ޖީއެސްޓީ ނެގުމުގެ ވަގުތު
2 އޮކްޓޯބަރު ، 2011 ގައި ޖީއެސްޓީ އަށް ރާއްޖޭގެ ވިޔަފާރީގެ މާހައުލު ބަދަލުވާ އިރު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ޖީއެސްޓީއަކީ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އެވެ. ނުވަތަ ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނަގާ ޓެކްސް އެވެ. މުދަލާއި ޚިދުމަތުގެ އަގުން މިހާތަނަށް ޓެކްސް ނަގަމުން އައިސްފައިވަނީ ޓޫރިޒަމް ދާއިރާއިން އެކަންޏެވެ. ޓެކްސް ނެގުމުގެ ދާއިރާ ފުޅާކުރަންޖެހިފައިވާ ކަމަކީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. ދަރަނި ބޮޑުވެފައިވާ ދައުލަތުގެ ބަޖެޓަށް ކުޑަ ނަމަވެސް ލުޔެއް ލިބޭނެ ގޮތަކަށް އާމްދަނީ ހޯދާނެ މަގުތައް ވީހާވެސް އަވަހަކަށް ތަނަވަސްކުރަން ވަނީ ޖެހިފަ އެވެ. ރާއްޖެ އަށް ކުރިމަތިވި ސުނާމީއާ އެކު ބަޖެޓް ދަރަނިވެރިވީ ފަހުން އަދި ހަމަޔަކަށް އެޅިފައެއް ނުވެ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ދުނިޔެ އަށް ކުރިމަތިވި އިގުތިސާދީ ވެއްޓުމުން ރާއްޖެ އަށް ކުރި އަސަރުތަކާއި ބަޖެޓް މެނޭޖްކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ހިމެނެ އެވެ. ޚަރަދު ބޮޑުވާނެ ގޮތަށް ސަރުކާރުގެ ބައެއް އިދާރާތައް އުފެއްދުމާއި، މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުވުން ފަދަ އެތައް ކަމެއް ވެސް ހިމެނެ އެވެ.

ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނަގަން ފެށުމުން ބާޒާރުގައި މުދަލާއި ޚިދުމަތުގެ އެއް ހަމައެއްގައި ހިފެހެއްޓުމަށް މަގުފަހި ވެގެން ދާނެއެވެ. މިހާރުގެ ހަގީގަތަކީ، ނުސީދާ ގޮތުގައި ވިޔަފާރިވެރިޔާ ، މުދަލެއް ވިއްކުމުގެ ކުރިން ، އެ މުދަލުން ވިޔަފާރީގެ ފައިދާއެއް ނުވިކަމުގައި ވިޔަސް ޓެކްސް ދައްކަން ޖެހުމެވެ. ސަރުކާރަށް ދައްކާ އިމްޕޯޓް ޑިޔުޓީގެ ގޮތުގައެވެ. އެހެންކަމުން ވިޔަފާރިވެރިޔާ މުދަލުގެ އަގާ ކުޅުމުގެ އިހުތިޔާރު އެތައްތަނެއް ބޮޑުވެގެން ދެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ހަރުދަނާ އުސޫލުތަކަކަށް ސަރުކާރުގެ އޮނިގަނޑު ބަދަލުކުރުމުގެ ވާހަކަ ބައިނަލްއަގުވާމީ އިދާރާތަކުން ދައްކާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެކަމަކު ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ އެދުންތައް ބޮޑުވުމާއި ދުނިޔޭގެ އިގުތިސާދަށް ކޮންމެ ވަގުތަކު ވެސް ބޮޑެތި ވެއްޓުންތައް އަތުވެދާނެ ކަމަށް ސީރިއަސް ނަޒަރަކުން ސިޔާސީ ވެރިންނަށް ވިސްނިފައި ނުވާތީ އެބީދައިން ކަން ކުރެވިފައެއް ނުވެ އެވެ. އެހެން ނަމަވެސް ގުނަވެ ވާރުތަވެފައިވާ ބޯދާ ދަރަނިވެރި އިޤުތިޞާދީ ނިޒާމު، އަދުގެ ސަރުކާރުން ބަދަލުކުރުމަށް ފޫގަޅާފައިވަނީ މޫނު ކަނދުރާއަކަށް ބެލުމެއްނެތި އެވެ. ފުދުންތެރި ދައުލަތެއް ބިނާކުރުމަށް ބޭނުންވާ އިޤުތުޞާދެއް ބައްޓަންކުރުމަށެވެ. ހާސްކަމެއްނެތް ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް އުޅެވޭނެފަދަ ފުރުޞަތުތައް ފަހި ޤައުމަކަށް މިރާއްޖެ ހެދުމަށެވެ. އެހެންކަމުން ބަޖެޓް ހަމަޖެއްސުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބޮޑަށް މިއަޅަނީ ޓެކްސްގެ ނިޒާމުގެ ތެރެއިންނެވެ.
