Skip to main content

Posts

Showing posts from January, 2013

ރަށްގޮވާއަޑު

ކޮލަމް:ފިލިކޯޅި މިއީ ކޮރަޕްޝަން ތޯ އެވެ. ނުވަތަ ރިޝްވަތު ތޯ އެވެ.  ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޮރަޕްޝަންވަނީ އާއްމުވެފައެވެ. ކަމިޝަނެއްނެތި އެއްވެސް ކަމެއް ނުހިނގައެވެ. ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢުގެ އަދުލު އިންސާފުގެއްލި އެތައްބަޔަކަށް ލިބެންޖެހޭ ހައްގުތައް ނުލިބި، ނުލިބެންޖެހޭ އެތައް މަންފާއެއް ލިބެމުން ދެއެވެ. މިކަންތަކަކީ ކަމެކޭ ހީނުވާކަމެއް ނަމަވެސް، ކޮރަޕްޝަނުގެ މިއަމަލުގެ ސަބަބުން މުޖުތަމަޢު ދަނީ ހަލާކުވަމުންނެވެ. ބޭއިންސާފު އާއްމުވަމުންނެވެ. ތެދުވެރިކަން ނެތި، ނަޒާހަތްތެރިކަން ގެއްލެމުންނެވެ. މިނުރައްކާތެރި ވަބާދަނީ މިކުޑަކުޑަ މުޖުތަމަޢުގައިވެސް ވަކި ހިއްޕާމުން، މޫލައި، ދުވަމުންނެވެ.

ކޮލަމް: ފިލިކޯޅި

ސަރުކާރު ގަބޫލުނުކުރާކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކުރުން، ފެބްރުއަރީ 7 ތަކުރާރުވުން ތުއްތުމަނިކު  ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ " ބަޣާވާތަކުން" ކަމަށްބުނެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއިން މިދިޔަ ހުކުރު ދުވަހު ހުށަހަޅައިފިއެވެ. މަޖީލަހަށް ޕެޓިޝަން ގެންދިޔައީ ތަންޑިޔާތަކުގައި އެލުވައިގެން " އެރެއަށްވުރެ މާބަރޭ" އަންބާ ކިޔަމުންނެވެ. ތަންޑިޔާތަކުގައި ކޮނޑުޖަހައިގެން ތިއްބެވީ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނެވެ. މި ޕެޓިޝަނުގައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން އިއުލާންކުރެއްވި ސަރުކާރަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބަޣާވާތެއްގެ ތެރެއިން އުފެދި ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޣައިރު ގާނޫނީ ސަރުކާރު ގަބޫލުނުކުރާކަން ރައްޔިތުންގެ މަޖީލީހުން އިޢުލާންކޮށް ދިނުމަށެވެ.

ތެޔޮވަޅާއި ބްރިޖްތަކާއި ކިރުތައްޓާއި ދޮންކެޔޮވައް

އިސްމާއިލް ނަސީރު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަންނަ ވައުދުގެ ބޯވިލާގަނޑު އަޅުގަނޑުމެންގެ ބޯމައްޗަށް މިހާރު ވަނީ އަރައިފަ އެވެ. މިއީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވާނެ ވައުދުތަކާ ދޭތެރޭ ވިސްނަމުންދާ ދުވަސްކޮޅެވެ. ރައްޔިތުންނަށް ދައްކާނެ މެނިފެސްޓޯތައް ތައްޔާރުކުރުމަށްޓަކައި ދިރާސާކުރަމުންދާ ދުވަސްކޮޅެވެ. މިހާރު ވެސް ބައެއް ޕާޓީތަކުން އެ މަސައްކަތް ވަނީ ފަށައިފަ އެވެ. ސިޔާސީ ބައެއް ވެރިން އެ ބޭފުޅުންގެ މެނިފެސްޓޯގައި ހިމެނޭނެ ބައެއް ވާހަކަތައް ދައްކަވަމުން ވެސް އެބަ ގެންދަވަ އެވެ.
އަވަހަށް ތަލަވާ ޒުވާނުންނަށް ފޯކުގެ ކެންސަރު ޖެހުން ގާތް By Pat Hagan  އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން މިހާރުވަނީ ތަލަވާން ފަށާފައެވެ. ތަލަވުމަކީ ވަރަށް ގިނަ ޒުވާނުން ކަންބޮޑުވާކަމެކެވެ. ދެރަވާކަމެކެވެ. ތަލަވާތީވެ ބަލީގެ ކުރީކޮޅު ބައެއް މީހުން ބޮޑު ޚަރަދުކޮށްގެން އިސްތަށި އިންދައިގެން އުޅެއެވެ. ތަލަވުމުގެ ނުތަވަސްކަމުގެ މައްޗަށް އިތުރު ހާސްކަމެއް ކުރިމަތިވީ އެވެ. އުމުރުން 40 އަހަރަށް ދާއިރު ތަލަވާ  ޒުވާން ފިރިހެނުންނަށް އުރަވަޅީ ސެންސަރު ( prostate cancer ) ޖެހުން ވަރަށް ގާތްކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

ރަށްގޮވާއަޑު

ކޮލަމް:ފިލިކޯޅި ރައީސް މައުމޫނު އަލުން ވެރިކަމަށް ކުރިމަތިލައްވަފާނެތޯ އެވެ. ދިވެހި ވަރަށް ގިނަރައްޔިތުންގެ ސުވާލެކެވެ. އަދި އެމަނިކުފާނުންގެ ސީދާކޮށް ޖަވާބުނުދެއްވާ ސުވާލެކެވެ. ފައިބެ އަަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިޔުއެއްގައި އެމަނިކުފާނުން ވިދާޅުވެފައިވަނީ ވެރިކަމަށް ކުރިމަތިލެއްވުމާއި މެދު އަދި ވަކިގޮތެއް ނުނިންމަވާކަމަށެވެ.  އެހެންނަމަވެސް، ނިމިދިޔަ ޕީޕީއެމްގެ ކޮންގްރެސްގައި ، އެޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބުދުލް ގައްޔޫމު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަމުގެ އިޝާރާތެއް އެމަނިކުފާނުންގެ ދޮށީ ފިރިހެން ދަރިކަލުން ފާރީޝް މައުމޫނުވަނީ ދެއްވާފައެވެ.   
ބޭނުންކަމެއް ކުރުން Leah Malone އިންސާފުނުލިބުމާއި ހަމަހަމަކަމެއްނެތުމުގެ ވާހަކަޔަކީ ރައްޔިތުންގެ ހިތުގެ ވިންދާއެކު ދުލުގެކުރިން ނިކުން ޝިކާޔަތެކެވެ. މިޝަކުވާ އަޑުއަހާނެކަންފަތެއް ، ދެކޭނެ ލޮލެއް ، ހަމްދަރުދީވާނެހިތެއް ނެތެވެ. އެހެންކަމުން ރައްޔިތުން މިވަނީ މާޔޫސްވެފައެވެ. ކަންބޮޑުވެފައެވެ. ބިރުވެރިކަން ހިތަށްވަދެފައެވެ.   ކުއްލިއަކަށް ސަރުކާރެއް ބަދަލުވުމާއި، އޭގެ ސަބަބުން އުފެދުން ނުތަނަވަސްކަމާއި، ހަމަނުޖެހުމާއި، ތަޅާފޮޅުމާއި ގޮތެއްފޮތެއް ނެތުމާއި، ފުރައްސާރަތަކަށް ފަހު މިހާރުމިފެންނަނީ އެބަޔަކުބޭނުން ގޮތަށްތަކަށް ބޭނުންކަމެއް ކުރާތަނެވެ. 

ބަސީރުބޭ އަޅާދިން މިސްކިތް

  އަހުމަދު ހަމީދު އާދަމް   މިރަށް. ހއ. އިހަވަންދޫގައި އަލަށް އެޅި މިސްކިތް، މަސްޖިދު އަބޫބަކުރު ސިއްދީގު މިއަދުގެ ހުކުރު ނަމާދާއެކު މިވަނީ ހުޅުވިފަ އެވެ. މިވަގުތު އަހަރެން މިހުރީ މި މިސްކިތުގެ ދާލައިގަ އެވެ. ހިތަށް އަރަ އެވެ؛ އަބަދުވެސް މިސްކިތް އަޅައި ދެނީ ކޮންމެވެސް ވިޔަފާރިވެރި މަހުޖަނެކެވެ . އެކަމަކު މިރަށުން މަންޒަރު ބަދަލުވީ އެވެ. ގާތްގަނޑަކަށް 3000 އާ ގާތްކުރާ މިރަށުގެ އާބާދީއަށް، ބޭނުންވާނެ ފުރިހަމަ މިސްކިތެއް ހަދިޔާ ކޮށްދެވީ އާދައިގެ މަސްވެރިޔެކެވެ. މިރަށު މުހައްމަދު ބަޝީރު އާދަމް، 50. އެވެ .
ދިވެހި ގުނުން މާމަކުނުދޫ ބޮޑު އީސާގެ ވާހަކަ ކިޔާލާ ހިތްވެއްޖެއެވެ. އެހެންވެ ، މިފޮތް ފޮތްފިހާރައަކުން ގަނެފީމެވެ. ފޮތުގެ މުސައްނިފަކީ ބޮޑު ފެންވަޅުގޭ ސީދީ އެވެ. ސީދީ މާމަކުނުދޫއަށް ފޮނުވާލާފައި ހުންނެވި ވާހަކަ ރަށުގެ މުސްކުޅިން ދައްކާއުޅެއެވެ. އެހެންވެ، ފޮތުގެ ނަންފެނުމާއެކު ، ޔަގީންވީ މިފޮތް ސީދީ ލިޔުއްވާފައިވާނީ ބޮޑު އީސަގެ ދިރިއުޅުން ލޮލުން ފެނި އަތުން ހިފައިގެންނެވެ.  މިފޮތުގައި މާމަކުނުދޫ މީހުންގެ ދިރިއުޅުން ސިފަކޮށްދީފައިވަނީ ވަރަށް ފުރިހަމަ އަށެވެ. މިފޮތުން ދޭހަކުރަން އެންމެ ދަތިވީ އެދުވަސްވަރު ދިވެހިން ގުނާ އުޅޭގޮތެވެ. އަދަދުތަކެވެ. މީގެ ފަންސާހަކަށް އަހަރުގެ ކުރިން ދިވެހީން ގުނާ އުޅެނީ، އަދަދު ބެލުމުގެ ދިހައިގެ ހަމަޔަކުން ނޫނެވެ. ދޮޅަހުގެ ހަމައިންނެވެ. ދޮޅަހަކީ ބާރަ އެވެ. އޭރު ގުނުމުގައި ފާހަގަކުރަނީ އަދަދެއްގައި ދިހައެއް ހިމެނިފައިވާ މިންވަރެއް ނޫނެވެ. ބާރަ ހިމެނިފައިވާ މިންވަރެވެ.  އޭރު ގުނާއުޅޭ ގޮތުގައި   މިހާރު މިކިޔާއުޅޭ ފަދައިން ދިހައެއް ކިޔާފައި ދެން ކިޔާނީ "އެކޮޅަސް" މިހެންނެވެ. އެގާރައެއް ނޫނެވެ. ދެން ކިޔާނީ ބާރައެއް ނޫނެވެ. "ދޮ
އިހަވަންދޫ ގޯތި ދޫކުރުން ގޯތިގެދޮރުގެ ދަތިކަމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އިޖުތިމާޢީ އަސާސީ އުފާތަކުން އިންސާނާ މަހުރޫމްކުރުވާ ކަމެކެވެ. އިޖުތިމާޢީ ، އާއިލީ މައްސަލަތައް ޖެހި، ދިރިއުޅުން ނުތަނަވަސް ކުރުވާކަމެވެ. މިމައްސަލަ ވަނީ އިހަވަންދޫގެ ބޯމަތީގައެވެ. ގޯތި ދޫކުރުމުގެ އިންތިޒާރުގައި ތިބި ޒުވާން އެތަކެއް ދެފިރިންނެއް އެބަތިއްބެވެ. ރަށުން ގޯތި ދޫނުކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ. އެންެމެ ފަހުން ދޫކުރީ 40 ފޫޓް 40 ފޫޓްގެ ކުދިން ގޯތިތަކެކެވެ. އެގޭފަހުން އަދި ގޯޗެއް ދުލެއް ނުކުރެއެވެ.  ގޯތި ދޫކުރަންފެނޭތޯ ނުފެނޭތޯ ބެލުމަށް ބައެއް ޒުވާނުންނާއި ކުލަބު ޖަމާއަތްތަކުގެ ބާރުވެރިން މިދިޔަ އަހަރު ކައުންސިލް އިދާރާއަށް ގެންގޮސް ، ސައުވޭއެއް ވަނީ ކައުންސިލުންކޮށްފައެވެ. ގޯޗަށް އެދި ބައެއް ފަރާތްތަކުންވަނީ ކައުންސިލަށް ސިޓީ ބިޓީވެސް ބަދަލުކޮށްފައެވެ. ޖަވާބަކީ ގޯއްޗަށް އިޢުލާންކުރީމާ ސިޓީލާށެވެ. ތިޔަ ސިޓީ ލިބިއްޖެއެވެ. މިތިބީ ތިޔަ ކުރާ އިޢުލާނުގެ އިންތިޒާރުގައެވެ. ދެންއަވަހަށް އިޢުލާންކުރާށެވެ. އިޢުލާންކުރާނީ ކޮންއިރަކުންތޯ އެވެ.
އިހަވަންދޫއަށް "ސިހުރު" ޖެހިފައި ވަނީ ބޮޑަށް! ސިޔާސީ ދެކޮޅުވެރިކަމުގެ ފިތުނާގައި ޖެހި ، ހިތްތައްކަޅުވެ، ގުޅުންތައް ކެނޑި، ފިތުނައިގެ މުސީބާތުގައި ޖެހިފައިވާ ރައްޔިތުންގެ ހިތްތައް ، ދެއަވަށުގެ ވާދަވެރިކަމުގެ ފިތުނައިގެ ތެރެއަށް ގެނބުނީ ނިމިތިޔަ ގައުމީ އަންހެނުންގެ ވޮލީ މުބާރާތުގެ ތެރޭގައެވެ. ކުޅިވަރުގެ ފޯރީގައިޖެހި އިތުރު ބައިބައިވިމެއް އުފެދުނީ އެވެ.