Skip to main content

Posts

Showing posts from July, 2008
ސާފް ޗެމްޕިއަން ޝިޕް ތަށި އިހަވަންދޫ ގައި ރާއްޖެއަށް ލިބުނު ފުރަތަމަ ބައިނަލް އަގުވާމީ ތަށިރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް ގެންދާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން 2008 ޖުލައި 2 ވަނަ ދުވަހުގެ 1340 އެހާއިރު އިހަވަންދޫ އަށް އެތަށި ގެނައެވެ. ތައްޓަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަށުއޮފީހުގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ދެކުނުފަރާތު އަތިރިމައްޗަށް ދިޔައެވެ. މިކަމާ ރަށުގެ ގިނަ ރައްޔިތުން ނަފްރަތް ކުރިނަމަވެސް އެއްވެސް އިދިކޮލޫ ޚިޔާލެއް ފާޅެއް ނުކުރެއެވެ. ތަށި ބަހައްޓާފައި ހުރީ އިހަވަންދޫ ރަށްވެހިގޭގައެވެ. 2 ގަޑި އެއްހާއިރަށް އެތަނުގައި ތަށިބަހައްޓާ ފޮޓޯނަގަން ބޭނުންވާ މީހުންނަނާއި ތަށި ބަލަން ބޭނުން މީހުންނަށް އެފުރުޞަތު އޮތެވެ. އެއަށްފަހު ރަށުގެ ބޮޑު މަގުތަކުގައި ތައްޓާއެކު ޕިކަޕްގައި ބުރެއް ޖެހުމަށްފަހު ތަށި ގެންދިޔައީ ތިންގަދީ ސުންމިނެޓް އެހާއިރުއެވެ. ތައްޓާއެކު ސަރުކާރުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ ނައިބް ޝީރީނުއެވެ.