ޖީއެސްޓީ ނެގޭނީ މެދުކަނޑުމެއްނެތި މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ ކޮންމެ ވިޔަފާރިއަކުންނެވެ. އެހެން ނަމަވެސް ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މުސާރައެއް ލިބޭގޮތަށް އަދާކުރާ ވަޒީފާއެއް، ދައުލަތުގެ މުވައްޒަފަކު އަދާކުރާ ވަޒީފާއެއް، ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އަދާކުރާ ވަޒީފާ ނުހިމެނެއެވެ.
ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޖީއެސްޓީ ނަގާނީ ، ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2011 ގެ ނިޔަލަށް 3.5 % އެވެ. 1 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެމްބަރު 2012 ގެ ނިޔަލަށް 6 % އެވެ. 1 ޖެނުއަރީ 2013 އިން ފެށިގެން 8 % އެވެ. އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީއެސްޓީ ނަގާނީ ، ގާނޫނަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2011 ގެ ނިޔަލަށް 3.5 % އެވެ. 1 ޖެނުއަރީ 2012 އިން ފެށިގެން 6 % އެވެ.
މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު -/1،000،000 (އެއްމިލިއަން) ރުފިޔާއަށްވުރެ ދަށްނަމަ، ކޮންމެ 3 މަހުން އެއް ފަހަރު ޓެކްސް ނެގޭނެއެވެ. މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު -/1،000،000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުނަމަ، ކޮންމެ މަހަކު އެއް ފަހަރު ޓެކްސް ދައްކަން ޖެހޭނެއެވެ.
ޖީއެސްޓީ ނަގާ އިރު ރާއްޖޭގެ ކުދި ބޮޑު ގިނަ ވިޔަފާރިތަކެއް ރަޖިސްޓްރީކުރަން ޖެހެ އެވެ. ޖީއެސްޓީ ދައްކަން ޖެހެ އެވެ. ޖީއެސްޓީ އަށް އަރާ 3.5 ޕަސެންޓް، ވިއްކާ އެއްޗިއްސާއި ދޭ ޚިދުމަތުގެ އަގުގެ ތެރެއަށް ލާން ޖެހެ އެވެ. އަދި އެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓެން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި ގިނަ ވިޔަފާރިތައް ހުރީ އެގޮތަށް ތައްޔާރުވެފައެއް ނޫނެވެ. އަދި ޓެކްސްގެ މިފަދަ ނިޒާމެއް އަންނަ އިރު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ގިނަ އެހީތައް ވެސް ހުރީ ނުދެވި އެވެ. ދެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. އެހެންކަމުން ޖީއެސްޓީ ނަގަން ފަށާ އިރު ވިޔަފާރިވެރިންނަށް ދިމާވެފައިވާ ބޮލުގަ ރިހުމާއި ހުރަސްތައް ގިނަ އެވެ. އަދި ޖީއެސްޓީގެ ގާނޫނާ ޚިލާފުވުމުގެ ފުރުސަތު ވެސް އެބަ ބޮޑުވެ އެވެ. ބައެއް މީހުންނަށް ނޭނގި އެވެ. އަނެއް ބަޔަކަށް އެނގި ތިބެ ނަމަވެސް ގާނޫނަށް އަމަލްނުކޮށްގެންނެވެ.
ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ، އަސާސީ ޚިދުމަތްތައް ދެވެން އަންނާނީ ، ރަނގަޅު އާމްދަނީއެއް ވެސް ދަތުލަތަށް ލިބިގެންނެވެ. ރާއްޖޭގައި ވަރަށް ގިނަ ޚިދުމަތްތަކެއް ސަރުކާރުގެ ބޮޑު އެހީތެރިކަމާއެކު ދެމުން އަންނައިރު ސަރުކާރަށް އާމްދަނީ ލިބެން އެބަ ޖެހެ އެވެ. ބަޖެޓްގެ ދަރަނި 40 ޕަސެންޓަށް ނުވަތަ 30 ޕަސެންޓަށް އަރުވައިގެން ރާއްޖެ އަށް ގިނަ ދުވަހަކު މިގޮތަކަށް ދެމިއެއް ނޯވެވޭނެ އެވެ. މުޅި ގައުމު ޑީފޯލްޓަކަށް ގައުމަށްލިބޭ އާމުދަނީން ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ކުރިން ސަލާމަތްކުރުމުގެ މަގުތައް ހޯދައި، ހިތްދަތި ތަޖުރިބާތަކެއް ކޮށްގެން ނަމަވެސް އެމަގުން ދަތުރުކުރަން އެބަ ޖެހެ އެވެ. ޓެކްސް ނިޒާމުގެ ސަބަބުން ދިވެހިންނަށް އޮތީ މާއުފާވެރި ރޯޝަނީ މާދަމާ އެކެވެ. އަތްމަތި ތަނަވަސް ދުވަސްތަކެކެވެ.

Comments