Skip to main content

Posts

Showing posts from June, 2012

ފައުޖީ ކަލޭ ޒިންދާބާދު! ދިވެހި އަސްކަރިއްޔާ މެދުވެރިކޮށް ރައްޔިތުންގެ ވެރިކަން އަނބުރާ ހޯދާދިނުމަށް ބައިނަލް އަޤްވާމީ ދުނިޔެއިން ވިސްނަފާނެ: ދުނިޔޭގެ ނަޒަރުގައި ރާއްޖޭގައި އޮތީ ޓެރަރިސްޓުންގެ ވެރިކަމެއް!

ޑރ. ސައުދު : އިޖުތިމާއީ އިލްމުވެރިންނާއި ޢަސްކަރީ މުފައްކިރުންގެ ނަޒަރުގައި ޤައުމިއްޔަތުގެ ބަހާތައްކަމުގައި ބެލެވޭ، އެޤައުމެއްގެ ޤާނޫނާއި ޤަވާޢިދު، ޝަރުޢީ ނިޒާމާއި ޢަދުލު އިންސާފު، ޤުދުރަތީ ވަޞީލަތްތަކާއި އިޤްތިޞާދީ ސިނާޢަތްތައް، ދީނާއި އާދަކާދަޔާއި ޘަޤާފަތް، އަދި އެޤައުމެއްގެ މަދަނީ ޚިދުމަތް ދިނުމުގެ އިންތިޒާމްތަކާއި، ފަރުދީ ޙައްޤުތަކުގެ ކުރިން ކަށަވަރުކުރަން ޖެހެނީ އެޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ ސަލާމަތްކަން ނުވަތަ ސެކިއުރިޓީ ޤާއިމުވެފައި އޮތުމެވެ. ދުނިޔެއާއި ދިވެހިންގެ ނަޒަރުގައި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ވަނީ ގެއްލިފައެވެ. ޢަދުލު އިންސާފު ގެއްލި އަމަންޢާއްމު ނެތިވެ ޤައުމީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ. ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލު ދިވެހި ޢަސްކަރިއްޔާގެ ސަފުތަކުގައި ހިމެނޭ ފައުޖީންގެ މެދުގައި ދަނީ އިތުރުވަމުންނެވެ. ރާއްޖޭގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން މިހާރު ޤައުމަށާއި، ސަރަހައްދީ އަދި ބަވަނަ ދުނިޔޭގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތާލުމަށްޓަކައި، ބައިނަލް އަޤްވާމީ މުޖުތަމ

More harm has been done by Nasheed's premature removal: Ghafoor

In an exclusive interview with Haveeru, former Permanent Representative to the United Nations Abdul Ghafoor Mohamed who resigned shortly after the now controversial resignation of Nasheed on February 7, Ghafoor reveals the reasons and questions he had with the regime change which prompted him to tender his resignation. “Its (transfer of power) certainly superficial. President Waheed was sworn in after Nasheed announced his resignation in accordance with the constitution. But a government should never be ousted by taking to the streets. It’s clearly not how this should have happened. ,” the seasoned diplomat who had also served in the Foreign Service during former President Maumoon Abdul Gayoom’s administration said.

ކިހުނުވުން

ކިހުނުވުން   (Gonorrhea) ނުވަތަ ކިހުނުވުމަކީ ބެކްޓީރިޔާ އަކުން ޖެހޭ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ފިރިހެނުންނަށް ކިހުނުވުމުގެ އަސަރު ބޮޑަށް ފެންނަނީ ކުޑަކަމުދާ ހޮޅި ންނެވެ. އަންހެނުންނަށް ކިހުނުވުން ބޮޑަށް ކުރިމަތިވަނީ ކުޑަކަމުދާ ހޮޅި ނުވަތަ ރަހިމުގެ ކަރަށެވެ. އަންހެނުންނަށް މިދެބައިން އެއްކޮށް އެއްފަހަރާ ކިހުނުވުމުގެ އަސަރު ފެނުމަކީ ވެސް ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދެޖިންސުގެ މީހުންނަށް ވެސް ފުރަގަސްފަރާތް، ފުރަގަސްފަރާތު ދޮރު، އަނގަ، ކަރުތެރެ، އަދި ނަސްލުއުފައްދާ ނިޒާމްގެ ބައިތަކަށް ކިހުނުގެ އަސަރު ފޯރުމަކީ ވެދާނެ ކަމެކެވެ. ވަރަށް މަދު ފަހަރަކު ލޮލަށް ވެސް ކިހުނުގެ އަސަރު ފޯރާގޮތް ވެއެވެ.

