Skip to main content

Posts

Showing posts from March, 2009
މިނިވަން ކެންޑިޑޭޓުންނަކީ ކޮބާ؟ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުޑަތަންވަމުން އަންނައިރު، އިންތިޚާބު ކުރެވޭ 77 ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ އަދަދުވެސް އަންނަނީ ގިނަވަމުންނެވެ. ލަފާ ކުރެވޭ ގޮތުގައި އެވްރެޖްކޮށް ކޮންމެ ގޮނޑިއަކަށް އެންމެ މަދުވެގެން 5 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެހެންވެއްޖެނަމަ މި އިންތިޚާބުގައި ގާތްގަނޑަކަށް 385 ކެންޑިޑޭޓުން ވާދަ ކުރައްވާނެއެވެ. މިއީ މިހާތަނަށް މިރާއްޖޭގައި ބޭއްވޭ އެންމެ ވާދަވެރިކަން ބޮޑު، އަދި އެންމެ ގިނަ ބަޔަކު ވާދަކުރާ އިންތިޚާބަށް ވެގެންދާނެކަން ޔަޤީނެވެ. މިހާރު ދިވެހިރާއްޖެއަކީވެސް ފުރިހަމައަށް ޕާޓީ ސިސްޓަމް ތަޢާރަފްވެ، ޕާޓީ ސިސްޓަމަށް ރިޔާސީ ވެރިކަމެއް ހިންގާ ޤައުމެކެވެ. މީގެ ކުރީން އަބަދުވެސް ދިވެހިން ދައްކަމުން ގެންދިޔައީ ޕާޓީ ނިޒާމުގެ މުހިއްމުކަމާއި، ޕާޓީ ނިޒާމަކީ ޑިމޮކްރަސީގެ އަސާސްކަމުގައެވެ. އެހެންނަމަވެސް މަޖިލީހުގެ އިންތިޚާބު ބޯމަތިވަމުން އަންނައިރު މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެއީ ޕާޓީ ޓިކެޓްގެ ބަދަލުގައި 'މިނިވަން ކެންޑިޑޭޓު' ގެ ގޮތުގައި ބަޔަކު ނިކުމެ ވާދަކުރާ މަންޒަރެވެ. މިނިވަން ކެންޑިޑޭޓުންނަކީ ދުނިޔޭގެ ޕ