Skip to main content

Posts

Showing posts from July, 2014

ތާރީޚީ ނަޒަރަކުން ފަލަސްޠީނާއި ޤުދުސް

ލިޔުނީ: އިޔާޒު ނަސީމް ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ . މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ބައި ކުރެވިފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ . ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ " އިމާރަތު ޝަރްޤުލް އުރްދުން" އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ "އިމާރަތު ޝަރްޤުލް އުރުދުން" (ޓްރާންސްޖޯރޑާން) ނުހިމެނޭ ގޮތަށް "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް "ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން " ގެ ގޮތުގައި އޮތް ސަރަޙައްދެވެ .

ރަމްޟާން މުބާރިކް

ރަމްޟާން މަހުގެ ތަހުނިޔާ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ10 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ބުލޮގްގެ ކިޔުންތެރިންނަށް ރޯދަމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދެންނެވުމުގެ ފުރުޞަތު ނުލިބުނީތީވެ ނިހާޔަތަށް ހިތާމަކޮށް ދެރަވެ، ރަމްޟާން މުބާރިކް ކިޔަމެވެ.  އަހަރުގެ އެހެން ހުރިހާ މައްސަރުތަކަށް ވުރެ އުފާވެރި މާތް އަދި ހެޔޮކަމުގެ މައްސަރެކެވެ. ހުރިހާ މުސްލިމުން ވެސް މި މައްސަރަށް މަރުހަބާ ކިޔަނީ ހިނިތުންވުމާ އެކުގައެވެ. މީގެ އިތުރުން ރޯދައަށްޓަކައި ނަފްސުގެ ގޮތުން ވެސް ވަރަށް ބޮޑަށް ތައްޔާރީވާންޖެހެ އެވެ. އަޅުގަނޑުމެންގެ އަތުންފައިން ކުރެވޭ ގޯސް ކަންތައްތަކާއި ދުލުން ބުނެވޭ ނުރަނގަޅު ބަސްތަކުން ދުރުހެލިވުމަކީ އަބަދުމެ ކުރަންޖެހޭ ކަމަކަށްވާ އިރު، ވަކިން ހާއްސަ ގޮތެއްގައި ރޯދަ މަހު މި ކަންކަމަށް ސަމާލުވާންޖެހެ އެވެ. ރުޅި އިސްކުރުމާއި ރުޅި ގަދަވުމުން ދުރުހެލިވާންޖެހެ އެވެ. މީހުންނަށް ހެޔޮ ފޯރުވައި އެހީތެރިކަން އިތުރުކުރާންޖެހެ އެވެ.