Skip to main content

Posts

Showing posts from December, 2011

wishing you 2012

ތާރީޚާއި މެދުގައި ޝިހާބު ތާރީޚް ޢިލްމަކީ ދުނިޔޭގައި ވަރަށް މުހިއްމު މަގާމެއް ދެވިފައިވާ ޢިލްމެކެވެ. އިންސާނުންގެ ދިރިއުޅުން ތަރައްގީ ކުރުމާއި ދަށަށް ދިއުން އިބްރަތްހުރިގޮތުގައި ސިފަކޮށްދޭ ޢިލްމަކީ އެއީ ކަމުގައި ވާއިރު އެއަށް ލިބެންވީ އަހައްމިއްޔަތު ދީފައިވަނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. އިލާހީ ތައުލީމުގައިވެސް ތާރީޚަށް ދެއްވާފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ. ޝައްކެއްނެތެވެ. ތާރީޚަކީ އިންސާނުންނަށް އެންމެ އަގުހުރި ފިލާވަޅުތައް ދޭ ޢިލްމެވެ. މިހެންކަމުން އަޅުގަނޑުމެންގެ އިސްލާމީ ޢިލްމުތަކުގެ މުޅި އަޞްލެއްކަމުގައި ހިމެނޭ ކީރިތި ޤުރުއާނުގައިވެސް އެއިން އަޅުގަނޑުމެން އިބްރަތް ލިބިގަތުމަށްޓަކއި އިސްވެދިޔަ ޒަމާންތަކުގައި އުޅުނު އިންސަނުންނަމެދުގައި ކަން ހިނގާފައިވަގޮތް ބަޔާންކުރައްވާފައިވާ މިންވަރު ހަމައެކަކަށްވެސް ވަންހަނާވެގެން ނުވާނެއެވެ.

Thousands demonstrate in Maldives for and against strict Islamic law

By Associated Press, Saturday, December 24, 12:11 AM MALE, Maldives — Thousands in the Maldives protested Friday, calling on the government to halt what they called “anti-Islamic” activities, including a plan to allow direct flights to Israel. More moderate supporters of the president rallied as well as debate swells over the future of the state’s religion. The Indian Ocean archipelago of 300,000 Muslims prohibits practicing any other faith.
ބޮޑު މުޒާހަރާ – އިހަވަންދޫ އިސްލާމްދީނުގެ ހިމާޔަތުގެ ނަމުގައި މިއަދު ބޭއްވީ ބޮޑު މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ޞުލްވެރި ހިނގާލުމެއް މިއަދު އިހަވަންދޫގައި އޮތެވެ.

ޤަރީނު

ފަންޑިތަހަދަން ކުޅަދާނަ ޖަމީލުގެ ދެވަނަ ނަމަކީ މުޖައްރިބެވެ. އެއީ، އައްޑުއަތޮޅަށް މަޝްހޫރު މީހެކެވެ. އަހަރުމެންގެ އާއިލާގެ މީހުން އައްޑު އަށް ހިނގައްޖިއްޔާ ތިބެނީ އެ ގޭގަ އެވެ. އޭގެ ސަބަބުން، ޖަމީލު ވެފައިވަނީ އަހަރެންގެ ވެސް ގާތް އެކުވެރިއަކަށެވެ. އޭނަ ކައިރި އަށް ކޮންމެ މީހަކު ވެސް އަންނަނީ، ވަރަށް ބޮޑު ޔަގީންކަމަކާ އެކުގަ އެވެ. ދުވަސްވަރަކީ، ތަމްރީނަށް ވުރެ ބޮޑަށް ފަންޑިތަ އަށް ބަރޯސާވެގެން ރާއްޖޭގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރެވެ. ވެގެންވާ ނަމަ، ކުޅުންތެރިންގެ ބަދަލުގައި ދެ ސިހުރުވެރިން ދެ ގޯލުގައި ބައިތިއްބައިގެން ވެސް މެނޭޖަރުން ބޯޅަކުޅުވީހެވެ. މާލެ އަންނަން ޖަމީލަށް، ކެނޑިނޭޅި ދައުވަތު ލިބެއެވެ. ދުވަހަކު ވެސް މާލެ ނާންނަ ޖަމީލު ބޭނުންވީ ރަށުގައި ހުންނާށެވެ. އެހެންނަމަވެސް، މާލޭގެ އޭރުގެ އެންމެ މަޝްހޫރު ފުޓްބޯޅަ ޓީމުން ޖަމީލަށް ލިބުނީ، ނޫނެކޭ ބުނަން އުނދަގޫވާ ކަހަލަ ދައުވަތެކެވެ. ހުށަހެޅި އަގު އެހާ ވެސް ބޮޑީ އެވެ.
ގޮން ޖައްސަވަނީ ކާކަށް؟ މުންޑޫ އާދަނު އިހުތިރާމާއެކު އަޅުގަނޑު ސުވާލެއް ދަންނަވާލަންތޯ އެވެ؟ ރައީސަކު ރުހިވަޑައި ނުގަންނަވާ ކަމެއް އެހެން ބަޔަކަށް އައިސް އެ ގައުމެއްގައި ކުރެވިދާނެ ހެއްޔެވެ؟ އެއީ ރުކެއް އިންދުން ކަމަށް ވިޔަސް ބުދެއް ބެހެއްޓުން ކަމަށް ވިޔަސް ވެހެވެ. އަޅުގަނޑު ގަބޫލު ކުރަނީ އެހެން ނޫން ކަމަށެވެ.
ތިރުވަނަންތަޕޫރަމުން މިއުޅެނީ ޓްރެވެންޑްރަމްގައެވެ. ނުވަތަ އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައެވެ. ނުވަތަ ތްރިމާލޭގައެވެ. ޞިއްޙީފަރުވާއަކަށެވެ. ތްރިމާލެއޭ މިދެންނެވީ މިތަނުގައި ދިވެހިން ގިނަކަމުންނެވެ. މަގުތަކުން ގިނައިން ފެންނަނީ ދިވެހިންނެވެ. އެއީ މިތަނުގައި ދިރިއުޅޭ ދިވެހިންނާއި ބޭސްފަރުވާއަށް އައިސް އުޅޭ ދިވެހިންނެވެ. އަދި ޗުއްޓީ ހޭދަކުރުމަށް އައިސް އުޅޭ ދިވެހިންނެވެ. އެހެންކަމުން، ތިރުވަނަންތަޕޫރަމްގެ މަގުތަކަށް ނިކުމެލީމާ ރާއްޖޭއިން ބޭރަށް އައިސް އުޅެވޭކަމުގެ އިހުސާސެއް ނުކުރެވެއެވެ.