Skip to main content

Posts

Showing posts from February, 2011
ކައުންސިލަރުންނަށް މަރުހަބާ ! ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ވެރިކަން ލިބުން ފެށުނީ އެވެ. ކައުންސިލަރުން ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގަތުމުންނެވެ. ވަރަށްވެސް ތާރީޚީ ދުވަހެކެވެ. ކައުންސިލަރުން ހުވާކުރެއްވި ދުވަހެވެ. ފެބްރުއަރީ 26، 2011 އެވެ. ކުރީގެ އެތަކެއް ވެރިން މީގެ އެތައް އަހަރެއް ކުރިން ސުރެ ދެކެވަޑައިގެންނެވި ހުވަފެން ހަގީގަތަކަށް ވީ ދުވަހެވެ. ރައްޔިތުނަށް ލިބުނުވަރަށް ބޮޑު އުފަލެކެވެ. ކޮންމެ ރަށެއް ، ކޮންމެ އަތޮޅެއް އިދާރީގޮތުން ހިންގައި ތަރއްގީގެ މަޝްރޫޢުތައް ރާވައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނޭ ބަޔަކު، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
ތާރީޚަށްޓަކައި: އިހަވަންދޫ ކައުންސިލަރުން ހުވައި ކުރުމުގެ ދަރުބާރު މިދަރުބާރަށް މުޅިރަށް އޮތީ ޒީނަތްތެރިކޮށްފައެވެ. ރަށުގެ ބޮޑެތި މަގުތަކުގައިވަނީ ދިދަ ފަތި ދަމާ ބެނާތައް ހަރުކޮށްފައެވެ. ދަރުބާރު އޮތީ 26 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 9:00 ގައެވެ. ދަރުބާރަށް ދައުވަތު އެރުވިފައިވަނީ ހެނދުނު 8:45 އަށެވެ. 25 ފެބްރުއަރީ 2011 ވީ ހުކުރުދުވަހު ރަށުގެ ޒީނަތްތެރިކުރުމުގެ މަސައްކަތް ރަށު އޮފީހުން ކުރިއަށްގެންދިޔައެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވީ ކަތީބު މުހައްމަދު އިބްރާހީމާއި ، ކުޑަކަތީބު ޢަބްދުލްހާލިޤް މޫސާ އާއި އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހުމަދު އަބުދުއްޞަމަދެވެ. ކައުންސިލަރުން ހުވައި ކުރުމުގެ ދަރުބާރަށް ރަށުތެރެ ޒީނަތްތެރިކުރަން ދަމާފައިވާ ބެނާއެއް.

