Skip to main content

Posts

Showing posts from December, 2017

End of the worl

ޔުނިވާރސް އަދި އިންސާނީ ނަސްލުގެ ނިމުން http://www.alithari.com އެކިއެކި މަޒުމޫނުތަކުންނާއި، ދީނީ ދަރުސުތަކުން އަދި ޓީވީއާއި ރޭޑީޔޯ ޕޮރޮގްރާމުތަކުން ޤިޔާމަތުގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ. އަދި ކީރިތި ޤުރުއާނުގެ އެކި ސޫރަތްތަކުގައި އާއި، ޚާއްސަކޮށް ސޫރަތުލް ޤިޔާމުގައި އެވާހަކަތައްވެއެވެ. މުސްލިމުންގެ މި ސެންޓްރަލް ތީމަށް އެތައްގިނަ ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި “ވަޤުތު” ބަޔާންކުރައްވާފައިވަނީ ރެލެޓިވް އެއްޗެއްގެ ގޮތުގައެވެ. މިގޮތުން ބަލާއިރު ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ހާދިސާތަކަކީ އެވަޤުތު ޖެހޭއިރު ދުނިޔޭގައި އުޅޭ މީސްތަކުންނާއި ދިރުންވާއެއްޗެތިތަކަށް ކުރިމަތިވާ ހާދިސާތަކަކާއި، އަދި އިންސާނީ ނަސްލު ނެތިދިޔުމާއި، އަލުން ދިރުއްވާ މަހުޝަރުކުރެއްވުމާއި، ހިސާބުބެއްލެވުމާއި އަދި އެބަޔަކު ދުނިޔޭގައި ކުރި ޢަމަލުތަކަށް އަޒާބާއި ސަވާބު ދެއްވާ ދުވަހެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން ދުނިޔެ ފަނާވުމާއި ޔުނިވާރސްގެ ނެތިދިޔުމާއި ގުޅުންހުރި ހާދިސާތަކެއްވެސް ޤުރުއާނުގައިވެއެވެ. މިހުރިހާ ހާދިސާތައް ވަނީ ވަކިކްރޮނޮކޮޖިކަލް ތަރުތީބަކުން ނޫންކ