Skip to main content

Posts

Showing posts from December, 2010

ސަރުކާރާ އިދިކޮޅު ކޮންމެ މީހަކީ ޚުދުމުހުތާރު މީހެއްބާ ؟؟

އަލިފު ރައީސް ނަޝީދުގެ ސަރުކާރާ އިދިކޮޅު ކޮންމެ " ފަރާތަކީ ކުރީގެ ޚުދުމުޚުތާރު ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބައެއް" ކަމަށް ވިދާޅުވުމުގެ ބާރާއި ޙައްޤު ރައީސް ނަޝީދަށް އެރުވީ ކޮން ފަރާތަކުން ބާވައެވެ؟ ދުނިޔޭގައި މައުލޫމާތު ފެތުރުމުގެ މައިދާނުގައި ރަސްކަން ކުރަމުން އަންނަ ޔަހޫދިން ބާވަ އެވެ؟ ހަމަ ޔަގީނުންވެސް ގިނަ ދިވެހޮ ރައްޔިތުން އެބާރެއް ރައީސް ނަޝީދަކަށް ނުއަރުވައެވެ. އަދި އެފަދަ ނިންމުމެއް ނިންމެވުމަށް ރައީސް ނަޝީދު ގާބިލްކަމަށް ވެސް ނުދެކެ އެވެ.

އެމެރިކާ ބޭޒާރުކޮށްލި ވިކިލީކްސްގެ މުއައްސިސް ޖޫލިޔާން އަސާންޖު

މުހަންމަދު ޖަވާދު ޔޫސުފު ދުނިޔޭގެ ބޮޑުބާރުކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޙަޤީޤީ ކުލައާއި ސޫރަ މިފަހަކަށް އައިސް ދުނިޔެއަށް ހާމަކޮށްދިން ޝަޚްސިއްޔަތަކީ ވިކިލީކްސް ވެބްސައިޓްގެ މުއައްސިސް ކަމަށްވާ އޮސްޓްރޭލިޔާގެ ޖޫލިޔާން އަސާންޖެވެ. އަސާންޖަކީ ކުޅަދާނަ ނޫސްވެރިއެކެވެ. އޭނާގެ ވެބްސައިޓް ކަމަށްވާ ވިކިލީކްސް އިން އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތައް ފުރަތަމަ ދުނިޔެއަށް ބޭޒާރުކޮށްލީ މިއަހަރުގެ ފެބްރުއަރީ މަހުގެ އަށާވީސްވަނަ ދުވަހުއެވެ. އެދުވަހު އެމެރިކާ ސަރުކާރުގެ ސިއްރު ޑޮކިއުމަންޓްތަކެއް ވިކިލީކްސް ސައިޓްގައި ޝާއިޢުކުރުމާގުޅިގެން އެމެރިކާގެ ޤައުމީ މަސްލަޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކެއް ހުރިތޯ ބެލުމަށް ކޮންގްރެސްއިން ނިންމިއެވެ. އަދި މިކަމުން ކުރިމަތިވެދާނެ ގެއްލުންތަކަކުން އެމެރިކާ ސަލާމަތްކުރުމުގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ޓެރަރިޒަމާބެހޭ ޚާއްސަ ތަޖްރިބާކާރެއް ކަމަށްވާ ރަސަލް ޓްރައިފަޒްއާ ރައީސް ބަރަކް އޮބާމާ ޙަވާލުކުރެއްވިއެވެ.
ފޮޓޯ އިން ޚަބަރު އިމަގު ޖަމްއިއްޔާއިން އިންތިޒާމު ކުރާން އަންހެނުންގެ ވޮލީ މުބާރާތަށް ، ޒުވާނުން ނުން ޕެކްޓިސް ކުރަމުންދަނީ. މިމުބާރާތްވަނީ މުޅި އަތޮޅަށް ހުޅުވާލާފައި. އަތޮޅުގެ ރަށްތަކުންވެސް މުބާރާތަށް ޓީމުތައް އަންނާނެ ކަމުގެ މައުލޫމާތު ލިބެމުންދަނީ.

