Skip to main content

Posts

Showing posts from March, 2013

ދެކޭގޮތުގައި

ދެކޭގޮތުގައި ލިޔުނީ:ތުއްތަނިކު އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޙާބުގެ ކެމްޕޭންގެ ދުވެލި ސިޔާސީ ޕާޓީތަކުން މިހާރުވަނީ 7 ވަނަ ގިޔަރަށް ލާފައެވެ. ނިމިދިޔަ ހަފްތާ ބަންދުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކިއެކި ސިޔާސީ ލީޑަރުންވަނީ ބުރަކޮށް ކެމްޕޭންކުރައްވާފައެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ނިމި، ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން މުޖައްރިބުވީމާ   ރިޔާސީ އިންތިޙާބުގެ ކެމްޕޭން މެހުކަށްޖަހާނެއެވެ. 240000 ވުރެން ގިނަ މީހުންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ގެންދަވަނީ ބޮޑެތި ސިންގާ ސިޔާސީ ވަޢުދުތައްވަމުންނެވެ. ސިޔާސީ ވަޢުދަކީ ކޮންއެއްޗެއްކަން އަޅުގަނޑުމެންނަށް ދަސްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައެވެ.
ކަނބިލިއެއް ގޮވާތީ އެސޮރު ހޯދަން ކައުންސިލަރުންނާއި ފުލުހުން ހަރަކާތްތެރިވެއްޖެ ލިޔުނީ:ގުފުތަގު އަޖީރު  ކުޑަކަތީބު މަގު އުތުރު ފަރާތް، ސަރަހައްދުގައި މީހުން އާބާދުވެ ދިރިއުޅޭ ހިސާބުގައި އިރުއޮއްސުމުން ކަނބިލިއެއް ގޮވާ، އަޑު ގަދަކޮށް، އާއްމުންނަށް އެސޮރު  އުނދަގޫކުރާތީވެ، ކަނބިލި ހޯދުމަށް ރަށު ކައުންސިލަރުންނާއި ފުލުހުން އެސަހައްދު ކުރީ ރޭ ސަރޖްކޮށްފިކަމަށް ރަށްގޮވާއަޑަށް އަޑުއަރައިފި އެވެ.  ފުލުހުންގެ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ފުލުހުންދެކެނީ އެއީ ރޫހާނީ ކަމެއް ކަމަށެވެ.  އެހެންވެ، ރަށްގޮވާއަޑުން އެސަހައްދަށްގޮސް އެއަޑުވަނީ ރޭ ވަރަށް ގާތުން އަޑުއަހާފައެވެ. އަޑުވައްތަރީ ކަނބިލި ގޮވާއަޑާއެވެ. ނުވަތަ ކޮވެލީގެ އަޑާ އެވެ. ރަށްގޮވާއަޑުން ކުރި މަސައްކަތުން އަޑު ރޭ އަޑުވަނީ ދަންވަރު 3:00 ހަމަޔަށް ކެނޑިފައެވެ.

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.

އެމް.ޑީ.ޕީގެ ހަފްތާ ބަންދުގެ ކެމްޕޭން ދޭތިން ފަހަތި ހަފްތާ ބަންދުގައި، އިހަވަންދޫ ދާއިރާވެސް ހިމެނޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ މިހަފްތާ ބަންދުގެ ދަތުރުތަށް މިއަދު ފަށައިފިއެވެ. މިފަހަރުގެ ދަތުރުތަކުގައި 10 ޓީމަކުން 31 ރަށަކަށް ޒިޔާރަތް ކުރާނެއެވެ.
ރަށުފެންވަރުގައި ބާއްވާ 3 ވަނަ ޤުރުއާން މުބާރާތް ލިޔުނީ: ރަޙީމުﷲ އިހަވަންދޫ ރަށުކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ރަށުފެންވަރުގައި ބާއްވާ 3 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވާފިއެވެ. މި މުބާާރާތް ކުރިއަށް ދިޔައީ މާރޗް 15 ، 16 އަށް އިހަވަންދޫ މަދަރުސާގެ މަލްޓިޕާރޕަސް ހޯލް ގައެވެ. 

