Skip to main content

Posts

Showing posts from April, 2017

Independence Revolution

މިނިވަންކަމުގެ އިންގިލާބުތައް ޗެކޮސްލަވާކިޔާ 1989 ވެލްވެޓް އިންގިލާބު ޗެކޮސްލަވާކިޔާގައި އޮތް ކޮމިއުނިސްޓް ސަރުކާރު ވެއްޓުނީ 17 ނޮވެމްބަރ 1989 ގައި ކިޔަވާކުދިން ފެއްޓި މުޒާހަރާ ތަކުންނެވެ. އެއީ ނާޒީން ޗެކޮސްލަވާކިޔާއަށް އަތްގަދަކޮށްގެން ތިބުމާއި ދެކޮޅަށް ކިޔަވާކުދިން ކުރި މުޒާހަރާއަކަށް 50 އަހަރު ފުރުނު ތާރީހު ވެސް މެއެވެ. ޕޯލެންޑާއި އިރުމަތީ ޖަރމަނީގައި ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ހިގަމުންދާތާ އެތައް އަހަރެއް ވެފައި ވިޔަސް ޗެކޮސްލަވާކިޔާގައި އެފަދަ ހަރަކާތެއް ނެތެވެ . ކޮމިއުނިސްޓް ސަރުކާރަށް ހީވެފައި އޮތީ ރައްޔިތުންނަށް ބިއަރާއި ސޮސެޖް ލިބޭހާ ދުވަހަކު ރައްޔިތުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ނަމަވެސް ކިޔަވާ ކުދިންގެ މުޒާހަރާއެއްގައި އިތުރު މިނިވަން ކަމާއި ޑިމޮކްރެސީއަށް ގޮވަން ފެށުނެވެ. މުޒާހަރާގައި އެތައް ހާސް މީހުން ބައިވެރިވުމާއިއެކު ކިޔަވާކުދިން ވެރިރަށް ޕްރާގްގެ މެދާއި ދިމާލަށް މިސްރާބު ޖެހިއެވެ .