Skip to main content

Posts

Showing posts from September, 2015

ރައީސަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެވުނީ ކިހާ ވަރަކަށް؟

ހައްޖުގެ އަޅުކަމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މާލެ އެނބުރި ވަޑައިގަތުން އިއްޔެ ކުރިއަށް ދިޔައީކީ ރާވާފައި އޮތް ގޮތަކަށް ނޫނެވެ. ރަސްމީ ފާލަން އިއްޒުއްދީން ފާލަމަށް ރައީސްގެ "ފިނިފެންމާ" ލޯންޗު ގާތްކޮށް ނުނިމެނީސް ނިކަން ވަރުގަދަ އަޑުފަށްގަނޑަކާ އެކު ލޯންޗު ތެރެއިން ދުން އަރަން ފެށީމަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުގައި ބާރުގަދަ ގޮވުމެއް ގޮވީ އެވެ. އެ ގޮވުމާ އެކު ލޯންޗުގެ ފަހަތު ބައިގެ ދޮރެއް ވިއްސައިގެން ދިޔައިރު ގޮވުމުގެ ބާރުގައި ޖެހި ރައީސްގެ އަނބިކަނބަލުން ވެސް އިދިފުށަށް ވިއްސައިގެން ދިޔަ އެވެ. އަދި އޭރު ލޯންޗު ތެރޭގައި އުފެދިފައި އޮތް އޮލަ ދުންގަނޑާ ހެދި އޭގައި ތިބި މީހުން ވެސް ރަނގަޅަށް ފާހަގައެއް ނުކުރެވެ އެވެ.

ގެފުޅުގެ އުރަކޮޅު

ކޮންމެ އަހަރެއްގެ ހައްޖު މޫސުމަށް ގެފުޅުގެ އުރަކޮޅު (ކިސްވާ) ބަދަލުކުރަމުންގެންދެއެވެ. އާއްމުކޮށް ގެ ފުޅުގެ އުރަކޮޅު ބަދަލުކުރުން އޮންނަނީ ހައްޖު ދުވަހުގެ ހެނދުނުއެވެ.  ޚާއްޞަ ފެކްޓްރީއަކުން ޑިޒައިން ކުރާ ކިސްވާ ތައްޔާރު ކުރަނީ ވެސް މައްކާގަ އެވެ . ކިސްވާ ތައްޔާރު ކުރުމަށް ގާތްގަނޑަކަށް 22 މިލިއަން ސަޢުދީ ރިއާލް ޚަރަދުވެ އެވެ .