Skip to main content

Posts

Showing posts from May, 2019

މަޖިލިހުގެ ރައީސްގެ މަގާމާ އެކު ނަޝީދު ތާރީޚުގެ ތެރެއަށް

މަޖިލިހުގެ ރައީސްގެ މަގާމާ އެކު ނަޝީދު ތާރީޚުގެ ތެރެއަށް މުހައްމަދު ހަމްދޫން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ރައީސް މުހައްމަދު ނަޝީދު ތާރީހުގެ ތެރެއަށް ރޭ ވަދެވަޑައިގެންފި އެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރު ހިންގުމުގެ ބާރުގެ އެންމެ މަތީ ވެރިޔާކަން، ނޮވެމްބަރު 11، އިން ފެބްރުއަރީ 7، 2012 ކުރެއްވި ނަޝީދު، ގާނޫނު ހެދުމުގެ ބާރުގެ އެންމެ މަތީ ވެރިޔަކަށް އިންތިހާބުވެވަޑައިގަތީ ރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގަ އެވެ. ނަޝީދަކީ ރައީސްކަން ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފުރަތަމަ ބޭފުޅާ ވެސް މެ އެވެ. ކުރީގެ ރައީސުންގެ ތެރެއިން މުހައްމަދު އަމީން ދީދީ އާއި އިބްރާހިމް ނާސިރާއި މުހައްމަދު ވަހީދު އަދި އަބްދުﷲ ޔާމީން ވަނީ ރައީސްކަންކުރެއްވުމުގެ ކުރިން މެމްބަރުކަން ކުރައްވައިފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 25 އަހަރު މެމްބަރުކަން ކުރައްވައިފަ އެވެ. ރައީސުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމ