Skip to main content

Posts

Showing posts from July, 2013
ކާފަގެ ކެރެޓް ކޭކް ލިޔުނީ: ބްރައިންޑީ އަމިކޯ "އަޅުގަނޑުގެ ކާފައަކީ މިކޭކް އަޅުމަށް ވަރަށް މަޝްހޫރު މީހެކެވެ. ކާފަ ދަންނަ ކޮންމެ މީހަކަށް ކާފަގެ ކެރެޓް ކޭކް އެގިލައްވާނެ  އެވެ. ކާފަ ބޭނުން ފުޅު މީހަކަށް ދިނުމަށްޓަކައި ކާފަގެ އަތުގައި އަބަދުވެސް ތައްޔާރުކޮށް މި ކޭކް ހުންނާނެ އެވެ. ކާފަ ދުނިޔޭގައި ނެތަސް ކާފަގެ ކެރެޓްގެ ކޭކްގެ ސަބަބުން ކާފަގެ ޒިކުރާ ދިރިހުރެއެވެ." -ބްރައިންޑީ އަމިކޯ-   ބޭނުންވާ ތަކެތި: Ingredients  3 ކުކުޅު ބިސް، 3/4 ޖޯޑް ބަޓަރ މިލްކު، 3/4 ޖޯޑް ވެޖެޓްބުލް އޮއިލް، 1 1/2 ޖޯޑް ހަކުރު، 2 ސައިސަމުސާ ވެނީލާ ،2 ސައިސަމުސާ މުގުރާފަހުރި ފޮނިތޮށި، 1/4 ސައިސަމުސާ ލޮނު، 2 ޖޯޑް ފުށް، 2 ސައިސަމުސާ ޕޭކިންގ ސޮޑާ، 2 ޖޯޑް ކެރެޓް ގާނާފައި ، 1 ޖޯޑް ކާށި ހުނި ، 1 ޖޯޑް ވޯލްނަޓް ކޮށާފައި ނުވަތަ ކަނަމަދުވެސް ރަގަޅުވާނެ، 1 ދަޅު އަލަނާސި ސްލައިސްކޮށްފަހުރި 1 ޖޯޑް ހިކިމޭބިސް ކަދުރު. 

މަރުހޫމް ޝިހާބަށް ފަހު މިނިވަން ދުވަހެއްގައި ބޭފުޅަކު ދެއްވި އެންމެ ހިތްގައިމު ހިތާބު

މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين. ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛ السّــلام عليــكم ورحـمــة اللّـه وبـركاتـه، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ، އެންމެހައި ދިވެހި ދަރިންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއެކު އަރިސްކުރަން. ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ޖަރީކުރެވިފައިވާ މި މައިދާނުގައި ހުންނައިރު، އަޅުގަނޑުގެ ހިތުގައި އުތުރި އަރަނީ ޤައުމިއްޔަތުގެ ޝުޢޫރުތައް. ދިވެހި ދަރިއަކަށްވީތީ ފަޚުރުވެރިވުމުގެ ޝުޢޫރުތައް. މިރޭ އަޅުގަނޑުގެ އެންމެ އިސް، އަދި އެންމެ ޚާއްޞަ އުފަލަކީ، ދައުލަތުގެ ޢިއްޒަތުގެ ލަޤަބު ޙާޞިލުކުރެއްވި 9 ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާ މުބާރަކުބާދ

ކޭތަ ނަމާދު ކުރާނެގޮތް

ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް الحمد لله ، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد :        ކޭތަނަމާދަކީ؛ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاري އާއި مسلم ގައި އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތެވެ.         ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދު ކުރުން ސުންނަތްވެގެންވާ ގޮތަކީ؛ ކޭތަހިފަން ފެށުމުން މިސްކިތުގައި ޖަމާއަތުގައެވެ. އަދި ޖަމާއަތަށް ގޮވާނީ ( الصلاة جامعة ( މިފަދައިންނެވެ.   ޖަމާއަތެއް ނެއްނަމަ އެކަނިވެސް ކުރެވޭނެއެވެ.   

