Skip to main content

Posts

Showing posts from August, 2009
ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތާ ބެހޭގޮތުން، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު 26 އޯގަސްޓް 2009 بســم اللّـه الرّحمـن الرّحيــم ރާއްޖޭގެ ކުރިއަށް ތިއްބެވި ވިޔަފާރިވެރިން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހާ ރައްޔިތުން . السّـلام عليـكم އެންމެހާ ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން. ސިޔާސީ ގިނަ ޕާޓީއަށް ވާދަކުރެވުނު ރިޔާސީ އިންތިޚާބެއް، މި ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު. މި ތާރީޚީ އިންތިޚާބުގައި މި ރާއްޖޭގެ ލޮބުވެތި ރައްޔިތުންވަނީ ވަރަށް ހިތްވަރާއެކު ޑިމޮކްރަސީގެ މަގު އިޚްތިޔާރުކޮށްފައި. މާތްﷲގެ ވާގިފުޅާއެކު ދެން ފެށުނު ވެރިކަމުގައި، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކަށް ވެފައި މިވަނީ، މިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިޤްތިޞާދު ކަލައިކޮށް ވަރުގަދަކުރުން.އާ ސަރުކާރުން ވެރިކަމާ ޙަވާލުވީ އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަ
ބަރަކާތްތެރި ރަމްޟާން މަހުގެ ހެޔޮއެދުމާއި ތަޙުނިޔާ އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ .
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްވި 11 ވަނަ ރޭޑިއޯ ޚިޠާބު بســم اللّـه الرّحمـن الرّحيــمالسّـلام عليـكم ] މިއަދަކީ 21 އޯގަސްޓް 2009ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިއޯގެ ޒަރީޢާއިން ބައްދަލުވާއިރު، އެނގިވަޑައިގަންނަވާނެ، އެންމެ ފުރަތަމަ ކަމަކަށްވެސް އެންމެ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަން ބޭނުން، ބަރަކާތްތެރި ރޯދަމަހުގެ އެންމެހާ ހެޔޮއެދުންތައް . އަހަރުގެ ރޯދަމަހަކީ، ކުރީ އަހަރަށްވުރެ ތިޔާގި އަދި ތަނަވަސް މައްސަރެއް ކަމުގައި ވެގެންދާނެކަމުގެ އުފާވެރި ޚަބަރުތަކަށް ހިޔަނި އެޅޭ ބާވަތުގެ ބައެއް ވާހަކަ އެބަ ދެކެވޭ. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް ސީދާ މީގެ ޙަޤީޤަތް އެނގިވަޑައިގަންނަވާނެ. ބާޒާރުގައި ތަކެތީގެ އަގު ހުރިގޮތްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އިރާދަކުރައްވައިގެން، މައިގަނޑު ގޮތެއްގައި ރޯދަމަހު ބޭނުންކުރާ ތަކެތީގެ އަގު، ކުރިއާ އަޅާބަލާއިރު ބޮޑުވެފައެއްނުވޭ. އަދި ހަމައެހެންމެ، މިއަހަރު ރޯދަމަހުގެ ޢިނާޔަތުގެ ގޮތުގައި ސަރުކާރުން ދެވުނު ފައިސާގެ ޢަދަދު، ކުރީ އަހަރ
މަސްގަން އަގާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ ރަށު އޮފީހާ ކޯޓް ހިސާރުކޮށްފި . މަސްގަންނަ އަގާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ ރަށު އޮފީހާއި ކޯޓް އިއްޔެ (3/8/2009 ) ހިސޯރުކޮށްފި އެވެ. އިއްޔެ 7:30 އެހާއިރު ރައްޔިތުން ނިކުމެ އޮފީހާއި ކޯޓް ހިސޯރުކުރީ ހޮނިހިރު ދުވަހު މަސަގަންނަ އަގަށް ގެނައި ބަދަލާއި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ޚަރަދުތައް ދެކޮޅު ނުޖެއްސީތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. މަސަކިލޯއެއް 3.5 ރ އަށް ވިއްކައިގެން 80 ފޫޓާއި 85 ފޫޓްގެ ބޮޑެތި ދޯނިފަހަރުގައި ، ބޮޑެތި އިންޖީނު އަޅައިގެން މަހަށް ދިއުމަކީ ޚަރަދުތައް ދެކޮޅު ޖެއްނޭނެ ކަމެއް ނޫން ކަމަށެވެ. އޮފީސް ގޭޓް ކުރިމަތީގައި ޖޯލިފަތިތައް ބަހައްޓައި، މަސްވެރިންގެ ޝުޢޫރުތައް ބެނާތަކުގައި ލިޔެފައި ވެއެވެ. މަސްވެރިން ފާޅުކޮށްފައިވާ ޝުއޫރުތަކުގައި ވެއެވެ. "ތެޔޮ އަގުބޮޑުވި ފަދައިން މަހުގެ އަގުވެސް ބޮޑުކޮށް، ދިރި އުޅުމުގައި އެންމެނަށް ހަމަ ހަމަ ފުރުޞަތު ތަކެއް ދީ" އިހަވަންދޫގެ ރައޔިތުންނަކީ މަސްވެރިކަމުގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ ބައެކެވެ. މަސްވެރިކަން ހީނަރުވެ، އަތްމަތި ދަތިވެފަ
މިހާރު ހަނދާންވަނީ އެވެ. މާބޮޑަށްވެސް ހަނދާންވަނީ އެވެ. ވާހަކަ ދައްކާ ހިތް ވަނީ އެވެ. މާބޮޑަށްވެސް ވާހަކަ ދައްކާހިތްވަނީ އެވެ. ފެނުމުން ބަޔާން ކުރަންތަދި އިހުސާސް ތަކެއް ވަނީ އެވެ. މާބޮޑަށްވެސް އެއިހްސާސްތައް ވަނީ އެވެ. މޫނަށް ބަލާ ހިތްވަނީ އެވެ. މާބޮޑަށްވެސް ބަލާ ހިތް ވަނީ އެވެ. ލަނދުރަކެތި ގޮތެއް ވަނީ އެވެ. މާބޮޑަށްވެސް ވަނީ އެވެ. ތީނަ ފެނުމުންނެވެ. މިހާރު ވަރަށް ސަޅިއެވެ. މާބޮޑަށް ވެސް ރީތިވެފައި ސުމާޓެވެ. ބަނޑު ހިންދާލީމާ މާބޮޑަށްވެސް ސަޅިވާނެ އެވެ. ގަޔަށް ބާރު ގަމީސް ލާތީ އެވެ. ހީނުކުރާށެވެ. އަހަރެން ދިމާކުރަނީ އެވެ. އަހަރެން އަދިވެސް ހުރީ ހުސްކޮންނެވެ. ތީނައަށް ތިން ކުދިން ލިބިއްޖެ އެވެ. ބޮޑު ބައްޕަ އެކަށް ވެއްޖެ ދޯ އެވެ. އެއީ މައްސަލައެއް ކަމަކަށް ނުދެކެމެވެ. އަހަރެންގެ ލޯތްބައް ބަދަލެއް ނާންނަނީ އެއީ މައްސަލައަކަށް ނުވާތީ އެވެ. ތީނަ ސުވާލު ކުރެއެވެ. އަހަރެންގެ ތިމާގެ މީހުން ގާތުގައެވެ. އަހަރެން މީހަކާ އިންނަނީ ކޮންއިރަކުންތޯ އެވެ؟ އެހެންވެ ސާފުކޮށް ބުނަމެވެ. ތީނަ ދެކެ އަހަރެން ވާ ލޯބި ބަޔާންކުރަން ޖެހިލުންވެއެވެ. ތީނަގެ އަންހެނުން ވަރިކޮށްފާނެތީ އެވެ. އަހަންނަށް އެނގެއެވެ. ތީނަ