ކާނަލް މުއައްމަރުލް ގައްޒާފީގެ ވާހަކަ
އަހުމަދު ނަދީމް
އަވަހާރާކޮށްލާފައިވާ ގައްޒާފީގެ ހަށިގަނޑުގެ ފިނިކުރާ ސްޓޯރޭޖެއްގައި ބާއްވާފައި އޮތް އިރު ބަޔަކު ގައްޒާފީގެ ހަށިގަނޑަށް ބަލަނީ |
ވެރިކަމުގައި ހޭދަކުރެއްވި 42 އަހަރާ އެކު ކާނަލް މުއައްމަރުލް ގައްޒާފީ ހިމެނި ވަޑައިގަންނަވަނީ ޝާހީ ވެރިކަމެއްގައި ނުހިމެނި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރުންގެ ތެރޭގަ އެވެ. ގައްޒާފީގެ ނަން މި ލިސްޓްގެ ހަތަރު ވަނައިގައި އޮތަސް އޭނާ އަކީ އަރަބި ދުނިޔޭގައި އަދި އެފްރިކާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރެވެ. ލީބިއާގެ ވެރިކަމަށް ގައްޒާފީ ވަޑައިގަތީ އެގައުމުގައި ރަސްކަންކުރި ހަމައެކަނި ރަސްގެފާނު ކަމަށްވާ އިދުރީސްއާ ދެކޮޅަށް އަސްކަރިއްޔާގެ ތެރެއިން ގެންނެވި އިންގިލާބެއްގައި 1969 ވަނަ އަހަރު އެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު އޭނާ އަށް އެންމެ 27 އަހަރެވެ. އެ ހިސާބުން ފެށިގެން 42 އަހަރު ވަންދެން ގައްޒާފީ ވެވަޑައިގެންފައި ވަނީ އަރަބި ދުނިޔެ ދުށް އެންމެ ނުފޫޒުގަދަ އަދި އެންމެ މައްސަލަ ބޮޑު އެއް ލީޑަރަށެވެ. އެއް ބަޔަކު އޭނާ އަށް ބަތަލެއްގެ ދަރަޖަ ދީގެން ތައުރީފުކުރަމުން ދިޔައިރު އެއް ބަޔަކު އޭނާ ސިފަކުރަނީ އަމިއްލަ އެދުމުން ފުރިފައިވާ ހުދުމުހުތާރު ވެރިއެއްގެ ގޮތުގަ އެވެ.
ލީބިއާގެ ބަދަވީ ދަރިކޮޅަށް ނިސްބަތްވާ ގައްޒާފީ އުފަންވީ 1942 ވަނަ އަހަރު ލީބިއާގެ ސިރުތަށެވެ. ސަހަރާއެއްގައި ގާއިމުކޮށްފައިވާ ފޭލިގެއަކަށް ބޮޑުވި ގައްޒާފީ މަދަރުސާއެއްގައި ޕްރައިމަރީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ފަހު ސެކަންޑަރީ ތައުލީމު ހޯއްދެވީ އަމިއްލަ ޓީޗަރެއް ބޭނުންކުރައްވައިގެން މިސްރާތާގަ އެވެ. އޭނާގެ މަތީ ތައުލީމު ހާއްސަކޮށްފައި ވަނީ ތާރީޚުގެ މައްޗަށެވެ.
އެންމެ ކުޑައިރުއްސުރެން ފެށިގެން ހުޅަނގާއި އިޒްރޭލާ ދެކޮޅު ވިސްނުމެއް ގެންގުޅުއްވި ގައްޒާފީ އަސްކަރިއްޔާއާ ގުޅިވަޑައިގަތުމަށް ބެންގާޒީގައި ތަމްރީން ހަދަން ފެއްޓެވީ 1961 ވަނަ އަހަރު އެވެ. އޭގެ އަހަރުތަކެއް ފަހުން ގްރެޖުއޭޓްވުމަށް ފަހު އަސްކަރިއްޔާ އަށް ވަދެވަޑައިގެންނެވި ގައްޒާފީ ވެރިކަމާ ދިމާލަށް މިސްރާބު ޖެހީ 1967 ވަނަ އަހަރުގެ ހަނގުރާމާގައި އިޒްރޭލުގެ އަތް މައްޗަށް އަރަބީން ބަލިވި ހިސާބުންނެވެ. މިސްރުގެ އޭރުގެ ރައީސް ޖަމާލް އަބްދުލް ނާސިރު ބަތަލެއްގެ ގޮތުގައި ދެކެވަޑައިގެން އޭނާ ކިބައިން ހިތްވަރު ލިބިވަޑައިގެން އަމިއްލަ ގައުމުގެ ރަސްކަމާ ދެކޮޅަށް ގައްޒާފީ ނުކުމެ ވަޑައިގެންނެވީ އަސްކަރިއްޔާގެ ވަރަށް ޒުވާން އޮފިސަރުންތަކެއްގެ އެއްބާރުލުމާ އެކުގަ އެވެ. ވެރިކަން ބަދަލުކުރެއްވުމުގެ ރޭވުންތައް ގައްޒާފީ އެންމެ ފުރަތަމަ ފެއްޓެވީ އަސްކަރީ ކޮލެޖުގައި އުޅުއްވި ދުވަސްވަރު އެވެ.
ލީބިއާގެ ރަސްކަން ވައްޓާލުމަށް ފަހު ގެންނެވި ބަދަލުތަކަށް ފަހު "ރައްޔިތުންގެ އިންގިލާބު" ގެ ނަމުގައި 1977 ވަނަ އަހަރު ޖުމްހޫރީ ވެރިކަން ތައާރަފްކޮށް ލީބިއާ "ސޯޝަލިސްޓް ޕީޕަލްސް ލީބިއަން އަރަބް ޖުމްހޫރިއްޔާ" ގެ ނަމަށް ބަދަލުކުރެއްވި އެވެ. އަދި އޭނާގެ ސިޔާސީ ފިކުރުތަކުން މުއްސަނދިކޮށްފައިވާ، މަޝްހޫރު "ގްރީން ބުކް" ތައާރަފްކުރެއްވި އެވެ. މި ފޮތަކީ ލީބިއާގެ ހުރިހާ ރައްޔިތުން ކިޔަން މަޖުބޫރުކުރި ފޮތެކެވެ.
ގައްޒާފީ އަކީ އަބަދުވެސް އޭނާގެ ބާރާއި ނުފޫޒު އެފްރިކާގައި އަދި އަރަބި ދުނިޔޭގައި ގަދަކުރެއްވުމަށް މަސައްކަތްކުރެއްވި ލީޑަރެކެވެ. އެގޮތުން އަވަށްޓެރި ޗާޑާ ދެކޮޅަށް ހަނގުރާމަކޮށް 1973 ވަނަ އަހަރު އޫޒޫ ސަރަހައްދު ހިފި އެވެ. މީގެ އިތުރުން އިރުމަތީ އެފްރިކާގެ ހަނގުރާމަވެރި ގްރޫޕުތައް ތަމްރީނުކުރުމާއި ނައިޖަރާއި މާލީގެ ހަމަނުޖެހުންތަކުގެ ތެރެއަށް ބާރު ފޯރުވަން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ.
ބާރާއި ނުފޫޒުގަދަ ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އަރަބި ދުނިޔޭގެ ކޮންޓްރޯލް ހޯއްދެވުމަށް އޭނާ ކުރެއްވި މަސައްކަތްތައް ވެސް ފާހަގަކޮށްލެވެ އެވެ. އެ މަސައްކަތް ކާމިޔާބުނުވުމުން އެންމެފަހުން އެފްރިކާ ބައްރު "ޔުނައިޓެޑް ސްޓޭޓްސް އޮފް އެފްރިކާ" އަށް ބަދަލުކުރެއްވުމަށް ވެސް ހުށަހެޅުއްވި އެވެ. ގައްޒާފީ ގަބޫލުކުރައްވާ ގޮތުގައި އޭނާ އަކީ އެފްރިކާ އަދި އަރަބި ދުނިޔޭގެ އިމާމެވެ؛ ލީޑަރެވެ. އަދި ރަސްގެފާނެވެ. ގައްޒާފީ އަމިއްލަ އަށް އޭނާ އަށް ދެއްވާފައިވާ ލަގަބަކީ "އެފްރިކާގެ ރަސްރަސްކަލުންގެ ރަސްގެފާނު" ގެ ލަބަގު އެވެ.
ހުޅަނގާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތަކާ އެކު ޖަރުމަންގެ ބާލިންގައި އެމެރިކާ ސިފައިންނަށް އަމާޒުކޮށް 1986 ވަނަ އަހަރު ދިން ހަމަލާ ފާހަގަކޮށްލެވެ އެވެ. އޭގެ ބަދަލުގައި އެމެރިކާ އިން ވަނީ ލީބިއާގެ ވެރިރަށް ޓްރިޕޮލީ އާއި ބެންގާޒީ ބޮން އަޅައި އެތައް ބަޔަކު މަރާލައިފަ އެވެ.
ހުޅަނގާ ދެކޮޅަށް ގެންގުޅުއްވި ވިސްނުމުގެ ތެރެއިން 1988 ވަނަ އަހަރު ލޮކަބީ އަށް ވައްޓާލި ޕޭން އެމެރިކާގެ މަތިންދާބޯޓުގެ މައްސަލަ ވެސް ގައްޒާފީގެ ވެރިކަމުގައި ފާހަގަކޮށްލެވެ އެވެ. ޖުމްލަ 270 މީހުން މަރުވި އެ ހާދިސާގެ ޒިންމާ ގައްޒާފީގެ ސަރުކާރުން ނެގީ 2003 ވަނަ އަހަރު އެވެ. އެ ހަމަލާއާ ގުޅިގެން ލީބިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ.
ހުޅަނގާ ދެކޮޅު ވިސްނުމުގައި އެމީހުންނާ ދެކޮޅު ހިޔާލުގެ ލީޑަރުންނާއި ޖަމާއަތްތައް އަދި ގްރޫޕުތަކާ ގުޅުން ބަދަހިކުރެއްވުމުގެ އިތުރުން ނިއުކްލިއާ ބާރަކަށް ވުމަށް 1972 ވަނަ އަހަރު ފެއްޓެވި ކެމްޕޭން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ޗައިނާ އިން ނިއުކްލިއާ ބޮމެއް ބައްލަވައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ޕާކިސްތާނުން ވެސް ނިއުކްލިއާ ބޮމެއް ބައްލަވައިގަތުމަށް މަސައްކަތްކުރެއްވި އެވެ. ނަމަވެސް ޕާކިސްތާން ނިއުކްލިއާ ބާރަކަށްވިއިރު ދެ ގައުމުގެ ގުޅުން އޮތީ ގޯސްވެފަ އެވެ.
ހުޅަނގާ ދެކޮޅު ލީޑަރެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންނެވި ނަމަވެސް 2003 ވަނަ އަހަރަކީ ގައްޒާފީ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ގުޅުން ރަނގަޅުވާން ފެށި ހިސާބެވެ. ލޮކަބީ ހަމަލާގެ ޒިންމާ ނަގައި އޭގެ ބަދަލު ދިނުމަށް ފަހު ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ވިސްނުން ދޫކޮށްލުމަކީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ގައްޒާފީގެ ސަރުކާރާ ވާހަކަ ދައްކަން އެއްބަސްވެ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދޭން އެއްބަސްވި މައިގަނޑު ސަބަބެވެ. އޭނާގެ ޒަމާންވީ ވެރިކަމާ ދެކޮޅަށް ލީބިއާގެ ރައްޔިތުން ނުކުތްއިރު ގައްޒާފީ ވަނީ އޭނާގެ ވިސްނުން ބޭނުންކުރައްވައިގެން ދުނިޔެއާ ގާތް ގުޅުމެއް ބަދަހިކޮށްފަ އެވެ. ނަމަވެސް ދުނިޔެ އަނެއްކާވެސް އޭނާއާ ދެކޮޅަށް ނުކުތީ މުޒާހަރާކުރަން މަގުތަކަށް ނުކުތް އާންމުން މަރަން ބަރު ހަތިޔާރާ އެކު ސިފައިން މަގުތަކަށް ނެރުމުންނެވެ. ގައްޒާފީގެ ސަރުކާރާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ހުއްދަ އދ. ގެ ސަލާމަތީ މަޖިލީހުން ދިނީ މާޗް މަހު އެވެ. މި ހަނގުރާމައިގެ ތެރޭގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ގައްޒާފީ ހައްޔަރުކުރަން އަމުރު ވެސް ނެރެފަ އެވެ.
ހުޅަނގުގެ އަސްކަރީ އަދި ޖާސޫސީ އެހީއާ އެކު ގައްޒާފީގެ ޒަމާންވީ ވެރިކަން ހަ މަސް ދުވަސް ތެރޭގައި އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ވައްޓާލާފައި ވަނީ ކާމިޔާބު ހޯއްދަވާނެ ކަމަށް ވިދާޅުވެ ގައްޒާފީ މެދުކެނޑުމެއް ނެތި އިންޒާރު ކުރައްވަމުން ގެންދަވަނިކޮށެވެ. އުމުރުން 69 އަހަރު ވެފައިވާ ގައްޒާފީ ވިދާޅުވެފައި ވަނީ އެންމެ ފަހު ލޭ ތިއްކާ ޖެހެން ދެން ވެސް ހަނގުރާމަ ކުރައްވާނެ ކަމަށާއި މަރުވެގެން ދާނީ "ޝަހީދެއް"ގެ ގޮތުގައި ކަމަށެވެ.
އަންހެން ބޮޑީގާޑުން ގެންގުޅުއްވުމަށާއި ހެދުން ތުރުކުރެއްވުމުގައި ގެންގުޅުއްވާ ތަފާތު ސްޓައިލްތަކަށް އަދި ފޭލިގެ ތަކުގައި ލީޑަރުންނާ ބައްދަލުކުރެއްވުމަށް މަޝްހޫރު ގައްޒާފީ އަށް 8 ބޭފުޅުން ލިބިވަޑައިގެންފައިވާއިރު އޭގެ ތެރެއިން ހަތް ކުދިންނަނީ ފިރިހެން ބޭފުޅުންނެވެ. އެންމެ ހަގަށް ހުންނެވި ހާމިޝް ގައްޒާފީ ވަނީ އޯގަސްޓް މަހު ހަނގުރާމަވެރިންގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފަ އެވެ. ގައްޒާފީގެ އަނބިކަނބަލުންނާއި ބައެއް ބޭފުޅުން ވަނީ އަލްޖީރިއާ އިން ހިމާޔަތް ހޯއްދަވައިފަ އެވެ.
އިދިކޮޅު ހަނގުރާމަވެރިން މިއަދު ގައްޒާފީ އަތުލައިގަތީ އޭނާގެ އުފަން ރަށުންނެވެ. ވަރުގަދަ ކުރިމަތިލުމަކަށް ފަހު އެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

Comments