ކުރުވާހަކަ

ބަދަލު  ތުތޭ ކުރީ ދުވަހާ ގުޅޭ   ބައެއް މީހުން އޮރިޔާން ކުރަމުން، އަނިޔާކުރަމުން، ޕޮލިހުން ހައްޔަރުކުރަމުން ދިޔައިރު މަހުރީ ތަޅިން ކުޅުހިކިފައެވެ. މުޒާހަރާއަކަށް ނިކުން ފުރަތަމަ ދުވަހެވެ. މަށާދިމާއަށް މިނިކާވަގެއްހެން ޖެހިގަތީ ކަޅު ބިޔަ ބޮޑު އެސްއޯ ފުލުހެކެވެ. މަގޭ ގާތުގައި ހުރި ނުދަން ބޯދިގު ސޮރެއްގެ އިޝާރާތަށްކަން އެނގެއެވެ. މަހިތަށްވެސް އެރީ އެއީ އިންޓެލް ގޮލައެއް ކަމަށެވެ. ފުރަތަމަވެސް ޖަހާގަތީ މަގޭ ވަރަ އެވެ. ދެން ބޮލަށް މަހާފައިވާ ކާޅު ބޮލެވެ. ތިން ހަތަރު އެސްއޯ ފުލުހުން މަ ވަށާލުމަށްފަހު އުފުރާލިއެވެ. އަންހެންވެރިން ހަޅޭ ޖަހާގަތެވެ. އެސްއޯފުލުހުން މަގޭ " މޯޓަރު" ގައި ހިފިތަން އެމީހުންނަށް ފެނުނީ ކަން ޔަގީނެވެ. ގައިން ވަރުގޮސް ދެލޯ އާހަށް އެރިއެވެ   . އެސްއޯ ދެ ފުލުހުން މަ ދެކިހިލި ދަށަށް ކުރިމަތިން އަތްލާ ފުރަގަހަށް، ދަމާކޫއްތާފައި، ޕޮލިސް ސްޓޭޝަން ގެންދިއިރު، ރަޝީދާ އާއި ކުޑޭ ހުރީ ޕާޓީގެ ދިދަ ހިފައިގެން ފެންކަޅިވެފައި މަށާ ދިމާއަށް ބަލާށެވެ. އެމީހުންނަށް ހިތްވަރު ދިނުމަށް ކެތްކޮށްފައި ދުނިޔޭގެ ކެތަށް މަހިނިތުންވެލިތަން ފެނިގެން ކުރިމަތީހުރި ފުލުސް
ހަމަޔަކަށް އެޅިއްޖެ މަސްޖިދުއް ތައާވުންގައި ކުރާ ތަރީވީސް ނަމާދުގެ އަޑު އެމިސްކިތުގެ މުންނާރުގައިވާ ތާޅަފިލިތަކަށް ވަރަށް ބާރަށް ދީފައި ހުންނާތީވެ، ނަސްރު މިސްކިތުގައި   ތަރާވީސް ނަމާދު ކުރާ އިމާމަށާއި ، އެމިސްކަިތުގައި އެނަމާދު ކުރާ ޖަމާޢަތަށް އުނދަގޫވެގެން މި ރަމްޟާން މަހު ފުރަަތަމަ 10 ގައި އެފަރާތްތަކުން ކުރަމުން ދިޔަ ޝިކާޔަތު ހަމަޔަކަށް އެޅިއްޖެއެވެ. މިކަން ހައްލުކޮށް ދިނުމުގައި އިހަވަންދޫ ކައުންސިލްގެ މެންބަރުންނާއި އެކައުންސިލްގެ ރައީސް އަދާކުރެއްވި ދައުރަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. ހުރިހާ މިސްކިތްތަކަކުންވެސް އެއްފަހަރާ ލޯޑަށް ، ދީގެންވެސް އުނދަގުލެއް ނެތި ތަރާވީސް ނަމާދު ކުރެވިދާނެކަން  އެބަ އިހްޞާސް މިހާރު ކުރެވެއެވެ. އަޑު އެއްކޮށް ކަނޑާނުލިޔަށް ފަރު އެބަޖެއްސެވެ.
އިންޓަރވިއުއެއްގައި އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންތައްތައް 1. ވަޒީފާގެ މުސާރައާއި ގުޅޭގޮތުން ސުވާލުކުރުން.  2. އޮފީހުން ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން ސުވާލުކުރުން.   3. ނުގުޅޭ ބަހުރުވަ ބޭނުންކުރުން. 4. މަލާމާތުގެ ރާގުގައި ވާހަކަ ދެއްކުން.  5. ވަޒީފާއިން ލިބި ދޭނެ ފައިދާތަކާއި ގުޅޭ ގޮތުން ސުވާލުކުރުން.   6 ކުރިން ވަޒީފާ އަދާކުރި އޮފީހަށް ނިސްބަތްކޮށް އަގުވައްޓާލުމުގެ ގޮތުން ވާހަކަދެއްކުން.  7. ސުވާލެއް އެބައޮތްތޯ އަހައިފިނަމަ "ނެތް" ކަމަށް ބުނުން.   8. ތިމާގެ އެއްވެސް ބަލިފައެއް ނޯންނާނެކަމަށް ބުނުން.  9. ޙަޔާތުގެ ވާހަކަތައް އިންޓަރވިއުގައި ދެއްކުން.

