Skip to main content

Posts

Showing posts from April, 2011

އެމްޑީޕީ އިންތިހާބު އިހަވަންދޫގައި ބޮއިކޮޓްކޮށްފި

250 ފޫޓް ފުޅާމިނުގައި ހަދަމުން އައި ބަދަރު ރައްޔިތުން އިޖުތިހާދު ކުރުމުގެ ސަބަބުން  ކުރިން ލާފައިވާ ބޭރު ތޮށި ނަގައި 300 ފޫޓަށް ބަދަރު ފުޅާކުރަނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީ ގެ އެތެރޭގެ އިންތިޚާބު މިއަދު ހެނދުނު 9:00 ން ފެށިގެން ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ދާއިރު، ރާއްޖޭގެ އުތުރުން އެމް.ޑީ.ޕީގެ ވަރުގަދަ ހަބެއްގެ ގޮތުން މަޝްހޫރުވެފައިވާ އިހަވަންދޫ ގައި މިއިންތިހާބު ވަނީ ބޮއިކޮޓްކޮށްފައެވެ. 

އަންހެނުންނާއި ކުޑަކުދިންނާއެކު ބަދްއަޚްލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އިހަވަންދޫން ނަރުހަކު ހައްޔަރުކޮށްފި

28, އޭޕްރިލް، 2011  ޝަހީދާ ސައީދު ކުޑަކުދިންނާއި އަންހެނުންނާއެކު ބަދުއަޚްލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހއ. އިހަވަންދޫ ސިއްހީ މަރުކަޒްގެ ނަރުހަކު ހައްޔަރުކޮށްފިއެވެ. މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ބަރަހަނާ ވީޑިއޯތަކެއްގެ މައްސަލައިގައި  މިދިޔަ މާރޗްމަހުގެ ތެރޭގައި އިހަވަންދޫ ސިއްހީ މަރުކަޒްގައި މަސައްކަތް ކުރާ ނަރުހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއީ ޒުވާން އުމުރުގެ ދިވެއްސެއް ކަމަށާއި، އަދިވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.  ނަމަވެސް އަދި އެކަމާއި ބެހޭ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިރުޝާދުގެ އަޑެއް މުހައްމަދު ރަފީޢު ދިމާއަށް ދޮގުބަހުން ތާރީފްކުރިމީ މަދުކަމެއް ނޫނޭ، ތިމާއަށް ހެޔޮއެދޭ މީހުންނަކީ މާގިނަބައެއް ނޫނޭ.  އަސަރުގައި ހެޔޮއެދޭގޮތް ދައްކަމުން ބަސްފޮނި ކުރާއިރުގައި، ޙަސަދަވެރިކަމުގައި އަލިފާނުން އަނދާ ހިތްތައް މަދެއް ނޫނޭ.  ވަފާތެރި އެންމެ ތެދުވެރިވީގޮތަށް ބޭރުން ވިޔަސް ފެނިފައި، ތަފާތުވެފައި އެތެރެފުށް ހުރުމަކީވެސް އައުކަމެއް ނޫނޭ. 
ދިވެއްސަކު އުނަގަނޑަށް ފިސްތޯލަ ޖަހައިގެން އާންމުންގެ ތެރޭގައި އާދައިގެ ދިރިއުޅުން ފުރިހަމަ ކުރިއޭ ބުނީމާ އެކަން ވާނީ ހައިރާންކުރުވާ ކަމަކަށެވެ. ބައިވަރު ސުވާލުތައް އުފެދޭނެ އެވެ. ސަބަބަކީ ރާއްޖޭގެ ސަލާމަތީ ބާރުތައް ފިޔަވައި އެބާވަތުގެ ހަތިޔާރު ގެންގުޅުމަކީ ރާއްޖެގެ ތާރީހުގައި އެއްވެސް އިރެއްގައި ހުއްދަވެފައި އޮތް ކަމަކަށް ނުވާތީ އެވެ. ނަމަވެސް އައްޑު އަތޮޅު މީދޫ، ފަހުން ހުޅުދޫގައި ދިރިއުޅުއްވެވި އަލްފަގީހު އިބްރާހިމް ބަހާއުއްދީން ނުވަތަ ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު ވަނީ އޭނާގެ ހަޔާތުގެ ވަކި ދުވަސްވަރެއްގައި އުނގަނޑުގެ ކަމަރަށް ފިސްތޯލަ ޖައްސަވައިގެން އާންމުންގެ ތެރޭގައި އެތަކެއް ދުވަސް ވަންދެން ދިރިއުޅުއްވާފަ އެވެ. ދިވެހި ސަރުކާރުގެ އެންމެ މަތީ ބާރުތަކުގެ ނުރުހުމާއެކު، އެކަމަކު "ރުހުން" ލިބިގެނެވެ.
  މަޝްވަރާގެ ކުޑަ   މިއީ މަޝްވަރާގެ ކުޑައިގެ ވާހަކަ އެވެ. މިކުޑަ ދަށުގައި ހިނގާ މަޝްވަރާގެ ވާހަކައެވެ. މިކުޑަހުންނާނީ ހިތްފަހި މައިޒާނުގެ އިރު އުތުރުން ދެވަނަ އަށެވެ. ކުޑަ ދަށުގައި މާގިނަބަޔަކު މަޝްވަރާކުރާކަށް ނުތިބެއެވެ. ދެތިން މީހުންނެވެ. މިކުޑައިގެ ދަށުގައި ރަށުގެ ވަރަށް ގިނަކަންތައްތަކާއި، ގުޅުންހުރި ވަރަށް މުހިންމު ސީރިއަސް މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއެވެ. ހިތްފަހި މައިޒާނުގެ ހުޅަނގު އުތުރުގައިވެސް ދެވަނައަށް ހުންނަ ކުޑަދޮށުގައިވެސް ވަރަށް ގިނަ މީހުން ތިބެއެވެ. ޖޯލިފަތި ބަހައްޓައިގެން ނެވެ. ވަރަށް މަދުވަގުތެއްގައި ނޫނީ މީހުން ތިބެއެވެ. ތަފާތު ގިންތީގެ މީހުންނެވެ. މިކުޑަ ދަށުގައި ގިނައިން ދެކެވެނީ " ހޮޅި" ވާހަކަ އެވެ.  މަޝްވަރާގެ ކުޑަދަށުގައި މަޝްވަރާކުރެވޭ ވާހަކައެއް ހިއްސާކޮށްލަންތޯ އެވެ. ރައްޔިތުން އެންމެ ކަންބޮޑުބާ ވާހަކަ އެވެ. ވީގޮތެއް ނޭނގޭ ވާހަކައެވެ. ބަދަރުގެ ވާހަކައެވެ. ބަދަރުގެ ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރަށުކައުންސިލްގެ ފަރާތުން ބަދަރު ހެދުން ހުއްޓުވި ވާހަކަ އެވެ. ކީއްވެގެންތޯ އެވެ. ބަދަރު ހެދުމުގެ މަސައްކަތް ހުއްޓުވީ ބަދަރު ހަދާގޮތެއް