އަނެއް ކޮމްޕިއުޓަރު ކޮބާ؟

  އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުނ ކްރިސް ލީ މި މަހު 9 ގައި އިސްތިޢުފާ ދެއްވީ ހުސް ގަޔާ ހުންނަވައިގެން އަމިއްލަފުޅު ފޮޓޯއެއް ނަންގަވައި އިންޓަނެޓުން އަންހެނަކަށް ފޮނުއްވައި މައްސަލައެއް ފެންމަތިވަތި ވުމާގުޅިގެން ނެވެ. ރީތި ހަށިގަނޑެއްގެ ވެރިޔާ ލޯގަނޑު ކުރިމަތީގައި ފޯނުން އެ ފޮޓޯ ނެންގެވީ ފަޓުލޫނު ތުރުކުރައްވައިގެން ނެވެ. ނެތީ ގަމީސް އެކަންޏެވެ. އެކަމަކުވެސް އެމެރިކާގައި އެކަންވީ ވަރަށްބޮޑު މައްސަލައަކަށެވެ. އާއްމުންގެ ޕްރެޝަރާ އެކު ލީ އިސްތިޢުފާދިނީ އެވެ. ވެބްސައިޓެއްގައި ފޮޓޯ އާއްމުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިފަދަ މައްސަލައެއް ރާއްޖޭގައި ނިމޭނީ ކިހިނެއްތޯ އެވެ. ބުލެކްމެއިލް ކުރި މައްސަލައެއް ކަމުގައި ތޯ އެވެ. ބިރުދެއްކުމާއި ނަޖާއިޒް ފައިދާ ނަގަން އުޅުނު މައްސަލައެއް ކަމުގައި ތޯ އެވެ. ބިރުދެއްކުމާއި ކޮރަޕްޝަނާއި ޓެރެރިޒަމްގެ އަމަލެއް ކަމުގައި ތޯ އެވެ. ގޮންމެ ގޮތެއް ވިޔަސް ވަރިހަމަ އެވެ. އެއް ކޮންޕިއުޓަރުގެ ކުރިމަތީގައި ކަންތައްތަކެއް ހިނގިއިރު އަނެއް ކޮމްޕިއުޓަރުގެ ތެރޭގައިވެސް ކަންތައްތަކެއް ހިނގީ އެވެ. މި ރިޕޯޓް އިތުރަށް ވިދާޅުވުމަށް ކުލިކުކޮށްލައްވާ
ޒުވާން އަންހެން ކުއްޖަކާއެކު ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ ކުށުގައި އިޓަލީގެ ބޮޑުވަޒީރު  ބާލުސްކޯނީގެ މައްޗަށް ޝަރީއަތް ކުރަން ނިންމަވައިފި.    މުހައްމަދު ޢަބުދުއްޞަމަދު ކަރީމާއަލްމަޙްރޫޤީގެ   އުމުރުން 17 އަހަރުގައި އޭނާ އާ އެކު ބަދުއަޚުލާޤީ ޢަމަލު ހިންގި ކަމަށް ބާލުސްކޯނީ ދެކޮޅުހަދާ އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީގެ މައްޗަށް ފައިސާ ދީގެން ކުޑަކުއްޖަކާ އެކު ބަދު އަޚުލާޤީ ޢަމަލު ހިންގުމާއި މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ބާލުސްކޯނީގެ މައްޗަށް ސާބިތުވާތީ އޭނާގެ މައްޗަށް ޝަރީޢަތްކުރުމަށް އިޓަލީގެ ފަޑިޔާރަކު އަންގާރަދުވަހު ހުކުމް އިއްވައިފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވާހަކަފުޅު ދައްކަވަނީ: ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީ ހަރުދަނާ ހަރުދަނާ ކުރުމަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި ޤައުމީ ޔުނިވަރސިޓީ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަ   بســم اللّـه الرّحمـن الرّحيــم އުޑުތަކާއި ބިންތަކުގެ ނޫރަކީ ﷲ. އެކަލާނގެ ނޫރުފުޅުގެ މިސާލަކީ، ރަންމުތުގެ ބިއްލޫރި ތަރިއެއްގެ ތެރޭގައި ދިއްލިފައިވާ ބައްތިއެއްގެ މިސާލޭ. އެ ބައްތި ދިއްލޭނީ، ބަރަކާތްތެރި އަތްތަކަކުންނޭ. އެގަހަކީ އިރުމަތީގެ ގަހެއްވެސް ނޫނޭ. އަދި ހުޅަނގުގެ ގަހެއްވެސް ނޫނޭ. އަލިފާން ނުބީހުނަސް، އެ ގަހުގެ ތެޔޮ އަލިކޮށްދެއޭ. އަލިކަމުގެ މައްޗަށް އަލިކަމޭ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް އެކަލާނގެ ނޫރު ދައްކަވަތޭ. އަދި މީސްތަކުން ދެނެގަތުމަށްޓަކައި ﷲ މިސާލު ޖައްސަވަތޭ. އަދި ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވެއޭ.