ވަޒީފާގެ އިންޓަރވިއު ކާމިޔާބު ކުރާނީ ކިހިނެތް؟

1 .         އިންޓަރވިއު ކުރަން ތިބި ފަރާތްތަކާއި ސަލާންކުރުން އިންޓަރވިއު ކުރާ ކޮޓަރިއަށް ވަންނަ އިރު ހިނިތުން ވުމާއެކު ވަންނާށެވެ.  އިށީނުމުގެ ކުރިން އިންޓަރވިއު ކުރާފަރާތްތަކާއި ސަލާންކުރާށެވެ.  ކޮންމެހެން އަތާ އަތް ޖޯޑުކޮށް ސަލާން ކުރުމުގެ ބޭނުމެއް ނެތެވެ. 2.         ތިމާގެ އަމިއްލަ ނަފުސަށް އިތުބާރު އޮތްކަން ދައްކާ ސާބިތުވާށެވެ. ހިނިތުންވުމާއެކު އިށީންނާށެވެ.  އަދި ތިމާގެ އަމިއްލަ ނަފުސަށް އިތުބާރު އޮތް ކަން ދައްކާށެވެ.  އެހެނީ ތިބާ ތިއިނީ އިންޓަރވިއުއަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.  ތިބާގެ ހިނިތުންވުމުން މުޅި މާހަލު ބަދަލުކޮށްލާށެވެ. 

އަނބިމީހާ ފިރިމީހާގެ އައިބުތަކުގެ ވާހަކަ އެހެން މީހުންގެ ގާތު ދެއްކުން

ސުވާލު: 1. ކައިވެނިކޮށްގެން އުޅޭއިރު އަނބިމީހާ ފިރިމީހާގެ އައިބުތަކުގެ ވާހަކަ އެހެން މީހުންގެ ގާތު ދައްކާ މަލާމާތް ކުރުމާއި، ފިރިމީހާ ހިތް ނުރުހޭ ވާހަކަތައް ފިރިމީހާއޭ ކިޔައިގެން އަނބިމާހާ އައިލާ މީހުންގެ ގާތުގައި ދައްކައިގެން ފިރިމާހާއާއި މެދު އެމީހުންގެ ހިތުގައި ނަފްރަތު އުފެއްދުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯއެވެ؟ އަދި މިފަދަ އަމަލުތައް ކުރާ އަންހެނުންގެ ހުކުމަކީ ކޮބައިތޯއެވެ؟ 2. ޕީރިއަޑުގެ މައްސަލައެއް ނުވަތަ އެނޫންވެސް އެއްވެސް މަޖުބޫރު ކަމެއްނެތި ފިރިމާހާ ބޭނުންވެގެން އުޅޭ ވަގުތުތަކުގައި އަނބިމާހާ އެދުން ފުއްދަން ނުދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟  ޖަވާބު: الحمد لله ، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد :   އިސްލާމްދީނުގައި ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްގުތަކެއްވެއެވެ. ހަމައެފަދައިން އަނބިމީޙާގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތަކެއްވެސް ވެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްގު ތަކެއްވެސް ވެއެވެ.
ނަސްރު މިސްކިތުގެ ތަރާވީހަށް، ތާވުން މިސްކިތުގެ ނުފޫޒް ފޯރުން ބަރަކާތްތެރި ރޯދަމަހުގެ ތަހުނިޔާ އާއި މުބާރިކް ބާދީ ކިޔުންތެރިންނަށް އަރިކުރަމެވެ. މިމަހުގެ ބަރަކާތާއި ދަރުމަޔާއި ޘަވާބު ތިޔަ ކިޔުންތެރިންނަށް މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އަދި ތިޔަ ބޭފުޅުން މިމާްތަ މައްސަރުގައި އިޚުލާޞްތެރި ތަޢުބާއަކުން ތަޢުބާ ވުމަށް އިލްތިމާސްކޮށް ހެޔޮ އެދެމެވެ. 