ލަޝްކަރީން! ހުޝިޔާރު! ހަތިޔާރު ކޮނޑަށް! ކަނާތުން އަވަސް ހިންގަވާ: ލަޝްކަރީންގެ ސަފުތައް އެތެރެއިން ބަދަހި ކުރައްވާ އިޝްތިރާކީންގެ ވެރިކަން ނިމުމަކަށް ގެންނަވާށެވެ!

ޑރ. މުހައްމަދު ސައުދު އިޝްތިރާކީންނަކީ ވިސްނުމުގައި ނުރައްކާތެރި، ލާދީނީ ބަޔެކެވެ. އެބައި މީހުންނަކީ ފައިސާއަށް އީމާންވާ، އަދި އެމީހުން އެދޭ ކޮންމެ ކަމެއް ހޯދައިގަތުމުގައި ފައިސާ ބަހައްޓާ މީހުންނެވެ. އެއީ އިންތިހާ ދަރަޖައިގެ އިންސާނިއްޔަތާއި ޚިލާފު، އަނިޔާވެރި ވިސްނުމެއްގެ ވެރި ބަޔެކެވެ. އެމީހުންގެ ނަޒަރުގައި ފައިސާ ބަހައްޓައިގެން އެމީހުންނަށް މީހެއްގެ ފުރާނަ ހިފިދާނެއެވެ. އަދި ފައިސާ ބަހައްޓައިގެން މީހެއްގެ ފުރާނަ ނުހިފާ ދޫވެސް ކޮށްލެވިދާނެއެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އިންސާފު ލިބެންވާނީ ފައިސާ ބަހައްޓާ މީހާއަށެވެ. މިނިވަންކަން ލިބެންވާނީ ފައިސާ ބަހައްޓާ މީހާއަށެވެ. ހަމަހަމަކަމުގައި ބައިވެރިވެވޭނީ ފައިސާ ބަހައްޓާ މީހާއަށެވެ. ޚިޔާލު ފާޅުކުރެވޭނީ ފައިސާ ބަހައްޓާ މީހާއަށެވެ. އަދި އަމުދުން ވެރިކަމުގެ ބާރުތަކުގައި ބައިވެރިވެވޭނީވެސް ފައިސާ ބަހައްޓާ މީހާއަށެވެ. މިލިޔުމުގައި ބަލައިލާނީ އިޝްތިރާކީން ރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަތުމުގެ ގޮތުން ދައުލަތާއި ދެކޮޅަށް ހިންގާ އުދުވާނުގެ މައްޗަށެވެ. ދީނާއި ޤައުމުގެ ހިމާޔަތުގައި ރާއްޖޭގެ ރަށްރަށުން އައިސް ޤައުމުގެ ސަލާމަ

ބޮލުގައި ކުލަޖެއްސި ދަރިވަރަށް އެކަހެރިކޮށް ކިޔަވާދޭގޮތަށް ސްކޫލުން ހަމަޖައްސައިފި

  ތުއްތަނިކު ބޮލުގައި ގަދަ ރަތްކުލަ ޖެއްސި ދަރިވަރު ބޮލުގެ ކުލަ ފިލަންދެން ކުލާހުގެފިލާވަޅުތަކުގައި ބައިވެރިނުވެވޭގޮތަށް  ސްކޫލްގެ ޕްރިންސިޕަލް ނިންމައިފި އެވެ. ބޮލުގައި ކުލަޖެއްސީ 14 އަހަރުގެ ކްރިސްޓީ ކްރޫކް އެވެ. މިކުއްޖާ ކިޔަވަމުންދަނީ ބަޓަރޝޯ ބިޒިނެސް އެންޑް އެންޓަރ ޕްރައިސް ކޮލެޖުގައެވެ. މިއީ އިނގިރޭސި ވިލާތުގެ ވެސްޓްޔޯކްސާ ގައި ހުންނަ ކޮލެޖެކެވެ. މިކުއްޖާއަކީ މިކޮލެޖްގެ ސާނަވީގައި ކިޔަވާ ދަރިވަރެކެވެ. 

