Skip to main content

Posts

Showing posts from October, 2010
އިހަވަންދޫ ބަދަރުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ. އިހަވަންދޫ އާއި ހޯރަފުއްޓާއި ދިއްފުށީ ބަދަރުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސުލް ޖުމުހޫރިއްޔާ މިހެން ވިދާޅު، އެމްޑީޕީގެ ދެވަނަ ކޮންގްރެސް ނިންމުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުން ދެއްވި ޖޯޝުންފުރިގެންވާ ވާހަކަ ފުޅުގައެވެ. މިއީ މިހާތަނަށް ރައީސުލް ޖުމުހޫރިއްޔާ ދެއްވި އެންމެ ފުރިހަމަ ތަގުރީރުކަމަށް ވަރަށް ގިނަ ރައްޔިތުން ދެކެއެވެ. މި ވާހަކަ ފުޅު ދެވަނަ ފަރަހަށް އަޑު އަހާލުމަށް ބޭނުންކަމަށް ވަރަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. މިއީ އެމަނިކުފާނުންގެ ސިޔާސީ ވާދަވެރިން ވަރަށް ބޮޑަށް މާޔޫސްވި ތަގުރީރެކެވެ. ރައީސުލް ޖުމުހޫރިއްޔާގެ ގާބިލްކަމާއި ހުނަރުވެރިކަމާއި ފަސާހަތްތެރިކަމާއި ބަލާގަތްތެރިކަން މިތަގުރީރުން ވަރަށް ރަގަޅަށް ސާފު ވެގެން ދިޔައެވެ. މިތަގުރީރުގެ ސަބަބުން އެމަނިކުފާނުންގެ މަގުބޫލުކަން 60 އިންސައްތަ މައްޗަށް ޖެހިއްޖެ ކަމާމެދު ޝައްކެއްނެތެވެ.
Maldivian Medical student gives birth on board Etihad flight Source: Gulfnews.com Aminath Raushan Khaleel, 24, was en route to Minsk with her husband where the two had to report for their new medical college before October 30 when she went into labour.
ފަންޑިތައިގެ ސަބަބުން ދަރިން ނުލިބޭގޮތް ވެދާނެތޯ؟ ސަލާމަތްވާނީ ކިހިނެތްތޯ؟ ޖަވާބު:- ދަރިން ލިބުނަ ނުދިނުމަށްވެސް ލަޢުނަތްލެއްވިގެންވާ ސިހުރުވެރިން ސިހުރު ހަދާ އުޅެއެވެ. މިފަދަ ކަމެއް ދިމާވެއްޖެކަން ޔަޤީން ވެއްޖެނަމަ އެކަމަށް ކުރެވޭނެ ކަންކަން ވެސް މިކަމުގެ ޢިލްމުވެރިން ބަޔާންކުރެއެވެ. އެގޮތުން މިކަމަށްޓަކައި ފަރުވާ ކުރާނެ ގޮތެއް މިތަނުގައި ބަޔާންކޮށްލާނަމެވެ. އެފަދަ ސިހުރުގެ ބައެއް ޢަލާމާތްތައް:
މުދައްރިސުންގެ ދުވަސް މިއަދުގެ އިރު އުދަރެހުން ފާއްދައިލީ އަޅުގަނޑުގެ ހިތަށް ވަރަށްވެސް އުފާވެރި ޝުޢޫރުތަކެއް އިހުސާސް ކުރުވައިދެމުންނެވެ. އެއީ މިއަދަކީ މުދައްރިސުންނަށް ޙާއްޞަކުރެވިފައިވާ ދުވަހަކަށް ވާތީ އެވެ. ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހަށް ވާތީ އެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އިހުތިރާމާއެކު މުދައްރިސުންނަށް އަރިސްކުރަމެވެ.