Skip to main content

Posts

Showing posts from July, 2011

Happy Independence Day!

After a long 78 years of being a British Protectorate, on 26 th July 1965 Maldives was granted full independence from the British. To celebrate this independence, the Republic of Maldives, marks the 26 th of July and declares it a public holiday. This is the 46 th year of independence for Maldives. 

OMG OMG LOL :P

What’s the meaning ofomg , :P, asl, brb, lol, wtf, pw, afa, atm, faq, tos.. etc

ލިޔުންތެރިކަމުގެ ރާގު ބަދަލުވުން

މުހައްމަދު އާމިރު ފަރެސް ލިޔުންތެރިކަމުގެ ރާގޭ މި ދަންނަވަނީ ލިޔުންތެރިކަމުގެ އިހުސާސް އެކުލެވޭ ވައްތަރަށެވެ. ލިޔުމެއް ހުށަހަޅައި ދިނުމުގެ ވައްޓަފާޅީގައި ހުންނަ ރޫހު އަންގައިދޭ ފަންނީ ސިފަތަކަށެވެ. އެ ލިޔުމުގައި ލިޔުންތެރިޔާގެ ނަފުސުގެ ޠަބީޢަތް ދައްކައިދޭ އަސަރުތަކަށެވެ. އަދި އެހެންމެ އެ ލިޔުމެއްގެ އުސްލޫބު (ސްޓައިލް) އަށެވެ. މި ދެންނެވި ފަދަ މާނަތަކުން ބަލާއިރު ކޮންމެ ލިޔުމެއްގައި ވެސް ރާގެއް އޮވެ އެވެ. ލިޔުމެއް ލިޔެފައި އޮންނަ އިރު އޭގައި ރުޅިވެރިކަން ހިމެނޭ ނަމަ ރުޅިވެރިކަން ބެލެނީ އޭގެ ރާގު ކަމުގައެވެ. ރުޅިވެރިކަން، ހިތާމަވެރިކަން، އާދޭސް، ޖޯޝާއި ފޯރި، ހިތްވަރާއި އަޒުމް ފަދަ ކަންކަމަކީ ލިޔުމުގެ ރާގު ކަމުގައި ބެލެވޭ ކަންކަމެވެ. މިގޮތުން ބަލާއިރު ލިޔުމަކަށް ރާގެއް ޚިޔާރު ކުރަނީ އެ ލިޔުމެއްގެ މަގުސަދާ ގުޅުވައިގެންނެވެ. މީހަކަށް ތައުޒިޔާ ކިޔާ ލިޔުމެއްގައި ރާގު ހުންނަންވާނީ ހިތާމަވެރި ކޮށެވެ. މަޑުމޮޅި ކޮށެވެ. އޭރުން ލިޔުމުގެ ރާގާއި މަގުސަދާ ދިމާވީ އެވެ. މިއީ ލިޔުންތެރިކަމުގެ ވަރަށް އަސާސީ ނުކުތާއެކެވެ.
އުތީމުގައި ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކޮށް ބެލިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގޮފީގެ ރައީސާއި އެޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި ޝަހީދާ ސައީދު އުތީމުގައި ދެމަފިރިއަކު ގުޅުންހިންގި މަންޒަރު ވީޑިއޯކޮށް ބެލަމުންދިޔަ ކަމުގެ ތުހުމަތުގައި އުތީމު އެމްޑީޕީ ގޮފީގެ ވަގުތީ ރައީސާއި، އެޕާޓީގެ އެކްޓިވިސްޓަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އުތީމުގައި ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކޮށް، ބެލިކަމުގެ ތުހުމަތުގައި ރަށުގެ ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންެދެވިފައިވާ ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާތީ އިތުރުމައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަށު ކައުންސިލްގެ ރައީސް އަސްރާރު އާދަމް މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން ކުރި ތަހްގީގަކާއި ގުޅިގެން އިއްޔެރޭ އެރަށު އެމްޑީޕީ ގޮފީގެ ވަގުތީ ރައީސް މުހައްމަދު ހަސަންއާއި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވަރަށް އަސަރުގަދަ ލަވައެއް

ގާނޫނު ހަދާމަޖިލީހުގެ ތެރޭގައި ހިނގާ ހަޑިހުތުރު އަމަލުތައް ހުއްޓުވުމަށް ގާނޫނެއް ބޭނުންނުވޭތޯ

ފޮރިންވިލާ ސަމީނާ ޒަކަރިއްޔާ ބަލައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

ފޮރިންވިލާ ސަމީނާ ޒަކަރިއްޔާ މަހު މުސާރައަށް ބަލައިދޭނެ ފަރާތެއް ހޯދަން އިހަވަންދޫ ކައުންސިލް އިދާރާއިން އާއްމުކޮށް އިޢުލާންކޮށްފި އެވެ. ފޮރިންވިލާ ސަމީނާއަކީ   ވަރަށް އެކަނިވެރި އުމުރުން 57 އަހަރުގެ އަންހެނެކެވެ. ފިރިއެއް،   ދަރިއެއްވެސް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއްނެތް ނިކަމެއްޗެކެވެ. ސަމީނާ ބަލައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ، އެބޭފުޅެއްގެ ފުރިހަމަ ވަނަވަރާއެކު، ބަލައިދެވޭނެ އަގަކާއި، މުއްދަތު ބަޔާންކޮށް ޖުލައި 13 ވަނަ ދުވަހުގެ ކުރީން ކައުންސިލް އިދާރާއަށް ސިޓީފޮނުވުމަށް އެ އިޢުލާންގައި ބަޔާންކޮށްފައި ވެއެވެ. ސަމީނާ ބެލުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން އޭނާ އާ އާއިލީގޮތުން ގުޅުންހުރި ތިމާގެ މީހުންނަށް އިސްކަންދެވޭނެ ކަންވެސް ފާހަގަކޮށްފައިވެއެވެ.