ސަމާސާ އަދަބު: ކަލޭފާނުގެ އައު އައިނު

ކަލޭފާނަކީ، އޭނާގެ ރަށުގައި ހުރި އެންމެ ބަސްވިކޭ، މީހުން ގަދަރުކުރާ އިއްޒަތްތެރި ބަނިޔާދަން ވެރިޔާ އެވެ. ލިޔެކިޔުމުގެ މަސައްކަތް، ސީދާ އޭނާޔަށް ކުރާން ނުޖެހުނަސް މީސްމީހުން ލިޔެފައި ހުށަހަޅާ ތަކެތި ބަލައި ކިޔައި މިހެން ހެދޭލެއް މާ ގިނަކަމުން ކަންނޭނގެ އެވެ. ކަލޭފާނުގެ ލޯ ހިސާބަކަށް ފުސްވާކަމަށް އޭނާއަށް ލަފާކުރެވިއްޖެ އެވެ . މިހެންވާން ފެށުމުން އަވަހަށް މާލެ އައިސް ލޮލުގެ ކަންތަކަށް އެންމެ ރަނގަޅު ޑޮކްޓަރުންނަށް ދައްކައި ހަދައިގެން ވީ ގޮތަކީ، ގިނަ ޑަކްޓަރުން ބުރަވަނީ، ބޭރަށް ގޮސް ލޯ ދައްކާލައި މިތަނުން ހެދެން ނެތް ޓެސްޓްތައް ހަދާލައި، ގިނަ ޑޮކްޓަރުން ބުރަވާ ގޮތަކަށް ލޮލުގެ ކަންތައް ކުރިޔަށް ގެންދިޔުމަށެވެ .  ކަލޭފާނުގެ މަހަށް ފުރާ ތިން ދޯނި އޮވެ އެވެ. ރަށުގެ ބިމުގައި ދިރޭ މުދާ އެހައި ގިނަ އެވެ. އެހެންކަމުން މުޅި ގޭތެރެއިން ވެސް ފެނިފެނި ހުންނަނީ، ތިޔާގިކަމުގެ އަސަރުތަކެވެ . 

TIMELINE

19 ޖަނަވަރީ 2012 ގާނޫނު އަސާސީ އާއި ބައިނަލް އަގުވާމީ އުސޫލްތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންގޮސްފައިވާ ގޮތަށް ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ހައްޔަރުކޮށްފާނެތީ ކަންބޮޑުވާ ކަމަށް ޑީއާރްޕީން ބުންނެވެ. ސަރުކާރު ޒިންމާދާރުވެ ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ހުއްޓާނުލާހާ ހިނދަކު މުޒާހަރާގެ ހަރަކާތްތައް ހުއްޓާނުލަން މުޒާހަރާގެ ބައިވެރިން މާތްﷲ ގަންދީ ހުވާކުރިއެވެ. ފުލުހުން ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ . މުހައްމަދު ޖަމީލް ދޫކޮށްލުމުގެ އަމުރަކަށް އެދި އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ބާއްވިއެވެ. ޑރ. ޖަމީލް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ވަގުތުން ދޫކޮށްލަން އަމުރުކުރިއެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވުމަށް ފާތިމަތު ދިޔާނާ ސައީދު ނިންމިއެވެ. މެންދުރުފަހު އިސްތިޢުފާދެއްވި އެވެ. ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި، އެއިރެއްގައި ކުރައްވަން ޖެހުނު ކަމެއް، ޖެހިލުންވެވަޑައިގަތުމެއްނެތި ކުރަ

Maldives leader 'will quit' if found to have coup role

By Olivia Lang   BBC News Maldivian President Mohamed Waheed Hassan Manik has told the BBC he will step down if an independent inquiry finds he was involved in a coup. The former vice-president also defended not holding snap elections, saying parties were not ready for polls. Mr Waheed's controversial ascent to power in February plunged the small island nation into crisis. Former President Mohamed Nasheed claims Mr Waheed was part of a conspiracy to oust him.

