Skip to main content

Posts

Showing posts from January, 2014

ޕީޕީއެމް އިން އިހަވަންދޫ ދާއިރާއަށް ކުރިމަތިނުލާ، އެ ދާއިރާ ޖޭޕީ އަށް ދޫކޮށްލައިފި

ލިޔުނީ: ގުޒުފަތުގެއަޖީޒް އިހަވަންދޫގައި ޕީޕީއެމް ޖޭޕީ ކޯލިޝަންތެރޭގައި ، އެންމެ ބޮޑު ނުތަނަވަސްކަމެއް މިދުވަސްކޮޅު ކުރިމަތިވެފައިވަނީ ، މަޖިލިސް އިންތިހާބަށް ކޯލިޝަންގެ ޕްރައިމަރީއެއް އޮންނާނެތޯ ނުވަތަ ނޫންތޯ އެކޯލިޝަންގައި ހިމެނޭ، މަޖިލީހުގެ ގޮނޑިއަށް ޝައުޤުވެރިވާ މީހުންގެ މެދުގައެވެ. އެހެންވެ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރައިމަރީއަށް ދިޔައީ ނުހަނު ބޮޑަށް ތައްޔާރުވަމުންނެވެ.  ކަންމިހެންއޮއްވައި، މަޖިލިސް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓަށް ވާދަކުރުމަށް ފުރުޞަތު ހުޅުވާލިއިރު އިހަވަންދޫގެ ދާއިރާއެއް ނުހިމެނެއެވެ. އިހަވަންދޫގެ މިކަމަށް ޝައުޤުވެރިވާ މިކޯލިޝަންގައި ހިމެނޭ ޒުވާނުންގެ ހިތުގައި ، އުފެދިގެން މިދިޔައީ ވަރަށް ބޮޑުނުތަނަވަސްކަމެކެވެ. ޑިމިކްރެޓިކް ވެއްޓެއްގައި ކަންވެގެން މިދިޔައީ ވަރަށްވެސް ބޭއިންސާފުންކަމަށް އެފަދަ ޒުވާނުން ދެކިލައްވައެވެ.

އިހަވަންދޫ ރަށުކައުންސިލް ޕްރޮގްރެސިވް ކޯލީޝަނަށް ، އަތޮޅުކައުންސިލް އެމްޑީޕީ

އިހަވަންދޫ ރަށުކައުންސިލް ޕްރޮގްރެސިވް ކޯލީޝަނަށް ، އަތޮޅުކައުންސިލް އެމްޑީޕީ  ތުނޑީގޭ ރަށީދު  ހއ. އިހަވަންދޫ ކައުންސިލް މިއީ ވަގުތީ ނަތީޖާއެވެ، މިނަތީޖާއަށް ބަދަލު އަތުވެދާނެއެވެ. 777 މޫސާ ޢަބްދުއްލަޠީފް 1 784 ޢާއިޝަތު އަޒްހާރާ 2 706 މުޙައްމަދު ސަމީރު 3 783 ޢަލީ ޝަހީމް 4 721 މުޙައްމަދު ސިރާޖް 5 626 އަޙްމަދު ޝާޠިރު 6 877 ޢަލީ ރަމީޒު 7 762 އަޙްމަދު ވަޙީދު 8 848 މުޙައްމަދު ޢާޞިފް 9 701 އަޙްމަދު ރިޟްވާން 10 756 ޢަބްދުﷲ މަންޞޫރު 11 780 މުޙައްމަދު ރަޝީދު 12 794 ޢަބްދުލްމުޢީދު އިބްރާހީމް 13 655 މުޙައްމަދު އަޝްރަފް 14 ހއ. އަތޮޅު ކައުންސިލް (އިހަވަންދޫ ދާއިރާ) މިއީ ވަގުތީ ނަތީޖާއެވެ، މިނަ
އާ ޕްރިންސިޕަލަކާއެކު އާ އަހަރުގެ ކިޔެވުން ފަށައިފި ރައީސް އަބްދުﷲ ޔާމީންގެ އާ ސަރުކާރުން، ތައުލީމީ ދާއިރާ އަށް އާ ލަނޑުދަނޑިތަކެއް ކަނޑައަޅައި، ބޮޑެތި ބަދަލުތަކަކާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، އިހަވަންދޫ މަދަރުސާގައި ހުންނެވީ އާ ޕްރިންސިޕަލް އެކެވެ. އިހަވަންދޫ މަދަރުސާގެ ޕްރިންސިޕަލް އަކަށް ހަމަޖައްސަވާފައިވަނީ ކުރިން އެސްކޫލްގެ ކޮލިފައިޑް ލީޑިންގ ޓީޗަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ރަޝީދު އެވެ. އިހަވަންދޫ މަދަރުސާއަށް ޕްރިންސިޕަލަކު ހޯދުމަށް ކުރި އިޢުލާނަށް އިޖާބަދެއްވީ ހަމަ އެކަނި އެފަރާތުންނެވެ.  އަހުމަދު ރަޝީދަށް ވަރަށް ހޫނު މަރުހަބާއަކާއި ތަހުނިޔާއާއި ޝުކުރު މި ބުލޮގްގެ ކިޔުންތެރިންގެ ފަރާތުން ބަރުތީލަކުރަނީ ހިތުގެ އުމުގުން އިޙްލާސްތެރި ހިތަކުންނެވެ.
އާ އަހަރުގެ މަރުހަބާ އާއި ތަހުނިޔާ މި ބުލޮގް އާ ލިޔުމެއް ނުލިޔެވޭތާ ދުވަސްކޮޅެއްވެފައިވާތީވެ، ކިޔުންތެރިންނަށް ނިހާޔަތަށް މަޢާފަށް އެދެމުން މިފެށުނު އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ހިތުގެ އުމުގުން ދަންނަވަމެވެ.  2014 ވަނަ އަހަރުގެ ފުރަތަމަ ދުވަހުގެ އިރު ދިވެހި އުދަރެހުން ތޮޅިލީ އާ އުއްމީދުތަކެއް އާކޮށްދެމުންނެވެ. އާވެރިކަމެއްގައި، މިހާތަނަށް ދައުލަތުން ހުށަނާޅާވަރުގެ ބޮޑުބަޖެޓެއް ދައުލަތުން ފާސްކޮށް ދިވެހި ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސްދޭނެކަމުގެ ފެހި ސިގްނަލްތައް ފޮނުވަމުންނެވެ.