ކުރުވާހަކަ

ބަދަލު ތުތޭ ދުވަހަކީ އުޑުމަތި ސާފު ދުވަހެކެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްވެސް   ނެތެވެ. ޖައްވުހީވަނީ ނޫކުލައިގެ ސާލަކުން ޒީނަތްތެރިކޮށްފައިވާ ހެންނެވެ. އައިސް ޕްލާންޓުން ފެށިގެން އަންހެނުން މަގާހަމަޔަށް ، ރައީސް ނަޝީދުގެ ވެރިކަމުގައި ފުންކޮށްފައިވާ ފަޅު، ހީވަނީ މަޑުވިލުކުލައިގެ ބިއްލޫރިގަނޑެއް ހެންނެވެ. އިރުވައި މޫސުމުގެ ހިތްގައިމު ، މަޑުފިނި ވައިރޯޅިތައް ރަށުގެ އަތިރިމައްޗަށް އެއްލަމުން، ހުރިނަމަ ހުރި އެއްޗެއްގައި ބީހެމުން ދަނީ، އިންސާނުންނަށާއި ފުރާނަހުރި ކޮންމެ ދިރޭ އެއްޗަކަށް ހިތްހަމަޖެހުން ގެނެސްދޭނެ ބީދައިންނެވެ. ރަށުގެ ކޯއްޓޭއަށް ނަގާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމް.ޑީ.ޕީ ) ގެ ބޮޑު ދިދަ ނަށަމުން،   ވިހުރެމުން ދަނީ އެޕާޓީގެ ހަރުގެއިން ފޮނުވާ ރޮކް އެންޑް ރޯލް " މަ ޗިސް ޗިސް ކޮށްލިއަށް މަފިސްފިސް ކޮށްލިއަސް ނުވާނަމޭ ބާގީއަކަށް " މިލަވައިގެ   ހަމަޔަށެވެ.

ސަންދާނު އަހައްމައިދީގެ ޑިމޮކްރަސީ ލެބް

ސަންދާނު އަހައްމައިދީގެ ޑިމޮކްރަސީ ލެބް ތުއްތު މަނިކު ސަންދާނު އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ)  އަކީ ދިވެހި ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާޙީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ޑިމޮކްރެސީގެ "ކަޅުހިލަ" އެކްޓިވިސްޓެކެވެ.  މައުމޫނުގެ 30 އަހަރުވީ ވެރިކަމަށް ފާޑުކިޔުމުގައި ދެމިހުންނަވައި، އެމް.ޑީ،ޕީގެ ވަތަން އެދޭގޮތަށް އިއްތިހާދުވެ މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް 2008 ގެ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރައްވައި، ވަތަން އެދޭ އިއްތިހާދުން ވަކިވެ، މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ފާޅުގައި ބައިވެރިވި ޑިމޮކްރެސީގެ ލޯބިވެރި އެކެވެ. 

އިހަވަންދޫ މަދަރުސާގެ ކުރީގެ ޕްރިންސިޕަލް ދާއިރާގެ މަޖިލީހުގެ ގޮޑިއަށް ޝައުގުވެރިކަން ފާޅުކޮށްފި

އިހަވަންދޫ މަދަރުސާގެ ކުރީ ޕްރިންސިޕަލް އަލް އަޚު މުހައްމަދު ފިރާޒް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަމަށާއި ކުރިއަށް އޮތް މަޖިލީހުގެ އިންތިޙާބުގައި ވާދަކުރައްވަނެ ކަމަށް އިޝާރާތެއް ކުރައްވައިފިއެވެ.