ރަށްގޮވާއަޑު

އިހަވަންދޫ އިންޖީނުގޭގެ އެގްޒެކްޓިވް ޑިރެކްޓަރުކަމުގެ މަގާމަށް އިހަވަންދޫ ކުދިމާގޭ އަލްފާޟިލް އަދުނާނު ޢަބުދުﷲ ހަމަޖެއްސުމަށްފަހު 24 ގަޑި އިރު ހަމަނުވަނީސް އޭނާ އެމަގާމުން ވަކިކޮށްފި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެން ފަށައިފި އެވެ.  ޢަދުނާނު ޢަބުދުﷲ އިހަވަންދޫ އިންޖީނު ގޭގެ ވަޒީފާއެއް ދެއްވި ކަމަށާއި ނަމަވެސް މިހާރު އޭނާވަނީ އެމަގާމުން ވަކޮކޮށްފައިކަމަށް ޕީޕީއެމްގެ ވަރަށް އިސް ހަރަކާތްތެރިއަކު ރަށްގޮވާއަޑަށް ކަށަވަރުކޮށްދެއްވިއެވެ. ވަކިކުރި ސަބަބެއް ހާމައެއް ނުކުރި އެވެ.  އިއްޔެ 7 ޖޫން ބުރާސްފަތި ދުވަހު އަދުނާނު ޢަބުދުﷲ އިންޖީނުގޭގެ ވަޒީފާއަށް ނިކުންނަވައި ސޮއިކުރެއްވި ކަމަށް އިންޖީނުގޭގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ނަންނުޖެހުމަށް ޝަރުޠުކޮށް ރަށްގޮވާއަޑަށް މައުލޫމާތު ދެއްވިއެވެ.  އެހެންނަމަވެސް އިއްޔެ އަދުނާނު މާލެ ދުރުވިކަމަށާއި މާލެ ދުރުވީ ޑ.ރ. ޕީ އަށް ސޮއިކުރައްވަންކަމަށް ރަށުގެ ގިނަ މީހުން އެއްވެ އުޅޭ މައިޒާން ތަކުގައި ވާހަކަ ދެކެވެއެވެ. މިހާރު އަދުނާނު ހުންނެވީ މާލޭގައެވެ.   އަދުނާނު ޢަބުދުﷲ އަކީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި 2 ޕެންޝަން ހޯލް

ބަޣާވާތްކުރުމަކީ ކޮބާ؟

ބަޣާވާތްކުރުމަކީ ކޮބާ؟ ބަހުގެ ގޮތުން ބަލާއިރު ބަޣާވާތް ކުރުމަކީ އަނިޔާވެރިވުމެވެ. އެހެންކަމުން އެމީހަކު އުޅުމަށް ކަނޑައެޅިފައިވާ ޙައްދު ނުވަތަ މިންގަނޑު ފަހަނައަޅާދާ ކޮންމެ މީހަކީ ބާޣީއެކެވެ . ޝަރުއީ އިޞްޠިލާޙުގައި ބަޣާވާތްކުރުމަކީ މުސްލިމު ވެރިޔަކާ ދެކޮޅަށް ނުކިޔަމަންތެރިކަމާއެކު ނުކުތުމެވެ . ބަޣާވާތްކުރުމުގެ ޙުކުމް ބަޣާވާތްކުރުމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާކަމެކެވެ .

President Waheed meets the people of Ihavandhoo

President Dr Mohamed Waheed has visited the islands of Ihavandhoo as part of his current tour of some islands in North Thiladhummathi Atoll on 1st jun 2012 On meeting the people of Ihavandhoo, the President noted that there were very important amendments to be brought to the constitution of the Maldives in order to establish a complete democracy, and that the democratic institutions in the country were in need of a lot of improvement as well. In his speech, the President said that today’s government was patient enough to work with everyone; however, he said that the obstruction of rule of law in the country would not be tolerated. President Waheed noted that as a nation we should be proud of the fact that there were institutions established to ensure that the people are guaranteed their constitutional rights. He also assured that all government bodies would respect those independent institutions. and would not interfere in their work. More Photos
ރައީސް ޑރ.ވަޙީދުގެ އިހަވަންދޫ ދަތުރު ތުއްތަނިކު "بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين ‘ وَالصّـلاة وَالسّلام علـى محـمَّدٍ ‘ وعلى آلـه وصحبـه أجمعـين . ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި ވަޒީރުން. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އިހަވަންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން . السّــلام عليــكم ورحـمــة اللّـه وبـركاتـه "  ރައީސް ޑރ. ވަޙީދު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ފުޅު ދައްކަވަންފެއްޓެވީ މިދެންނެވި އިބާރާތުންނެވެ. ރައީސް ނަޝީދު ވާހަކަ ފުޅު ދައްކަވަން ފައްޓަވާގޮތާ ތަފާތުކޮށްނެވެ.  ރައީސުލް ޖުމުހޫރިއްޔާގެ ވާހަކަފުޅުގެ ކުރިއަށް ޖަލްސާ ތަޢާރަފްކުރެއްވުމާއި އެކު ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ވާހަކަ ފުޅާ އެކު ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.  ޖަލްސާ ތަޢާރަފްކޮށް މަރުހަބާދެންނެވީ އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އުޑުވިލާގޭ މުހައްމަދު އިބްރާ