Skip to main content

Posts

Showing posts from April, 2013
އެހާރާއި މިހާރުގެ ދިވެހި އަންހެނުން އެނގިލައްވަނީ ކިހާވަރަކަކށް ތުއްތުމަނިކު   ކުރީގައި ދިވެހި އަންހެނުންގެ ބޯނިވަލެއް ނުކުރެއެވެ. މިހާރު ވަރަށްގިނަ އަންހެނުން ތިބެނީ ބުރުގާއަޅާފައެވެ. އިބުނުބަތޫތާ ދިވެހިރާއްޖެއާއި ބެހޭގޮތުން ލިޔެފައިވެއެވެ. ދިވެހި އަންހެނުންތިބެނީ  ފުނާއަޅާފައި، އެއްފަރާތަކަށް ހުޅިޖަހާފައެވެ. އެމީހުންގެ ގިނަމީހުން ތިބެނީ ހަމައެކަނި ފޫޅުންތިރި ނިވާވަރުގެ ، އެއްޗެއް އަނދެގެން އެހެންތަންތަން ނިވާނުކޮށެވެ.  މިހާރުވެސް މިގޮތަށް ނިވާކަން ކުޑަކޮށް އުޅޭ އަންހެނުން ގިނައިން ފެނެއެވެ. 
ކޭތަ ނަމާދު ކުރާނެގޮތް މި އަހަރުގެ ފުރަތަމަ ހަނދުކޭތަ މިރޭ ހިފާނެ އެވެ. މިރޭ 11:05 ގައި ކޭތަ ހިފަން ފެށުމަށް ފަހު އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 1:08 ގަ އެވެ. އަދި ކޭތަ ވީއްލާނީ މެންދަމުން އަލިވެ 3:10 ގަ އެވެ. ހަނދު ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ. މިރޭ ކޭތަ ހިފާއިރު ހަނދުން އެއްކޮށް ފޮރުވޭނީ ވަރަށް ކުޑަ ތަންކޮޅެއް ނަމަވެސް ހިޔަނީގެ ސަބަބުން ހަނދުގެ ކުޑަ ތަންކޮޅެއް ފިޔަވައި ފެންނާނީ އަނދިރިކޮށެވެ. މި އަހަރު ތެރޭ ތިން ހަނދުކޭތަ ހިފާއިރު މިރޭ ހިފަނީ އަހަރުގެ އެންމެ ކުރު ކޭތަ އެވެ. މިރޭގެ ކޭތަ ފުރިހަމަކޮށް ފެންނާނީ 27 މިނެޓަށެވެ. މި ކޭތަ ފެންނާނީ އޭޝިއާގެ އިތުރުން ޔޫރަޕާއި އެފްރިކާ އާއި އޮސްޓްރޭލިއާ އަށެވެ.

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާ

ނޯޓް: މިއީ އިހަވަންދޫ މަދަރުސާގެ ކޮލިފައިޑް ޓީޗަރ ފަތުހުﷲ އަހުމަދުގެ އަމިއްލަ ފުޅު ބުލޮގްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.  ފިލޯސަފަރުންނާއި، މުޤައްރަރު ފަރުމާކުރުންތެރިންނާއި ނަފުސާނީ ޢިލްމުވެރިންނާއި މުދައްރިބުންގެ ނަޒަރުގައި ދަރިވަރުންނަށް އުނގެނުމަކީ މާނަހުރިކަމަކަށް ހަދައިދީ ، އަދި އުނގަނައިދިނުމަށް ފަސޭހައީ ފަރުދީ އަދި އިޖުތިމާއީ ހަރާތްތަކުގެ ތެރެއިންނެވެ. މި ކަމަށް ބާރުއަޅާ އުނގެނުމުގެ ނަޒަރިއްޔާއަކީ ބިނާއީ (ކޮންސްޓްރަކްޓިވިޒަމް) އުނގެނުމުގެ ނަޒަރިއްޔާ އެވެ.

އިހަވަންދޫ ކައުންސިލް މެމްބަރުންގެ ތެރެއިން އެންމެ މަޤްބޫލު ބޭފުޅަކީ ކޮބައިތޯ؟

އިހަވަންދޫ ކައުންސިލް މެމްބަރުންގެ ތެރެއިން އެންމެ މަޤްބޫލު ބޭފުޅަކީ ކޮބައިތޯ؟ މުހައްމަދު ސަމީރު ޢަބުދުﷲ މަންސޫރު ޢަލީ ރަމީޒް އަހުމަދު ވަހީދު މުހައްމަދު ސިރާޖް Results އިހަވަންދޫ ކައުންސިލް މެންބަރުންގެ ތެރެއިން އެންމެ މަގުބޫލް ބޭފުޅަކީ ކޮބައިތޯ؟ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރުތޯ؟ ނުވަތަ ނައިބުރައީސް އަބުދުﷲ މަންސޫރުތޯ؟ ނޫނީ ޢަލީ ރަމީޒްހެއްޔެވެ؟ ނުވަތަ އަހުމަދު ވަހީދުތޯ އެވެ؟ އެހެންނޫނީ މުހައްމަދު ސިރާޖް ހެއްޔެވެ؟ ވޯޓް ދެއްވާށެވެ. އަންނަ އަހަރު ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭނެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނެއެވެ. އެއިންތިޚާބަށް ކުރިމަތިލާއިރު މިހާރުވެސް ބައެއް ކައުންސިލަރުން ކުރިމަތި ނުލައްވާނެކަމަށ ގެންދަނީ ވިދާޅުވަމުންނެވެ. އެހެންބައެއް ކައުންސިލަރުން ސިއްރާއި ފާޅުގައި ކެމްޕޭންވަނީ ފައްޓަވާފައެވެ. ތާޢީދު ހޯއްދެވުމަށް ތަފާތު ވާހަކަތައް ދައްކަވައި ތަފާތު މަސައްކަތްތައްވަނީ ފައްޓަވާފައެވެ. މި ބޭފުޅުންގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވައިގެން ރައްޔިތުންނަށް ޚިދުމަތް