އެންމެ ދިގު ދެމިގެން ދިޔަ ދޮން- ދުނިޔޭގެ ރެކޯޑް
މިއަހަރު ވެލެންޓީންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދައިފި އެވެ. މިދުވަހު ވަނީ އާ ރެކޯޑެއް މުގުރާލާފައެވެ. މިހާތަށް ދުނިޔޭގައި ، އެންމެ ދިގު ދެމިގެންގެން ދިޔަ ދޮން ނެގުމުގެ ރެކޯޑެވެ. މި ދުވަހު ހާހަކަށް ވުރެން ގިނަ ލޯބިވެރިން ، އެމީހުންގެ ތުންފަތްތައް ތަޅުލެވުނެވެ. ލޯބިވެރިން އެމީހުންގެ ބައިވެރިޔާގެ ތުންފަތުގައި ދޮންދިނުމަށެވެ. ނަމަވެސް 14 ލޯބިވެރިން ފިޔައި ދެން ތިބި ލޯބިވެރިންގެ ދޮނުގެ ތަޅު ހުޅުވިއެވެ. މި 14 ބައިވެރިންވަނީ ދުނިޔޭގެ އާ ރެކޯޑާހަމައަށް އެމީހުންގެ ދޮން ދަމަހައްޓައިގެން ގިނީސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ އަތުލާފައެވެ.

ދޮނުގެ މި އާރެކޯޑް ހެދުމަށް ލޯބިވެރިންގެ ކޮންމެ ޖޯޑަކަށްވެސް ދީފައިވަނީ އެއް ސްކެއަރ މީޓަރގެ ޖާގަ އެކެވެ. މި ސަރަހައްދުގައި ލޯބިވެރިންގެ ތުންފަތްތައް އެއްފަހަރާ ދޮނާ އެކު ތަޅު ލެވެން ޖެހެއެވެ. އިށީނުމާއި ، އޮށޯތުމާއި ނިދުމާއި ސަރަހައްދު ދޫކޮށްފި ނަމަ މުބާރާތުން ވަކިކުރެވެއެވެ. ނުވަތަ ޑިސްކޮލިފައި އެވެ.
ހަރަކާތުގައި ބައިވެރިވި އެއް އަންހެނަކު ވަނީ 34 މިނިޓް ހިނގިތަނާ އެބުރިގެން ޖެހިފައެވެ. ދެން ތިބިމީހުން ގަޑިއެއްހާ އިރުފަހުން އަމިއްލައަށް ވަކިވެއްޖެ އެވެ.
ރެކޯޑް ހާޞިލް ކުރި ލޯބިވެރިންނަށް އެއްހާސް ޕައުންޑްގެ އަގުހުރި ރަން އަނގޮޓިއަކާއި، ނަގުދު 2000 ޕައިންޑް އިނާމަކަށް ދިނެވެ.
Comments