Skip to main content

Posts

Showing posts from August, 2017

ވަޤުތަކީ ރެލެޓިވް އެއްޗެއް

ވަޤުތަކީ ރެލެޓިވް އެއްޗެއް: ދުނިޔޭގެ 1 ސިކުންތަކީ، މަލާއިކަތުންނަށް 0.000،000،0558 ސިކުންތު ކަމުގައިވެދާނެ! http://www.alithari.com ފެށުން   ވަޤުތަކީ ކޮބައި ހެއްޔެވެ؟ އިންސާނުން ދުނިޔޭގައި އުޅެން ފެއްޓީއްސުރެ, ރެޔާއި ދުވާލަށް އަންނަބަދަލު ތަކަކީ, އެބައިމީހުން ވަޤުތު ދަނެގަންނަށް ބޭނުންކުރާ ހާދިސާ ތަކެކެވެ. މިގޮތުން އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތައް، ރޭގަނޑާއި ދުވާލަށް ބަހައިލައިގެން ކުރިޔަށް ގެންދިޔައެވެ.   އެންމެކުރީގެ އިންސާނުންވެސް ހޮހޮޅަތަކުގައި އުޅުނު ދުވަސްވަރު, ދުވާލުގެ ވަޤުތުތައް ޝިކާރަކުރުމުގައި އާއި ކާބޯތަކެތި އެއްކުރުމުގައި ހޭދަކުރިއެވެ. އަދި އިރުއޮއްސި އަދިރިވުމުން، ހޮހޮޅަތަކަށް ވަދެ ނުރައްކާތެރި ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ވެވޭނެގޮތްތައް ހޯދުމަށްފަހު، ނިދާ އަރާމުކޮށް އުޅުނެވެ. އެދުވަސްވަރުގެ އިންސާނުން، ދުވާލުގެ ވަޤުތުތައް އެކިދަންފަޅިތަކަށް ބަހާލުމުގައި، އުޑުމަތީން އިރު ފެންނަން ހުންނަ ހިސާބާއި، އުޑުމަށްޗަށް އަންނަ ކުލަތަކަށް ބަލާއުޅުނެވެ. އެގޮތުން ފަތިހާއި ހެދުނާއި މެންދުރާއި އަސުރު އަދި އިރުފުހޭ ވަޤުތާއި އަދިރިވާވަޤުތުތައް ފާހ