔާންކޮށްފަ އެވެ. ކިޔަވައިދިނުމާއި ރޭވުމާއި ކިޔެވުމާއި އަހުލާގުގެ އިތުރުން މުދައްރިސުންގެ ފެންވަރު ބަލާނެ މިންގަނޑެއް ވެސް އެ އޮނިގަނޑުގައި ބަޔާންކޮށްފައިވެ އެވެ. "ހިދުމަތުގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތް އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރި ކުރަންޖެހޭ،" އޮނިގަނޑުގެ ދީބާޖާގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައިވެއެވެ. އޮނޑިގަނޑު ވިދާޅުވޭ.. ރީތިކޮށް ބެއްލެވުމަށް ކޮށްޓާލާ

މުހައްމަދު ޢަބުދުﷲ - މުހައްމާމުހައްމަދު ޢަބްދުﷲ -މުހައްމާގެ ބައިގްރޮފީ

މުހައްމަދު ޢަބްދުﷲ -މުހައްމާ ލިޔުނީ: ގުޒުފަތުގެ އަޒީޖް ދިވެހިރައް ޔިތުންނަށް ފަރުދީ މިނިވަންކަން ލިބި، މަލްޓި-ޕާޓީގެ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހި ޤައުމު ވާޞިލްކޮށްދިން ޤާނޫނުއަސާސީގެ ދަށުން ، 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި 6 ބޭފުޅުންގެ ތެރެއިން ، ހަނިގޮތަކުން އެ އިންތިޙާބުން ނާކާމިޔާބުވެ ވަޑައިގެންނެވި މުހައްމަދު ޢަބުދުﷲގެ ސިޔާސީ ތޫނު ފިލިކަންފެނި، ސިޔާސީ ޕާޓީތަކުގެ ބޮޑެތި ބޭފުޅުން އާޝޯޚްވި އެވެ. 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި އަބުދުﷲ ކަމާލުއްދީނާއި، ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުންގެ ގާތް މިތުރަކާއި އަދިވެސް އިތުރު 4 ބޭފުޅަކާއި ، ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ޢަބުދުﷲ ހޯއްދެވި ކާމިޔާބީގެ ސަބަބުން އެތައްބަޔަކު ޚައިރާންވިއެވެ. ސިޔާސީ ގަދަ ކަނޑަށް ގިނިކަންޏާ ނިކުމެވަޑައިގެން ދާއިރާގެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދެވިއެވެ.
ޝާފިޢު އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލައިފި ގުޒުފަތުގެއަޒީރު 2014 މާރިޗް މަހު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލުމަށް ހއ. އިހަވަންދޫ އުދަރެސް އަހުމަދު ޝާފިއު  ނިންމައިފި އެވެ.