Egyptian President Hosni Mubarak has stepped down

މިސްރުގެ ރައީސް މުބާރަކު އިސްތިޢުފާ ދެއްވައިފި މުހައްމަދު ޢަބުދުއްޞަމަދު މިސްރުގެ ރައީސް ހުސްނީ މުބާރަކު ވެރިކަމުން އިސްތިޢުފާ ދެއްވައިފި އެވެ. މިކަން އިޢުލާން ކުރެއްވީ މިސްރުގެ ނައިބްރައީސް އުމަރު ސުލައިމާން މިސްރުގެ ގައުމީ ޓީވީން ދެއްވި ކުރުބަޔާނެއްގައެވެ. 14 އޮކްޓޯބަރ 1981 ގައި ފެށުނު، 30 އަހަރުގެ ޚުދުމުހުތާރު ވެރިކަމުން މުބާރަކު އިސްތިޢުފާދިނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް މިސްރުގެ ރައްޔިތުން 3 ހަފުތާ ވަންދެން ކުރަމުން ދިޔަ މުޒާހަރާތަކާއި މިސްރުގެ އަސްކަރިއްޔާއިން މުބާރަކަށް ކުރިމަތިވި ފިއްތުންތަކަށް ކެތްކުކުރެވިގެންނެވެ. އަދި ބައިނަލް އަގުވާމީ ޕްރެޝަރަށް ހަދާނެގޮތް ހުސްވެގެންނެވެ.
އިސްލާމީވަންތަކަމުގެ ގުޅުމަށްފަހު ގައުމީވަންތަކަމުގެ ގުޅުމަށްވެސް ސަމާލުކަން ދިނުން ސައުދުﷲ ޢަލީ އިންސާނުންނަކީ އެކަކު އަނެކަކާ އެތައް ހައިސިއްޔަތަކުން ގުޅިފައިވާ މަޚުލޫޤުން ތަކެކެވެ. މި ގޮތުން އެންމެ ފުރަތަމަ އިންސާނީވަންތަ ގުޅުމެވެ. އެހެނީ މީގައި ހުރިހޢ އިންސާނުން ބައިވެރިވެއެވެ. ކީރިތި ގުރުއާނުގައި " އޭ މީސްތަކުންނޭ " މިފަދައިން އެތައް އާޔަތެއްގައި މުޚާތަބު ކުރައްވާފައި ވެއެވެ. އަދި " އައްސާސް" އެބަހީ މީސްތަކުން މި ލަފުޒު 200 އަށް ވުރެން ގިނައިން ވާރިދުވެފައި ވެއެވެ. ދެވަނަ ގުޅުމަކީ ގައުމީވަންތަ ގުޅުމެވެ. މީސްތަކުންކުރެ ވއކި ބަޔަކު އުޅޭ ތަނުގެ ގޮތުންނާއި ވާހަކަ ދައްކާ ބަހުގެ ގޮތުންނާއި އެންމެން ބައިވެރިވާ އެތައް ބަހާތަކެއް ހިމެނޭ މަސްލަހަތުތަކެއް ގައުމިވަންތަ ގުޅުމުގައި ހިމެނެއެވެ. މިއީ މުހިންމު ގުޅުމެއްކަން "ގައުމު" މިބަހާއި މިބަހުން އުފެދިފައިވާ ބަސްތައް ކީރިތި ގުރުއާނުގައި 340 ފަހަރަށް ވުރެން ގިނައިން އައިސްފައިވުމުން ދޭހަވެއެވެ. މިލިޔުން އިތުރަށް ވިދާޅުވުމަށް ކޮށްޓާލަ !

Local council Election Live coverage – Ihavandhoo

ނަތީޖާ:  އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާ   1121 ވޯޓް 25.43% 1- މުހައްމަދު ރަޝިދު 1111 ވޯޓް 25.18% 2- ޢަބުދުﷲ ހުސެއިން 1069 ވޯޓް 24.18% 3- ހުސެއިން ޔޫޝަޢު 1017 ވޯޓް 23.06% 4- އަޙުމަދު ޖަވްޒް 785 ވޯޓް 10.09 % 1- މުހައްމަދުސަމީރު 747 ވޯޓް 9.59 % 5- ޢަބުދުﷲ މަންސޫރު 739 ވޯޓް 9.52 % 9- މުހައްމަދު ސިރާޖް 740 ވޯޓް 9.52 % 6- އަހުމަދު ވަހީދު 736ވޯޓް 9.47 % 10- ޢަލީ ރަމީޒު 669 ވޯޓް 8.60% 7- މުޙައްމަދު ޢަބްދުލްމުޙްސިން 653 ވޯޓް 8.45% 11- މުޙައްމަދުޒާހިރުޙަސަން 650 ވޯޓް 8.34% 2- މުޙައްމަދު އަޝްރަފް 634 ވޯޓް 8.20% 8- ޢަބްދުލްމަތީން 565 ވޯޓް 7.31% 4-އާމިނަތު ރަޟިއްޔާ 490 ވޯޓް 6.29% 3- އިބްރާހީމް ރަޝީދު 47 ވޯޓް 0.61% 12- މުޙައްމަދު ރަޝީދު