Skip to main content

Posts

Showing posts from June, 2014

ސީރިއާގެ ހަނގުރާމާގައި ބައިވެރިވުމަކީ ޖިހާދަކަށް ވާނެތޯ ބެލުމަށް އިލްމުވެރިންގެ ރައުޔު

ލިޔުނީ: އިމާދު ލަތީފް   އަރަބި ދުނިޔޭގައި ޖުމްހޫރީ ވެރިކަން ހިނގަމުން އަންނަ ގައުމުތަކުގެ ތެރެއިން ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ނަގްލު ކުރުމުގެ ހާދިސާއެއް މިހާތަނަށް ފެނިފައިވަނީ އެންމެ ގައުމަކުންނެވެ. އެ ގައުމަކީ ސީރިޔާ އެވެ . ސީރިޔާގައި ތިރީސް އަހަރުވަންދެން ރައީސްކަން ކުރެއްވި ހާފިޒު އަސަދު ދެހާސް ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަވަހާރަވުމުން ދެން އެމަގާމަށް އިސް ކުރެވުނީ އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދެވެ . މިކަން ހިނގާދިޔައީ ވަރަށް ވެސް ހެއްވާކަން ބޮޑު އަދި ދުރުތިބީން ފިލާވަޅު ލިބިގަތުން އެކަށީގެންވާ ގޮތަކަށެވެ .

ޑޮލަރުގެ އަގު ތިރިވެގެންދިޔަ ވާހަކަ

މި ދުވަސްވަރު އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ ޑޮލަރުގެ އަގު ތިރިވެގެންދިޔަ ވާހަކައެވެ. މީގެ ހައެއްކަ މަސްކުރިން 17 ރުފިޔާ އަށް ލިބުނު ޑޮލަރު މިހާރު 16 ރުފިޔާއަށް ލިބޭ ވާހަކައެވެ. ކުރިން ޑޮލަރު ހޯދުން ދަތި ވިޔަސް މިހާރު ފަސޭހައިން ޑޮލަރު ލިބޭ ވާހަކައެވެ. ކުއްލިއަކަށް މިއައި ބަދަލަކީ ކޮބައި ބާވަ އެވެ؟ ޑޮލަރު ހަގީގަތުގައި ވެސް ތިޔާގިވީ ބާވަ އެވެ؟ އޭގެ ސަބަބަކީ ކޮބައި ބާވަ އެވެ؟

ދިވެހިރާއްޖޭގެ މޫސުން

ދިވެހިރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ހުޅަނގު މޫސުމްގައި އޮންނަނީ 18 ނަކަތެވެ. އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ނިމެނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ނިމެނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.