Barack Obama Biography

President of the United States. Born Barack Hussein Obama on August 4, 1961, in Honolulu, Hawaii. Obama's mother, Ann Dunham, grew up in Wichita, Kansas, where her father worked on oil rigs during the Depression. After the Japanese attack on Pearl Harbor, Dunham's father, Stanley, enlisted in the service and marched across Europe in Patton's army. Dunham's mother, Madelyn, went to work on a bomber assembly line. After the war, the couple studied on the G.I. Bill, bought a house through the Federal Housing Program and, after several moves, landed in Hawaii.

Now the cat is out of the bag

Maldives wants US assistance to keep students out of radical Islamic schools: WikiLeaks Maldives Ambassador to the United States Abdul Ghafoor Mohamed and US officials discussed promoting educational partnerships between the two countries in order to offer an alternative to Maldivian students going to Islamic schools in Pakistan and Egypt, leaked US diplomatic cables by WikiLeaks showed Friday.

ސިޔާސީ ޕާޓީ އަކާ އެކު މަސައްކަތްކުރުމަކީ އެޕާޓީއަށް ނިޞްބަތްވުންބާ؟

މުހައްމަދު ޞަބާޙް (BACC) ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތަތްތައް ނުވަތަ Non-Governmental Organisations (NGOs) އަކީ ގައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ވަރަށް ބޭނުންތެރި މުއައްސަސާތަކެވެ. އެފަދަ ޖަމާޢަތްތައް އުފައްދަނީ ތަފާތު މަޤްޞަދުތަކުގައެވެ. ދީނީ، ޢިޖުތިމާއީ، އިންސާނީ، އުމުރާނީ، މަދަނީ އަދިވެސް އެހެނިހެން ގޮތްގޮތުން މުޖުތަމަޢަށް ޚިދުމަތްކޮށް ތަރައްޤީކުރުމަށްޓަކައެވެ. ހިލޭ ސާބަހަށް މަސއްކަތްކުރާ ޖަމަޢާތްތަކުގެ މުހިއްމު އެއްސިފައަކީ ސަރުކާރުގެ ނުފޫޒުން ސަލާމަތްވެ ،މިނިވަން މުސްތަޤިއްލު ގޮތެއްގައި ޖަމާޢަތްތައް ހިންގުމެވެ. ވަކި ސިޔާސީ ޕާޓީއެއްގެ ވަކިދަށުވެފައި ނުވުމެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން ގޮވައިގެން، އެ އޮފީހުގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު ކޯޓަށް

ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމްގެ މައްޗަށް އިމިގްރޭޝަން ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު އަބުރުގެ ދައުވާ ކުރައްވަން  މިއަދު   ހެނދުނު ސިވިލް ކޯޓަށް ވައިދައިފި އެވެ. ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ކޮންޓްރޯލާ އިލްޔާސްގެ މައްޗަށް ކުރައްވާ ދައުވާގައި ބުނަނީ ނޮވެމްބަރު 21، 2010 ވަނަ ދުވަހު ދި ޓީވީގެ “ ހަބަރު ތެރެއިން” ޕްރޮގަރާމްގައި ކޮންޓްރޯލާ، އޭނާއާ ދިމާއަށް “ ކަރަޕްޝަނުން ފުރިފައިވާ މީހެއް” ކަމަށް ބުނެފައިވާ ކަމަށާއި އޭނާ ހއ . އަތޮޅު އޮފީހުގައި މަސައްކަތް ކުރެއްވެވި އިރު އަތޮޅުގޭގެ ތެލިތަށިތައް ވަގަށް ގެންގޮސްފައިވާ ކަމަށް ދޭހަވާ ގޮތަށް ކޮންޓްރޯލާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