Skip to main content

Posts

Showing posts from August, 2007

އިހަވަންދޫ ސްކޫލްގެ ރިހިޔޫބިލް އެސްކޫލްގައި ފާހަގަކޮށްފި

ރިހިޔޫބިލް ފާހަގަކުރީ 2007 އޯގަސްޓް 23 ވީ ބްރާސްފަތި ދުވަހުގެ ރޭ އާއި 24 ވީ ހުކުރު މިދެދުވަހު އެވެ. މިރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރެވެ. އެކަމަނާގެ ޝަރަފުގައި ސްކޫލްގެ ޕީޓީއޭ އިން ޖާފަތަކާއި ، މުނިފޫހި ފލިވުމުގެ ޝޯއެއް ދެއްވި އެވެ. މިޝޯވގައި ސްކޫލް ޕީޓީއޭގެ ފަރާތުން ބޮޑުބެރުޖެހުންވެސް އޮތެވެ. މީގެ އިތުރުން މިރަސްމިއްޔާތާއި ގުޅިގެން ހަނދާނީ ބިނާއެއްވެސް އެކަމަނާ ހުޅުވައިދެއްވި އެވެ. ފާއިތުވި 2006 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާވެސް ސްކޫލގައި އޮތެވެ. މިރަސްމިއްޔާތުވެސް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ޒާހިޔާ އެވެ. 2006 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގްރޭޑް 10ގެ ދަރިވަރުން އިހަވަންދޫ ގުލްހަޒާރުގޭ ހަސަން އިޔާޒެވެ.