Skip to main content

Posts

Showing posts from July, 2009
ހަނދާނާއި ތާރީޚްގެ ތެރެއިން: އޭ މޭޖަރ ފިލިޕްސް އެވެ. ކަލެއަކީ މީގެ ދެތިން އަހަރެއްގެ ކުރިން ، ދޫނި ސޫފާ ސޫފި ތަޖުރި ބާ ކުރުމުގެ ނަމުގައި ، ދިވެހި ރާއްޖެއަށް ޒިޔާރަތްކުޅަ މީހަކީމު ނޫން ހެއްޔެވެ. އާއެކެވެ. ފައްކާ އިނގިރޭސި އަކީ މޫ އެވެ. އެދުވަހު ކަލޭ މައްޗަށް ދިވެހިންގެ ހިތްތަކުގައި އިސްތިހްސާނަ ހަމްދަރުދީގެ ޝުޢޫރުތައް، އުފެދިފައިވީ ކަން ކަށަވަރެވެ. ނަމަވެސް، އެންމެ ފަހުން މިދިޔަ އެޕްރީލް މަހުގެތެރޭގައި ، ކަލޭ ދިވެހި ފަސްގަނޑުން ވަކިވެގެން ދިޔައީ، ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކަލޭގެ މައްޗަށް ރުޅިވެރިކަމާ ނަފްރަތުގެ ޝުޢޫރުތައް އުފައްދާ ފައެވެ. ދިވެހި ރާއްޖެ ދެމިއޮތްހާ ދުވަހަކު ކަލޭގެ މައްޗަށް އެބައި މީހުންގެ ހިތްތަކެއް ހެވެއް ނުވާނެ އެވެ. އޭ މޭޖަރ ފިލިޕްސް އެވެ. މިއަހަރުގެ ޖެނުއަރީ ފުރަތަމަ ތާރީޚުން ފެށިގެން ދެކުނުގެ ތިން އަތޮޅުގައި އުފެދިގެން އުޅޭ ބަޣާވާތްތެރިކަކުގެ ހަގީގީ މުޝްތަޘާރަކީ ކަލޭ ނޫން ހެއްޔެވެ. ޖެނުއަރި 2 ވަނަ ދުވަހު އައްޑު އަތޮޅު ގަމުގައި ހުންނަ އިނގިރޭސި ދައުލަތުގެލިއެސަން އޮފިސަރުގެ އޮފީހުގައި ދިވެހި ގައުމުގައި ދުވަހަކުވެސް އ