Skip to main content

Posts

Showing posts from September, 2011
ޤާނޫނީ އިމުން ބޭރުން ރައްޔިތުންގެ އަތުން ޓެކްސް ނެގުން ލިޔުނީ ޑރ. ޙަސަން ސަޢީދު  މިދިޔަ މަހުގެ ފަހުކޮޅު އަޅުގަނޑުގެ ތިމާގެ މީހަކު އިންޑިޔާގެ ޓްރިވެންޑްރަމަށް ބޭސްފަރުވާއަކަށް ދަތުރެއް ކުރިއެވެ. ދަތުރުކުރީ އައިލެންޑް އެވިއޭޝަނުންނެވެ. ދެކޮޅު ޓިކެޓުގެ އަގަކީ ޖުމްލަ 1757.88 ދިވެހި ރުފިޔާއެވެ. ޓެކްސް އާއި ޗާޖްގެ ގޮތުގައި 2،213.70 ލާރި ނެގިއެވެ.މީގެ ތެރެއިން އިންޑިޔާގެ އެއާރޕޯޓުގެ ޓެކްސްގެ ގޮތުގައި ހިމެނެނީ އެންމެ 92.52 ދިވެހި ރުފިޔާއެވެ. މި ޓިކެޓު ނެގީ ބިދޭސިއަކު ނަމަ 92.52 ދިވެހި ރުފިޔާގެ ޓެކްހެއް ދައްކަންޖެހޭނެއެވެ. އަދި ސަރުކާރާއި ޖީ.އެމް.އާރު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު 416.34 ރުފިޔާގެ އަންނަ ޖެނުއަރީން ނަގަން ފަށާނެވާހަކަ ވަނީ އިޢުލާންކޮށްފައެވެ. 

ތާވުނު މިސްކިތުގެ މުދިމު އާސާރީ މިސްކިތަށް ބަދަލުކޮށްފި

ހުސެއިން ރަޝީދު ޕީޕީއެމް އަށް ފޯމް ފުރަނީ ، ގިނަ ދުވަސްތަކެއްގައި ތާވުނު މިސްކިތުގެ އިމާމަކަށް ހުރުމަށްފަހު މިހާރުވަނީ އާސާރީ މިސްކިތަށް ބަދަލުކޮށްފަ އާސާރީ މިސްކިތަށް ނަމާދަށް ނުދެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެން އުޅެނިކޮށް ، އެއް ދުވަހެއްގެ މަގުރިބު ނަމާދަށް އެ މިސްކިތަށް އެރިއްޖެ އެވެ. ދިޔަ އީ ހަމަ ސިއްސައިގެންނެވެ. މުދިމްބެ ބަދަލު ވެއްޖެ އެވެ. މުދިމަކަށް ހުރީ ތާވުނު މިސްކިތުގެ މުދިމެވެ. ހުސެއިން ރަޝީދެވެ. އާސާރީ މިސްކިތުގައި މި ދޭތެރެއަކުން އިމާމުވެ ނަމާދު ކުރަނީ ސައްތާރު ބޭ އެވެ. އިރުދޭމާގޭ އަބުދުއްސައްތާރެވެ. ސައްތާރުބޭ ރިޓަޔަރ ކުރި ފަހުން ތުއްތު މަނިކެވެ. އަންބަރީގޭ ތުއްތު މަނިކެވެ. ދެން އެހެން އެކި މީހުން އެކިއިރު ބަންގި ގޮވަމުން ގަމަތްދެމުން ދެއެވެ. އެގިލައްވާނެއެވެ. މިސްކިތަކީ ކުޑަ މިސްކިތެކެވެ. ފަހުން ފެންޑާލާ ކުޑަކޮށް، ބޮޑުކޮށް ، އާސާރީ ތަން ހިމާޔަތްކުރީ އެވެ. މިސްކިތް ހުންނަނީ ގިބުލައަކަށް ސީދާ ނޫނެވެ. އެހެންވެ، ސަފުގައި ހުންނަންވީ މިސްރާބު ރިބަން ފަށަކުން ހުންނަނީ ފާހަގަކޮށްފައެވެ. ނަމާދު ފެށުމުގެ ކުރީން މުދިމު ނުހަނު ރަގަޅަށް އިރުޝާދު ދިނެވެ. ގިބުލައަށް ހުރުމ
ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތަށް  ސުކޫލްގެ ލީޑިން ޓީޗަރ ހައްޔަރުކޮށްފި ސަން ލައިވް ސްކޫލްގެ ލީޑިން ޓީޗަރ އާދަމް މޫސާ  (46އ) ކުދިންތަކަކާ ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އިހަވަންދޫން ބަދުއަޚުލާގީ މައްސަލައެއްގެ ތުހުމަތުގައި 46 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ނުދެއެވެ.

ގައުމީ އިދާރާގެ ހއ. ގޮފި އިހަވަންދޫގެ "ދަތްދޮޅި" ދަށުގައި ގާއިމުކޮށްފި

- އިހަވަންދޫ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފަ - މިއީ ދިއްދޫ ރައްޔިތުންގެ މޫނުގައި ތަފާލަކުން ޖެހުން ފަދަ ކަމެއް ގައުމީ އިދާރާގެ ހއ. ގޮފި ހޯރަފުށީގައި ގާއިމުކޮށްފި އެވެ. މަތި އުތުރު ޕްރޮވިންސްގެ ކޯޑިނޭޓަރު އަލީ ނަސީރު ވިދާޅުވީ ގައުމީ އިދާރާގެ ހއ. އަތޮޅުގެ ގޮފި ހޯރަފުށީގައި ގާއިމު ކުރިކަން ސަރުކާރުން ރަސްމީކޮށް އެންގީ މިދިޔަ މަހު 25 ގައި ކަމަށެވެ. ކުރިން ހޯރަފުށީގެ ބޮޑު ކަތީބުކަން ވެސް ކުރައްވާފައިވާ ނަސީރު ވިދާޅުވީ ގައުމީ އިދާރާގެ އަތޮޅުގެ ގޮފި ހޯރަފުށީގައި ގާއިމު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ތަރައްގީގެ ހުރިހާ ވަސީލަތެއް ހުނަން ޖެހޭނީ ދިއްދޫގައި ނޫން ކަމަށެވެ. ކުރިން އިހަވަންދޫގެ ބޮޑު ކަތީބުކަން ކުރައްވާފައިވާ މަތި އުތުރު ޕްރޮވިންސްގެ ކޯޑިނޭޓަރ އަދުދާނު އަބްދުﷲ ގެ އަރިހުގައި ،   ގައުމީ އިދާރާގެ ހއ. އަތޮޅު ގޮފި ގާއިމު   އިހަވަންދޫގައި ގާއިމް ނުކުރީ ކީއްވެތޯ ދަންނަވާލީމާ ވިދާޅުވީ ހޯރަފުށީގެ ދާއިރާގެ މެމްބަރު މަސައްކަތް ޕުޅު މާވަރުގަދަ ވެފައި ފުރިހަމަ ކަމަށެވެ.