Skip to main content

Posts

Showing posts from December, 2008
ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު އަލުން ހަމަޖައްސަވައިފ އިހަވަންދޫ އެރޯމާ މުހަންމަދު މަތީނު ބޯޑްގައި ހިނެމޭ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު އަލުންހަމަޖައްސަވައިފިއެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ، މައްޗަންގޮޅީ މަނާގޭ އަލްފާޟިލް ޢަލީ ފާއިޒެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ފާދިއްޕޮޅު ނައިފަރު މާއޮޅު އަލްފާޟިލް ޙާމިދު އަޙްމަދާއި، ފާދިއްޕޮޅު ހިންނަވަރު ހިޔާވަހިއަލްފާޟިލް މުޙަންމަދު މާހިރު ޢީސާއާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އެރޯމާ އަލްފާޟިލް މުޙަންމަދު މަތީނާއި، ހެންވޭރު ލޮބީއަލްފާޟިލް މުޙަންމަދު އަޝްފާޤާއި، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ރަންގިރިޓީގޭ އަލްފާޟިލް އަޙްމަދު ފިރާޤާއި، އަލްފާޟިލްޢަބްދުލްޙަމީދު މުޙަންމަދެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ އިބްރާހީމް ދީދީ އިހަވަންދޫ އަށް ވަޑައިގެންފި . ހއ. އަތޮޅުގައި މަސްވެރިކަމުގެ ބަނދަރެއް ހައްދަވައި، ބޭރުގެ އެކި ކުންފުނިތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ. ހއ. އަތޮޅުގައި މަސްވެރިކަމުގެ ބަނދަރެއް ހައްދަވައި، ބޭރުގެ އެކި ކުންފުނިތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އަތޮޅަށް ފުރާވަޑައިގަންނަވަމުން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ފިޝަރީޒް މިނިސްޓަރ ހއ. ކުރައްވާ މިދަތުރުފުޅުގެ ދެ މަޤްސަދެއް ހާސިލްކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނުންގެ ،މިދަތުރުފުޅުގައި ބޭރުގެ ފަރާތެއްވެސް ބައިވެރިއެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުން ދަނޑުވެރިކަމާ މަސްވެރިކަމުގެ ސިނާޢަތަކީ ރައްޔިތުން އަތްފޯރާފަށުގައި އޮތް ސިނާޢަތަކަށް ހެއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވ