Skip to main content

Posts

Showing posts from May, 2011

ރަށްގޮވާއަޑު

މިއަޑުތައް އަހާނެ ކަންފަތެއް އަދަކުނެތެވެ. މިއިހުސާތައް އިހުސާސްކުރާނެ ހަމެއް، ހިތެއް ނެތެވެ. މިވާހަކަތައް ދައްކާނެ ދުލެއް ނެތެވެ. އިސްލާޙަށް ، އިސްވާނެ މީހަކު ނެތެވެ. ނަމަވެސް އިހުސާސްތައް ހިތުގައި ބަހައްޓައިގެން ބުނެދޭކަށް ނެތީމެވެ. ނުބުނެމިތާ ހުރެވޭކަށްވެސް ނެތެވެ. މިސްރާބު މިދަނީ އަޅުވެތިކަމުގެ ކިއްލާއަކަށެވެ. "ރަށްހިންގާ" "ބޮޑުބާުރުން"ގެ އަޅުވެތިކަމަށެވެ. ރަށަށްބޭނުންވާ ޚިދުމަތެއްވެސް، ތަރައްގީގެ މަޝްރޫއެއްވެސް އަންނާނީ "ބޮޑުބާރުން"ގެ ތަރައްގީގެ ޕްލޭންގެ ދަށުންނެވެ. ގައުމީތަރައްގީގެ ޕްލޭން އޮތީ "ބޮޑުބާރުން"ގެ އަންބޮނޑިދަށުގައެވެ. "ބޮޑުބާރުން" ހަދަނީ ތަޞަައްވަރެކެވެ. 

Advantages of Breastfeeding

Below is a compilation of various medical studies on the advantages of breastfeeding, compiled by Dr. Jon Ahrendsen.  Don't forget about one of the main benefits of breastfeeding: watching your happy, healthy child grow up, knowing you've given her the very best you could give.

ކެލާ ދާއިރާގެ މެމްބަރު މައުސޫމުގެ ލަވްސްޓޯރީ

މިވާހަކައަކީ ހަމަ ކޮންމެ މީހަކަވެސް އަޑުއަހާލުން ރަގަޅު ވާހަކަ ތަކެކެވެ. އުފާވެރި ދިރިއުޅުމަކަށް މަގުދައްކައިދޭ އަސަރު ގަދަ އިޝްގީ ސްޓޯރީ އެކެވެ. ދެމަފަރިން އެކުގައި މަޖާކުރުމާއި އެކުގައި ވަގުތު ހޭދަކުރުމަށް ނަމޫނާ ވާހަކަ އެކެވެ. މިވާހަކާގައި މައުސޫމް ގެންގުޅުއްވާ އެދުވަހުން ބޮއި ހުސްކުރާ ކޮފީތަށީގެ ރަހަ ބައްލަވާލެއްވުމާއި މިކޮފީތައްޓަށް މައުސޫމުގެ އަނބިކަބަލުން ކަންކުރައްވާގޮތް ބައްލަވާލެއްވުމަށް  މިތަނަށް ކުލިކުކޮށްލައްވާ!

ދިވެހި ޤައުމު ދުށް ކަޅު ތިން އަހަރު

  މުހައްމަދު ބުޝްރީ ލޯބިން މީހުންނާ ކައިވަނި ކުރުމަށް ފަހު ގޮތް އެނގުމުން ވަރި ވެސް ކުރެއެވެ. އެމް.ޑީ.ޕީ. އާއި ރައީސް ނަޝީދުގެ މެނިފެސްޓޯ އާއި ވަޢުދުތައް އަޑު އެހުމަށް ފަހު ކުރެވުނު އިތުބާރަކާއި އެކު ނަޝީދަށް ތާއީދު ކުރެވުނެވެ. ނަމަވެސް ނަޝީދަށް ތާއީދު ކޮށް ދެއްކުނުހައި ވާހަކައަކާއި ކުރެވުނުހައި މަސައްކަތެއް މިހާރު މި ވަނީ ފަނުފުލުން ގޮސްފައެވެ.  މި ސަރުކާރަކީ ސުޕްރީމް ކޯޓުގައި ބޮޑު ތަޅު އެޅުވި ސަރުކާރެވެ. އެ ދުވަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ތަންކޮޅެއް ކެރޭ ފަނޑިޔާރަކު ހުންނެވި ނަމަ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ކުށުގައި ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ހުކުމް ކުރެއްވީސް ކަން ޔަގީނެވެ.

Reflections on Primary Education

By S. Thadchanamoorthy Editor’s Note: Mr. S. Thadchanamoorthy served in the Maldives for 21 years, first as a Teacher at Majeediyya School and later as a Principal of Schools. He believes his reflections might provide a stimulus to research and discussions. Primary education should be sound in any country or in any school is a well-accepted position. We believe a child will do well if the foundation is good. The present day approach, Child Friendly School (CFS), is great indeed. The primary children are really enjoying the education in the Maldives, wherever the teachers have imbibed the principles of CFS and more importantly love their students. In such situations, the teachers too are enjoying their professional life. We congratulate the educationists who introduced the CFS programme boldly – it needed a lot of physical and mental adjustments on the part of all stakeholders, namely the parents, teachers, children and the Ministry of Education.
ރައީސާއި ރަދުންގެ ބަސްފުޅު! މުންޑޫ އާދަމް ހަލީމް ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ތަފާތު ބަސްފޮތެއް ގެންގުޅުއްވާ ބޭފުޅެކެވެ. އަޅުގަނޑު ވަރަށް ގަޔާވެ އެވެ. އެ މަނިކުފާނު ވިދާޅުވާ ތަފާތު ބަސްތަކާއި ބައެއް ޖުމްލަތައް ވަރަށް ފަހިކޮށް ވައިގައި ހިފަމުން ވެސް ދެ އެވެ. އޭގެ ތެރެއިން މިހާރަށް އެންމެ ހިނގާ ޖުމްލައަކީ "ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް،" ކަމަށް ވިދާޅުވި ވާހަކަފުޅެކެވެ. ވަރަށް ގިނަ މީހުން ރައީސްގެ އެ ޖުމްލަ މިހާރުގެ ހާލަތާ ގުޅުވައިލަ އެވެ. ކޮންމެ ކާރެއްގެ ފަހަތަށް، ކޮންމެ ކާޅެއްގެ ފަހަތަށް ކޮންމެ ބަކަރިއެއް، ކޮންމެ ގުރައެއްގެ ފަހަތަށް ވެސް ލާންވީ ފުލުހެކޭ ބުނެ އުޅެ އެވެ. ބައެއް މީހުންނަށް އެކަން ވެގެން އުޅެނީ ބޮޑު ހަޖުލަކަށެވެ. އަޅުގަނޑު ވިސްނާލާއިރު ޑޮލަރާ ގުޅުވައިގެން ރައީސް ވިދާޅުވި އެ ވާހަފުޅަކީ ބަދަލުވެފައިވާ އަޅުގަނޑުމެންގެ ވެށީގެ ކޮންމެ ކަމަކާ މިހާރު ގުޅޭ ވާހަކަފުޅެކެވެ. އެއަކު ހަޖޫ ކިޔާނެ ތަނެއް ނެތެވެ. އަޅުގަނޑުމެންގެ ކޮންމެ ކަމެއް ވަނީ ފުލުހުން ނުކުމެ އޮބި އަޅާ ހިސާބަށް ގޮސްފައި ނޫންތޯ އެވެ؟ މިހެން ބުންޏަސް އަޅުގަނޑު އުޅޭނީ ވަރަށް ފުލުގަ އެ
އިހަވަންދޫ މަދަރުސާގައި އިމާރާތްކުރަމުންދާ 3 ބުރި އިމާރާތުގެ ދެވަނަ ފަންގިފިލާ ފަޅައިގެންގޮސްފި އިހަވަންދޫ މަދަރުސާގައި އިމާރާތް ކުރަމުންދާ 3 ބުރި އިމާރާތުގެ ދެވަނަ ފަންގިފިލާ ވަނީ ފަޅަފަޅައިގެން ގޮހެވެ. ދެވަނަ ބުރީގެ ޝީޓް ފަޅައިގެން ގޮސްފައިވަނީ އިމާރާތް ކުރުމުގައި ފަރުވާކުޑަވުމުގެ ސަބަބުންނެވެ. އަދި މަސައްކަތުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް ފާހަގަ ކުރެވެއެވެ. 

އަނެއް ދިވެހި ރާއްޖެ މިނިކާ ރާއްޖެއަށް ބަދަލުވަނީ

މުހައްމަދު ބުޝްރީ ސަން " މެގަޒިނަށް އަޅުގަނޑު ލިޔުނު ކޮލަމެއްގައި އަޅުގަނޑު އަމިއްލަ ނަފްސާ ސުވާލެއް ކުރީމެވެ. އަދިވެސް މިހުރީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައިތޯ އެވެ! ޖަވާބުގައި އެއިރު އަޅުގަނޑު ބުނީ އާއެކޭ އެވެ! މިހާރު އަޅުގަނޑުގެ ނަފްސާ އަޅުގަނޑު އެ ސުވާލުކޮށްފި ނަމަ ޖަވާބަކަށް ވާނީ އާއެކޭ، އެމްޑީޕީ މެމްބަރެކެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރަކަށް މިހާރު އިތުބާރެއް ނެތެވެ .