Skip to main content

Posts

Showing posts from January, 2015

ފޯލިކް އެސިޑް: ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި

  ފޯލިކް އެސިޑަކީ ވިޓަމިން ބީ ގެ ބާވަތެއްކަމުގައިވާ ވިޓަމިން ބީ ނުވައެކެވެ. މިވިޓަމިނަކީ ހަޔާތުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. މިވިޓަމިން ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައި އުފެދުމުގައި އުނިކަން ހުންނަ ކުދިން ލިބުމާއި ހައްޔަރުން ނެއްޓުމާއި ކުޑަކުދިން އުމުރާ އެއްގޮތަށް ހެދި ބޮޑުވުމަށް ބުރޫއެރުމާއި ހަށިގަނޑުގައި ލޭ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ . އުފަންވެނި ޞިއްޙަތުގެ ޚާއްޞަ އެހީތެރިއެއް :

މުންޑޫ އާދަމް ހަލީމް އަވަސް އަރައިގެންފި

ހަވައެއްހެން އެރި ނާޒިމް އަނެއްކާވެސް ބާޣީއަކަށް! މިދިއަ ދުވަސްތަކުގައި އެންމެ ހިނގާ އެއް ވާހަކައަކީ ޑިފެންސް މިނިސްޓަރު ކަމުން މުހައްމަދު ނާޒިމް ވަކި ކުރައްވާ ވާހަކަ އާއި   އެހެން ދެ ވަޒީރަކު " އެއްލައިލާ " ވާހަކަ އެވެ . މިވާހަކަ އެކ ި ގޮތްގޮތަށް ފެތުރުނެވެ. އެންމެ ފަހުން ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކި ކުރައްވައި އެމަގާމަށް ބޭފުޅަކުވެސް ލައްވާފަ އެވެ   .  ކުރިން އަޑު ފެތުރިގައި އޮތީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މުހައްމަދު ޒާހިރު ނޫނީ ކުރީގެ ޕޮލިސް ކޮމިޝަނާ އާދަމް ޒާހިރު އެ މަގާމަށް ގެންނަވާނެ ކަމަށެވެ. އެއާ ހިލާފަށް މަގާމަށް ވަޑައި ގަތީ ޕާކިސްތާނުގެ ސަފީރު ކަމުގައި ހުންނެވި ކުރީގެ ޗީފް އޮފް ޑިފެންސްފޯޯސް މޫސާ އަލީ ޖަލީލެވެ . ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުން ސިފަކޮށްފައި ވަނީ މޫސާ އަލީ ޖަލީލު މާލެ ވަޑައިގެން ހުންނެވީ "ރެއެއްގެ ހަތަރު ދަމުން"   މާކުރިން މިކަން ނިމިފައި އޮވެގެނެވެ. – މޫސާ އަލީ ޖަލީލަކީ ރައީސް ޔާމީންގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅެކެވެ. ރައީސް ޔާމީން ކައިވެނި ބައްލަވަ