ހައްލަކީ ތެޔޮ ވަޅެއް ހޯދަން މަސައްކަތްކުރުން ބާ؟

ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް އަހަރެމެންނަށް ކެނޑިނޭޅި އެންމެ ގިނައިން އަޑުއިވެނީ ސިޔާސީ އިސް ފަރާތްތަކުން ރައްޔިތުންނަށް ވަމުން އަންނަ ވައުދުތަކުގެ ވާހަކަތަކެވެ. މިގޮތުން މިފަހަކަށް އައިސް އިވޭ މިފަދަ ވައުދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވައުދަކަށް އަޑުއިވިފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެ ދެކެވޭ ވާހަކަ އެވެ. އަހަރެން ދެކޭ ގޮތުގައި ދިވެހިރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވެފައި ގައުމުގެ ކުރިމަގާ މެދު ވިސްނާއިރު މިފަދަ ތަފާތު އާ ޚިޔާލުތައް އޭގެ ޒާތުގައި ވަރަށް ވެސް ބޭނުންތެރި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅޭ ބުނާ ފަދައިން، ރާއްޖެ އިން ތެޔޮ ފެނިއްޖެ ހާލަތެއްގައި އެވެގެންދާނީ ރާއްޖޭގެ ރަން ބިސް އަޅާނެ ދެ ވަނަ ކުކުޅަކަށެވެ. އެހެންނަމަވެސް އަހަރެމެންނަށް އެނގެން ޖެހޭ އެއް ކަމަކީ، ތެޔޮ ހޯދުމަކީ ވަރަށް ވެސް ޚަރަދު ބޮޑު އަދި އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭ ކަމެއްކަމެވެ. 

އަޅުގަނޑުގެ ޕާޓީ އުވިއްޖެ

ލިޔުނީ: ބޮބީ ޖޯޝް ސިޔާސީ ޕާޓީތަކުގެ ބިލް އިއްޔެ  ގާނޫނަކަށް ވުމާއެކު އިލެކްޝަން ކޮމިޝަންގައި އަޅުގަނޑުގެ ނަންއޮންނަ ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމާއެކު އަޅުގަނޑުގެ ސިޔާސީ ޕާޓީ އުވިއްޖެ އެވެ. އެހެންވެ، މިފުރުޞަތުގައި އުވުނު ދިވެހި ރައްޔިތުންގެ ސިޔާސީ ޕާޓީތަކުގެ ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާދަންނަވައި ތަހުނިޔާ ވަމެވެ. 
ރައީސް މައުމޫން: އަ މޭން ފޯރ އޯލް އައިލެންޑްސް އުފަން ފުމާއި ޅަފަތުގެ ދުވަސްތައް  އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ޑިސެމްބަރު 1935 (ހިޖުރީ ސަނަތުން 26 ޝައްވާން 1356) ވީ ބުދަ ދުވަހުއެވެ. (ގިނަ ލިޔެކިޔުންތަކުން ސާބިތުވާ ގޮތުގައި އެމަނިކުފާނު ދުނިޔޭގެ އަނިކަން ދެކެވަޑައިގަތް ހިޖުރީ އަހަރަކީ 1356 އެވެ. އެހެން ކަމުން އެތާރީހުން ބަލާ ކަމުގައި ވަނީ ނަމަ މިއަހަރު 2013 ވަނަ އަހަރު އެމަނިކުފާނަށް ފުރޭނީ 78 އަހަރުފުޅެވެ. ބައެއް ލިޔެ ކިޔުންތަކުގައި ވާ ގޮތުން މީލާދީ ގޮތުން އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 އަހަރެވެ. އެހެން ކަމަށް ވާނަމަ އެމަނިކުފާނަށް މިއަހަރު (2013) ގައި ފުރޭނީ 76 އަހަރެވެ. މި ތަނުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ރައީސް މައުމޫނުގެ މިހާރުގެ އުމުރު ފުޅަކީ މިއަދަށް 77 އަހަރާއި 2 މަހާއި 9 ދުވަހެވެ.) މައުމޫން އަބްދުލް ޤައްޔޫމްގެ ބައްޕާ ފުޅަކީ އަބްދުލް ޤައްޔޫމް އިބްރާހިމް (މާފަތްގޭ ދޮންސީދީ) އެވެ. މަންމާ ފުޅަކީ ޚަދީޖާ މޫސާއެވެ. ފޮތްތަކުން އެނގެން އޮތް ގޮތުގައި ރައީސް މައުމޫންެ އަސްލު ނަންފުޅަކީ ޢަބްދ