މަދިރީގެ ވާހަކަ

މާތްﷲ ސުބުހާނަހޫ ވަތައާލާވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި ، އެކަލާނގެ ވޮޑިގެންވާކަމުގެ ، ގުނާ ޢަދަދު ނުކުރެވޭހާ ހެކިތައް އިންސާނާގެ ވަށައިގެން ލައްވާފައެވެ. އިންސާނާ އާއި އޭނާގެ މާހައުލުގައެވެ.  އިންސާނާގެ ލޮލުގެ ކުރިމަތީގައި ކޮންމެ ވަގުތަކު ހެން ތަކުރާރުވާނެ ހެންނެވެ. އެކަލާނގެ ނިމުމެއްނެތް ރަހުމަތުން އިންސާނުންނާއި އަދި ކިއެއްތަ ވިސްނުމެއް ނެތް ދިރޭތަކެއްޗަށް ގަބޫލުކުރަންދަތި ޚިލާޔަށް ނުގެނޭފަދަ މަސައްކަތްތައް އެކަލާނގެ ދެއްވާފައި ވެއެވެ. އެހެންކަމުން ގިނަ ދިރޭތަކެތި ، ކުދިކުދިތަކެއްޗާއި ބިޔަ ބޮޑެތިތަކެތީގެ ތެރެއިން، ދޫނިސޫއްފާއި ސޫފި، ބޭރިއާއި ކަހަނބާއި ވެލާ، މާކަށިލީ ބޮޑެތި މަސްމަހާއި މެއްސާއި، ކުދިފަނުފަކުސާ ތަކުގައި އިންސާނުން ބަލައި އަޖައިބުކުރުވަނިވި ހަރަކާތްތަކާއި ހުނަރުތައް މާތްﷲ ސުބުހާނަހޫ ވަތަޢާލާ ލައްވާފައިވެއެވެ.

ކާކުގެ އިނގިލީގެ ނިޝާނެއް!

ކުރީ ޒަމާނުގައި އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު މާބޮޑު އެއްޗެއް އިންސާނުންނަށް އެނގިފައެއް ނުވެއެވެ. މާބޮޑު ހޯދުންތަކެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް 1856 ވަނަ އަހަރުން ފެށިގެން އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު ހޯދުން ތަކެއްވަނީ ހޯދާފައެވެ. މި ހޯދުންތައް ހޯދީ ގެން ގިންސެން ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެމީހެއްކެވެ. އޭނާ ހޯދީ ކޮންމެ އިންސާނެއްގެ އިނގިލިތަކުގެ ކުރީގައި ހާއްޞަ ރޮނގުތަކެއް ވާކަކެމެވެ. މިރޮނގުތައް ދެމީހަކު އެއްގޮތް ނުވާކަމެވެ. މި ހޯދުންތަކުގެ އަލީގައި މިކަންތައްތައް ވަނީ އިތުރަށް ދިރާސާކޮށް ހޯދާފައެވެ. 

ހުމާފިހި މަރުވާއިރު ބަލަން ތިބެންވީބާ؟

  ސާޅީސް އަށް ގަޑި އިރު ތެރޭގައި ހަތަރު ކުދިން ޑެންގޫ ހުން ޖެހިގެން މަރު ވެއްޖެ އެވެ. މި ދައްކަނީ މީހުންގެ ފުރާނައިގެ ވާހަކަ އެވެ. މީ ކުޅޭ ކުޅޭ ވާހަކައެއް ނޫނެވެ. މި ރޭޓުން މީހުން މަރުވަމުން ދާ ނަމަ މަހަކު 60 މީހުން މަރުވާނެ އެވެ. އަދި ކަމުގެ ސީރިއަސްކަން މިއަށްވުރެ ބޮޑުވެއްޖެ ނަމަ މި އަދަދު ދެ ގުނަ، ނޫނީ ތިން ގުނަ އިތުރު ވެސް ނުވާނެ އެކޭ ބުނެވޭކަށް ނެތެވެ. މި ދުވަސްކޮޅު ރަށްރަށުގައި އެކި ކަހަލަ ރޯގާ ތަކާއި ހުން މި ވަނީ އާދަޔާ ޚިލާފަށް ގިން ވެފަ އެވެ. ހޮޑުލާ މީހުން ހޮޑު ލަނީ އެވެ. ހުމާ ފިހޭ މީހުން ހުމާ ފިހެނީ އެވެ. މީ މޫސުމީ ރޯގާ އެކޭ ބުނެ ފުއްދައި ލެވޭކަށް ނެތެވެ. ކަމުގެ ނުރައްކާތެރިކަން އެއަށްވުރެ ބޮޑެވެއްޖެ އެވެ. ތުއްތު ތުއްތު ދަރިފުޅަކު ހުމާ ފިހެވެމުން ދާ މަންޒަރު ބަލަން ހުރުން އިންސާނިއްޔަތުގެ ކަންފުޅެއް ހުރި އެއްވެސް މީހަކަށް ކުޅަދާނައެއް ނުވާނެ އެވެ. ވީ އިރު އެ ކުދިންގެ މައިންބަފައިންގެ ހިތުގައި އަޅާނެ ވޭން އޮތީ އިހުސާސް ކޮށްލުމެވެ. މާދަމާ މި ރޯގާގެ ނުވަތަ ހުމުގެ ޝިކާރަ އަކަށްވެގެން މި ދުނިޔެއާ އަލްވަދާއު ކިޔާނީ އަޅުގަނޑުމެންގެ ތެރެއިން ކާކުގެ ދަރިއެއް ކަމެއް ނޭނގ